Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް

އައްޑޫގައި ހިންގާ ވިޔަފާރިތަކަށް ޓެކްސް ލުއިތަކެއް ދިނުމަށް މަސައްކަތްކުރަނީ!

13 ޖޫން 2023 | އަންގާރަ 08:22

މިއީ އައްޑޫސިޓީގެ ފަތުރުވެރިކަމުގެ އިތުރުން މުޅި އިޤްތިޞާދީ ލޭންޑްސްކޭޕް ބަދަލުކޮށްލުމަށް އެހީތެރިވެދޭނެ ކަމެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 ޖޫން 2023 | އަންގާރަ 08:22
އައްޑޫ ސިޓީ

އައްޑޫ ސިޓީ

އައްޑޫސިޓީގައި ހިންގާ ވިޔަފާރިތަކަށް ޓެކްސް ކޮންސެޝަންތަކެއް (ލުއިތަކެއް) ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވެފައިވަނީ، އައްޑޫސިޓީގެ ފަތުރުވެރިކަމުގެ އިތުރުން މުޅި އިޤްތިޞާދީ ލޭންޑްސްކޭޕް ބަދަލުކޮށްލުމަށް އެހީތެރިވެދިނުމުގެ ގޮތުން އައްޑޫސިޓީގައި ހިންގާ ވިޔަފާރިތަކަށް ޓެކްސްއިން ލުއިތަކެއް ދިނުމަށް ސަރުކާރުގެ ވިސްނުން އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement

ފަތުރުވެރިކަމަށް ފަހިކުރުމަށް، 2021 ޖަނަވަރީން ފެށިގެން އައްޑޫގެ ބިމު ކުލި ރިޒޯޓުތަކަށް އަކަ މީޓަރަކަށް 8 ޑޮލަރުން 2 ޑޮލަރަށް ކުޑަކޮށް އެންމެ ބޮޑުވެގެން ދައްކަންޖެހޭ ކުލި 2 މިލިއަން ޑޮލަރުން 8 ލައްކަ ޑޮލަރަށް ވަނީ ކުޑަކޮށްފައެވެ.

ކުރިން އެއްވެސް ސަރުކާރަކުން އަޅާނުލައި ދޫކޮށްލާފައިވާ ޝަންގްރިލާގެ މައްސަލަ ހައްލުކޮށްދިނުމަށް ޝެއަރހޯލްޑަރ އެއްބަސްވުމުގެ ދަށުން ސަރުކާރުން ދޭންޖެހޭ ލޯނު މި ސަރުކާރުން ދިން ކަމަށާއި ޝަންގްރިލާގެ ހިއްސާ ދޫކޮށްލުމުގެ ކަންކަން ސަރުކާރުން ދަނީ ކުރަމުން ކަމަަށްވެސް ހަމްދާން ވިދާޅުވިއެވެ. މިހާރު ހިންގަމުންދާ ރިޒޯޓުތަކަށް އެހީތެރިވެދިނުމުގެ ގޮތުން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސަރުކާރުން ސީދާ އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމަށް އިންޓަރވެންޝަނެއް ހަދަންޖެހޭ ކަމަށް ދެކި، އިންވެސްޓްކުރަން ނިންމައި ސަރުކާރުން މަޝްރޫޢުތަކެއް ރާވައި މަސައްކަތް ވަނީ ފެށިފައެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްވެސް ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ ތަރައްޤީ މަޑުޖައްސަވާނުލައްވާނެ ކަމަށާއި އައްޑޫ ސިޓީގެ ބިން އިތުރުކުރުމުގެ ބޮޑު މަޝްރޫއާއެކު އެ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުނީކަމަށް ވިދާޅުވެފައިވެ އެވެ.

އައްޑޫސިޓީގައި ރިޒޯޓު ތަރައްޤީކުރުމަށް 8.3 ހެކްޓަރުގެ 3 ރަށާއި 5 ހެކްޓަރުގެ 2 ރަށް އުފެއްދުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. މި ރަށްތަކުން 500 ކޮޓަރި ބާޒާރަށް ނެރެވޭއިރު، ރަށްތައް އުފައްދައި ނިމެންވާއިރަށް ކުއްޔަށް ދޫކުރުމުގެ ކަންކަން ސަރުކާރުން ދަނީ ކުރަމުންނެވެ.

ފްލެގްޝިޕް މަޝްރޫޢެއްގެ ގޮތުގައި ހަންކެޑެގައި 143 މިލިއަން ޑޮލަރަށް އިންޓެގްރޭޓެޑް ރިޒޯޓެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންވާއިރު، މިއީ 14 ހޮޓަލުގެ އިތުރުން ވިލާތަކާއި އެޕަރޓްމަންޓްތަކުން 2082 އެނދު އުފެއްދޭނެ މަޝްރޫއުއެކެވެ.

އަދި ހަންކެޑެ މަޝްރޫޢު ޑިޒައިންކުރެވިފައިވަނީ ވީހާވެސް ގިނަ އިޤްތިޞާދީ ފުރުޞަތުތައް އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެ ގޮތަށް ކަމަށްވާއިރު، ހަންކެޑެގައި ތަރައްޤީކުރެވޭ ކޮންމެ ވަސީލަތަކީ ވަކި ވަކި ވިޔަފާރިތަކަށް ކުއްޔަށް ދީގެން ވަކިން ހިންގޭނެ ތަންތަން ކަމަށް ހަމަޖެހިގެންދާނެއެވެ. ހަންކެޑެ މަޝްރޫޢުގެ ކޮންޓްރެކްޓް ތެރޭގައި އައްޑޫގެ މީހުން ދިރިއުޅޭ ރަށްތަކުގައި 75 ކޮޓަރީގެ 4 ގެސްޓްހައުސް ތަރައްޤީކުރުން ހިމަނާފައިވެއެވެ. މިއީ އިތުރު 300 ކޮޓަރި އެވެ.

އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ރަށްތަކުން ގެސްޓްހައުސް ތަރައްޤީކުރުމަށް ދޫކުރެވުނު ބިންތަކުގައި އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ގެސްޓްހައުސް އެޅުމުގެ މަޝްރޫޢެއް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން 15-20 އަހަރުގެ މުއްދަތެއްގައި އަނބުރާ ފައިސާ ދައްކާގޮތަށް ކުރިއަށް ގެންދާ މި މަޝްރޫޢުގައި ބައިވެރިވުމަށް 44 ފަރާތަކުން 58 ބިމަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އެއީ ޓޫރިސްޓް އެނދުގެ އަދަދުން ބަލާނަމަ އެއީ 2870 އެނދު ހިމެނޭ މަޝްރޫޢެއް ކަމަށް ސަރުކާރުން ބުނެއެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ކުންފުނިން މިހާރުވަނީ ގަމުގައި ހުންނަ ދޫގަސް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ކޮންޓްރެކްޓަރެއް ހޯދާފައި ކަމަށާއި ދޫގަސް ވެގެންދާނީ 130 ކޮޓަރީގެ ޒަމާނީ ހޮޓަލަކަށެވެ.

ދޫގަސް މަޝްރޫޢުގެ ތެރެއިން ގަމުގައި އިތުރު 50 ކޮޓަރީގެ ހޮޓަލެއް ތަރައްޤީކުރުމަށް ހިމަނާފައިވެއެވެ. އޭ.އައި.އޭގެ ޕްރައިވެޓް ޝެއަރހޯލްޑަރގެ އެހީތެރިކަމާއެކު ފައިސާ ހަމަޖެހިފައިވާ ދޫގަސް މަޝްރޫޢުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެއެވެ. ސަރުކާރުން އިންވެސްޓްކުރާ މަޝްރޫޢުތައް ނިމުމުން އައްޑޫގައި މިހާރު ރަޖިސްޓަރީ ކޮށްފައިވާ 1528 އެނދު (ޝަންގްރިލާ ހިމަނައިގެން) ގެ އިތުރަށް ގާތްގަނޑަކަށް 7000 އެނދު އިތުރުކުރެވިގެންދާނެ އެވެ. މިހާރުގެ ބެޑް ކެޕޭސިޓީ އަށް 4 ގުނައަށްވުރެ ބޮޑު އަދަދެއް އިތުރުވާނެ ކަމަށްވެސް ސަރުކާރުން ހާމަކުރެ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް