Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

އިތުރު ވަގުތުގެ ލަނޑުތަކާ އެކު ބަޔާނަށް މޮޅެއް

ބަޔާނަށް ވަނީ 33 މެޗުން 79 ޕޮއިންޓާއެކު ލީގު ޗެމްޕިއަންކަން ލިބިފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 14 މެއި 2017 | އާދީއްތަ 11:54
ލިޕްޒިގްގެ ކޮޅަށް ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ލިޕްޒިގްގެ ކޮޅަށް ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑުތަކާ އެކު 4-5 އިން އާރްބީ ލިޕްޒިގު އަތުން ބަލިނުވެ ޗެމްޕިއަން ބަޔާން މިއުނިކް ސަލާމަތް ވެއްޖެއެވެ.

ލިޕްޒިގްގެ އަމިއްލަ ދަނޑުގައު ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން މެޗުގެ ދެ ވަނަ މިނިޓްގައި މާސެލް ސެބިޓްޒާ ވަނީ ލަނޑެއްޖަހައި އެޓީމަށް ލީޑު ނަގައިދީފައެވެ.

އެހެން ނަމަވެސް ބަޔާންގެ ފޯވަޑް ރޮބަޓް ލެވަންޑޮސްކީ ވަނީ 17 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ބަޔާނުން މެޗުގެ ނަތީޖާ އެއްވަރު ކުރި ނަމަވެސް ލިޕްޒިގްގެ ފަރާތުން ވަނީ މޮޅު ކުޅުމަކާއެކު ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއްޖަހައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޓޮމް ވާނާއެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު ދެވަނަ ހާފު ފެށިގެން 47 ވަނަ މިނެޓުގައި ލިޕްޒިގުން ވަނީ އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް ބަޔާން ސިއްސުވާލާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފް ޕޯލްސަން އެވެ.

ދެލަނޑުގެ ލީޑަކާއެކު ލިޕްޒިގުން މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެމުންދިޔަ އިރު، ބަޔާނުން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތިއާގޯ އަލްކަންޓްރާ އެވެ. އެހެން ނަމަވެސް ލިޕްޒިގްގެ ވާނާ ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އަނެއްކާވެސް ބަޔާންގެ މައްޗަށް ލީޑު ނަގާފައެވެ.

ބަޔާން މޮޅުވީ ފަހު ވަގުތުގެ ލަނޑުތަކާ އެކުއެވެ. އެގޮތުން މެޗުގެ 84 ވަނަ މިނިޓްގައި ލެވަންޑޯސްކީ ބަޔާންގެ ތިން ވަނަ ލަނޑު ކާމިޔާބުކުރިއިރު، އިތުރު ވަގުތުގައި އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ޑޭވިޑް އަލަބާ އާއި އާޔެން ރޮބެން އެވެ.

މި ނަތީޖާއާއެކު ޖަރުމަން ލީގު ކަށަވަރުކޮށްފައިވާ ބަޔާނަށް ވަނީ 33 މެޗުން 79 ޕޮއިންޓް ލިބިފައެވެ. އަދި އެޓީމުގެ ފުލުން ލީގުގެ ދެވަނައިގައި އޮތް ލިޕްޒިގަށް 33 މެޗުން ލިބިފައި ވަނީ 66 ޕޮއިންޓެވެ.

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން އޮއުގްސްބާގްއާ ވާދަކޮށް 1-1 އިން އެއްވަރުވި އިރު އެޓީމު ލީގުގެ ތިންވަނައިގައި އޮތީ 33 މެޗުން ލިބުނު 61 ޕޮއިންޓާއެކު އެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު