Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓުން

މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައިގެ މުއްދަތުގެ ތެރޭގައި ރިޔާސަތު ބެލެހެއްޓުމުން އުޒުރުވެރިނުވެވޭނެކަމަށް ލަފާލިބިފައިވޭ: ރޮޒައިނާ

ކައުންސިލަރ ޖެނެރަލް ދެއްވި ލަފާގެ ތެރޭގައި ފާހަގަކުރެއްވީ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓުގެ މުއްދަތުގެ އެކީގައި ރިޔާސަތުގައި ނީންނަވާނަމޭ ވިދާޅުވެ އެސިޓީ އެގޮތަށް ނުފޮނުވޭނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 12 ޖޫން 2023 | ހޯމަ 17:05
އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް

އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައިގެ މުއްދަތު ހަމަވަންދެން އޮންނަ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި ރިޔާސަތު ބެލެހެއްޓެވުމަށް ރައީސަށް އުޒުރުވެރިނުވެވޭނެކަމަށް މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ފާތުމަތު ފިލްޒާ ލަފާދެއްވާފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ދެއްވި ލަފާގެ ތެރޭގައި ފާހަގަކުރެއްވީ ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓުގެ މުއްދަތުގެ އެކީގައި ރިޔާސަތުގައި ނީންނަވާނަމޭ އުޒުރުވެރިވަމޭ ވިދާޅުވެ އެސިޓީ އެގޮތަށް ނުފޮނުވޭނެކަމަށާއި އެއީ މަޖިލީހުގެ ގަވާއިދާ ޚިލާފުކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 54 މެމްބަރަކު ސޮއިކުރައްވާ ނަޝީދުގެ އިތުބާރުގެ ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާއިރު އަމީން އާންމު ފާތުމަތު ނިއުޝާއަށް ނަޝީދު ފޮނުއްވި ސިޓީގައި ވަނީ އިތުބާރު ނެތްކަމަށް ހުށަހަޅާ ފައިވާ މައްސަލައާ ގުޅިގެން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އެ ސިޓީފުޅުގައި ނަޝީދު ވިދާޅުވީ 07 ޖޫންގައި ހުށަހަޅާފައިވާ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ގޮތެއް ނިމެންދެން ރިޔާސަތު ބެލެހެއްޓެވުމުން އެއްކިބާވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު ބަޔާންކުރައްވާ މިންވަރަށް މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގައި ދެމި ހުންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެެވެ. އަދި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވެސް އެ ސިޓީފުޅުގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުނެތް މައްސަލައިގެ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ވަނީ ހަމަވެފައެވެ. އަދި އެމައްސަލަ މިހާރު ވަނީ އަންގާރަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސެވެ.

މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި އެޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެމްބަރުން ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެއެވެ. މިގޮތުން ކަނޑައަޅާނީ މަޖިލީހުގައި މެދު ނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތްކުރެއްވި މެމްބަރުންގެ ތެރެއިން 5 މެމްބަރެކެވެ. އަދި އެއިން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަށެވެ.

ރޮޒައިނާ ވިދާޅުވީ ނަޝީދު އަމީން އާންމުއަށް ފޮނުއްވި ސިޓީއަކީ މަޖިލީހުގެ އުސޫލާ ޚިލާފަށް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަ ކަމެއްގެ ގޮތުގައި ކައުންސެލަރ ޖެނެރަލް ފާހަގަކުރެއްވިކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އެކަންކަން ބަޔާކޮށް، ނަޝީދު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީއަށް ކައުންސެލަރ ޖެނެރަލް ލިޔުުމުން ޖަވާބުދެއްވަން ޖެހޭނެ ކަމަށް އެމްޑީޕީން ދެކޭ ކަމަށް ފިލްޒާއަށް އަންގާފައިވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު