Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިއާމީ

ޖޯޑީ އަލްބާ ވެސް އިންޓަ މިއާމީއާ ދިމާލަށް

14 ޖޫން 2023 | ބުދަ 02:17

އިންޓަ މިއާމީ އަށް ބަދަލުވާން އަލްބާ ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ، މެސީ ވެސް އެ ކުލަބަށް ބަދަލުވާން ނިންމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2023 | ބުދަ 02:17
ބާސެލޯނާ އަށް ކުޅުނު ސްޕެއިންގެ ޑިފެންޑަރު ޖޯޑީ އަލްބާ

ބާސެލޯނާ އަށް ކުޅުނު ސްޕެއިންގެ ޑިފެންޑަރު ޖޯޑީ އަލްބާ

ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ތަޖުރިބާކާރު ޑިފެންޑަރު ޖޯޑީ އަލްބާ އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވާން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މި ސީޒަނަށް ފަހު އަލްބާ ބާސެލޯނާ ދޫކޮށްލީ، އެ ކުލަބުގައި ކާމިޔާބު 11 ސީޒަން ހޭދަ ކުރުމަށް ފަހު އެވެ. ބާސެލޯނާ ދޫކޮށްލަން އޭނާ ނިންމުމާއެކު، ސައުދީ ޕްރޯ ލީގުގެ ދެ ކުލަބަކުން ވަނީ އަލްބާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށްފަ އެވެ. އެ ދެ ކުލަބުން ވަނީ އަލްބާ އަށް ރަސްމީކޮށް ބިޑު ވެސް ހުށަހަޅާފައި ކަމަށާއި، ނަމަވެސް އެކަމާމެދު އަލްބާ ވަކި ގޮތެއް ނުނިންމާ ކަމަށް މީޑިއާތަކުން ބުނެ އެވެ. ބައިނަލްއަޤުވާމީ ގިނަ މީޑިއާތަކުގައި ބުނެފައިވާ ގޮތުން މިވަގުތު އަލްބާ އަންނަނީ އިންޓަ މިއާމީ އަށް ބަދަލުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ އިންޓަ މިއާމީ އަށް ބަދަލުވާން އަލްބާ ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ، އޭނާގެ ޒަމާންވީ ރަޙުމަތްތެރިޔާ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވެސް އެ ކުލަބަށް ބަދަލުވާން ނިންމުން ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ. އެހެންކަމުން މުސްތަޤުބަލުގައި ކުޅޭނެ ކުލަބެއް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އަލްބާ ނިންމާނެ ކަމަށް ބެލެވެ އެވެ.

ބާސެލޯނާގެ ޑިފެންސްގައި އިސް ދައުރެއް އަދާކޮށްފައިވާ އަލްބާ ވަނީ އެ ކުލަބަށް 459 މެޗު ކުޅެދީ، 27 ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ ބާސެލޯނާގެ ޑިފެންސްގައި ފާއިތުވި އަހަރުތަކުގައި އެންމެ އިތުބާރު އެއް ކުޅުންތެރިޔާ އެވެ. ބާސެލޯނާއާއެކު އަލްބާ ވަނީ 17 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާ ދޫކޮށްލަން އަލްބާ ނިންމީ، އެކުލަބާއެކު ހަދާފައި އޮތް އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވަ އެވެ. އެ މުއްދަތަށް ބަދަލުގެ ގޮތުގައި އޭނާ އަށް ލިބެން އޮތް 15 މިލިއަން ޕައުންޑު ވެސް އަލްބާ ވަނީ ދޫކޮށްލައިފަ އެވެ. އަލްބާ އަކީ ސްޕެއިންގެ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިޔެކެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް

22 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް
20 ފެބުރުއަރީ 2017

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް
19 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

19 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް