Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަސޭލާ- ރައީސް ޔާމީން

އަސޭލާގެ ރައްދު ރައީސް ޔާމީނަށް: ހައްދަވަނީ އިތުރުފުޅު، ފާރިސްގެ ބައިވެރިވުމެއް ނެތް، މަސައްކަތުގެ އަގު ދީ!

12 ޖުލައި 2017 | ބުދަ 05:19

ހުރިހާ އެއްޗެއް އާންމުކުރަން މަޖުބޫރުނުކުރޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 12 ޖުލައި 2017 | ބުދަ 05:19
ރައީސް އަބްދުﷲ ޔާމީން އަސޭލާއާއެކު

ރައީސް އަބްދުﷲ ޔާމީން އަސޭލާއާއެކު

ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކުރީގެ ޓްރޭޑް ރިޕްރެސެންޓެޓިވް އަސޭލާ ވިކްރަމަސިންހައާ ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް އޭނާ ރައްދު ދީފި އެވެ.

އަންގާރަ ދުވަހުގެ ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް އަސޭލާ ތައާރަފްކޮށް ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ކަމަށާއި އަދި އަސޭލާވީ އެމަނިކުފާނުގެ ޅިޔަނު، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު(އެއްލައިދޫ މަނިކު) ގެ ވަރަށް ގާތް މީހަކަށް ކަމަށެވެ.

އަސޭލާ އަކީ ސިންހަޅަ މީހެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވަނީ އަސޭލާ ލައްވާ ސިހުރު ހަދަންވީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ. ރައީސް ޔާމީން ވަނީ ފަންޑަތިއާއި ސިހުރު ހަދާނަމަ ހަދަންވީ "އަރަބި އިސްލާމް ދަންނަ މީހުން ލަައްވާ" ނޫންތޯ ވެސް ސުވާލު ކުރައްވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ފަންޑިތައާއި ސިހުރަކީ މީހުން ގަބޫލުކުރާ އެއްޗެއް ނޫން ކަަމަށާއި އެކަމަކު އަސޭލާއާ ބައްދަލުވި ކަމަށެވެ. އަދި ފުރަތަމަ ފަހަރު އަސޭލާއާ ބައްދަލުވީ ކައުންސިލް ބައްދަލުވުމެއް ނިންމަވާލެއްވުމަށް ފަހު ނިކުމެވަޑައިގެންނެވި އިރު ފާރިސްގެ އިންތިޒާރުގައި އަސޭލާ ހުއްޓާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަށް މިއީ މިވެނި މީހެކޭ ކިޔާފަ ތައާރަފް ކޮށްދިނީ ވެސް ފާރިސް، އަޅުގަނޑު މިތާ ކައުންސިލަށް ވަދެފަ ނިކުތް އިރު ފާރިސްއާ ބައްދަލުކުރަން އޭނަ ހަމަ ބެންޗުގަ އިން، ދެން އަޅުގަނޑަށް އޭނާ ތައާރަފްކޮށްދެވި، އެއީ އަަޅުގަނޑު އަސޭލާ ދުށް ފުރަތަމަ ފަހަރު،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މީހަކު ސިހުރު ހަދައިގެން ދިވެހި ރައްޔިތުންގެ ލޯބި ހޯދިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެގޮތަށް އެކަން ކުރެވޭނަމަ ސިޔާސީ މީހުން ނިކުމެ މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. "އަސޭލާގެ ހުރިހާ ކަމެއް ބިނާ ކުރަނީ ސިހުރަށް، އަޅުގަނޑުމެން ދިވެހި މުޖުތަމައު މިއީ މޮޔަވެފައި ތިބި ބައެއްތޯ ސިހުރުގެ ތެރެއިން ހުރިހާ ކަމެއް ކުރެވޭނެ ކަމަށް، ތިއީ ވަރަށް ފްރެކްލެސް ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް ދެއްތޯ، އަޅުގަނޑުމެންގެ މުޅި އޮޕޮޒިޝަންގެ މަސްދަރަކީ ސިހުރުގެ މައްޗަށް އޮތް މަސްދަރެއްތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މި ވާހަކަތަކަށް ރައްދު ދެމުން އަސޭލާ ކުރި ޓްވީޓްތަކެއްގައި ބުނީ އޭނާއަށް ރައީސް ޔާމީން ރައީސް އަކަށް ހުރެ އޭނާއަށް "މަލާމާތް" ކުރާއިރު އެމަނިކުފާނު މިހާރު ހުންނެވި ހާލަތާ މެދު ހަމްދަރުދީވާ ކަމަށެވެ. އަދި އަސޭލާ ވަނީ އޭނާއާ ގުޅޭ ގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަތައް ދޮގުކޮށްފަ އެވެ.

އަސޭލާ ބުނީ ރައީސް ޔާމީން އެއްވާހަކައެއް އެއް ތެދަށް ދެއްކެވި ކަމަށާއި އޭނާއަކީ ހަމަ ސިންހަޅަ މީހެއް ކަމަށެވެ. ނަމަވެސް، އޭނާ ކައިރިއަށް އަންނަ އެއްވެސް މީހެއްގެ ގައުމާއި ދީނާ ގުޅޭ ގޮތުން ސުވާލުނުކުރާ ކަމަށާއި އޭނާ ކޮންމެ މީހަކު ވެސް ބަލައިގަންނަނީ އިންސާނެއްގެ ގޮތުގައި ކަމަށެވެ. އަސޭލާ ބުނީ އޭނާގެ ގާތަށް އަންނަ ކޮންމެ މީހަކަށް ވެވުނު ވަރަކުން އެހީތެރިވާ ކަމަށާއި ރައީސް ޔާމީން އޭނާއާ ދޭތެރޭ މިގޮތަށް ކަންތައް ކުރައްވަފާނެ ކަމަށް އުންމީދު ވެސް ނުކުރާ ކަމަށެވެ.

އަސޭލާ ބުނީ ރައީސް ޔާމީނުގެ އެންމެ އަރިސް ބޭފުޅުންނާއި، އާއިލީ ބޭފުޅުންނާއި، ތާއީދު ކުރައްވާ ފަރާތްތައް ގެއްލިފައިވާ ކަމަށާއި މިހާރު އެމަނިކުފާނުގެ އަތްޕުޅުގައި އޮތީ ހަމައެކަނި ރައީސްކަމުގެ މަގާމު ކަމަށެވެ. އަސޭލާ ބުނީ އޭނާ ދިޔަ ފަހުން ރައީސް ޔާމީނުގެ އަތްޕުޅުން އެއްޗަކަށް ފަހު އެއްޗެއް ގެއްލެމުން ގޮސް މިހާރު މަޖިލިސް ވެސް ގެއްލިފައިވާ ކަމަށެވެ. އަސޭލާ ބުނީ އެ ހުރިހާ އެއްޗެއް ރައްކާތެރި ކުރުމަށް ރައީސް ޔާމީން ފެއިލްވެފައިވާ ކަމަށާއި އެހެންކަމުން ރައީސް ޔާމީން އިސްތިއުފާ ދެއްވުމަށް އެދޭ ކަމަށެވެ.

އަސޭލާ ބުނީ ރައީސް ޔާމީނާއެކު ކުރެވުނު މަޝްވަރާތަކުގެ "ހުރިހާ އެއްޗެއް" އެބަހުރި ކަމަށެވެ. އޭނާއަށް އެތަކެތި އާންމުކުރުމަށް މަޖުބޫރުނުކޮށް ދޭންޖެހޭ އަގު ދިނުމަށް އޭނާ ރައީސް ޔާމީނަށް ގޮވާލި އެވެ.

އަސޭލާ ބުނީ ރައީސް ޔާމީނާއެކު އޭނާ މަސައްކަތް ކުރަމުންދިޔަކަން ފާރިސްއަށް އެނގޭނީ ވަރަށް ގިނަ ދުވަސް ފަހުން ކަމަށެވެ. އަދި ރައީސް ޔާމީނާ އޭނާއާ އޮތް ގުޅުމުގައި ފާރިސްގެ އެއްވެސް ބައިވެރިވުމަށް ނެތް ކަމަށް ވެސް ބުންޏެވެ.

"ރައީސް ޔާމީން ހީކުރަނީތަ ދިވެހިންނަކީ މޮޔައިންނޭ، އަބަދު ރައްޔިތުން މޮޔަ ހައްދަން އުޅެނީ، ދިވެހިންނަކީ މޮޔައިންނެއް ނޫން،" އަސޭލާ ބުންޏެވެ.

އަސޭލާ ބުނީ ރައީސް ޔާމީނަށް މައްސަލަ ހައްލުކުރައްވަން އެނގިވަޑައިނުގަންނަވާ ކަމަށާއި ކޮންމެފަހަރު ވެސް ކަންކަން ގެންދަވަނީ ގޯހުން ގޯހަށް ކަމަށެވެ. އަދި 12 ޖުލައި 2017 މި ތާރީޚުން ފެށިގެން ދުވަސްތައް ގުނަމުން ގެންދެވުމަށް ރައީސް ޔާމީނަށް އަސޭލާ ގޮވާލި އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް