Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބާލުސްކޯނީގެ ހަޔާތްޕުޅު

ބާލުސްކޯނީގެ ހަޔާތްޕުޅުގެ މައްޗަށް ބަލައިލުމެއް

އިޓަލީގެ އެންމެ މުއްސަނދި އެއް މަހުޖަނު ބާލުސްކޯނީ، އޭނާގެ މަސައްކަތުގެ ހަޔާތްޕުޅު ފައްޓަވާފައިވަނީ ވެކިއުމް ކްލީނަރު ވިއްކެވުމުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 12 ޖޫން 2023 | ހޯމަ 15:10
އިޓަލީގެ ކުރީގެ ބޮޑުވަޒީރު، ސިލްވިއޯ ބާލުސްކޯނީ

އިޓަލީގެ ކުރީގެ ބޮޑުވަޒީރު، ސިލްވިއޯ ބާލުސްކޯނީ

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީ އަވަހާރަވެއްޖެކަން ހޯމަ ދުވަހު އިއުލާންކޮށްފައިވާއިރު، އެ ގައުމުގެ ގިނަބަޔަކު ދަނީ މިކަމާ ހިތާމަ ފާޅުކުރަމުންނެވެ.   

ބާލުސްކޯނީ އަވަހާރަވެފައިވަނީ މިލާންގެ ސޭން ރަފައޭލް ހޮސްޕިޓަލުގައި، ހޯމަ ދުވަހު، ރާއްޖޭ ގަޑިން 12:30 އެހާކަންހާއިރުއެވެ. އަވަހާރަވީއިރު، އޭނާގެ ފަސް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުންނާއި އާއިލާގެ އެހެން ބައެއް ބޭފުޅުން އަރިހުގައި ތިއްބެވިއެވެ.

ފަހަކަށް އައިސް ސިއްހީ ގިނަ މައްސަލަތަކެއް ތަހައްމަލްކުރައްވަމުން ގެންދެވި ބާލުސްކޯނީ އެންމެ ފަހުން ހޮސްޕިޓަލަށް ގެންދެވުނީ ހުކުރު ދުވަހުއެވެ. އެޕްރިލް މަހު ބާލުސްކޯނީއަށް ފުއްޕާމޭގެ އިންފެކްޝަނެއް ކުރިމަތިފުޅުވިއެވެ. އޭގެ ކުރިންވެސް ގެންދެވީ ކްރޯނިކް ލުކީމިޔާއަށް ފަރުވާ ހޯއްދަވަމުންނެވެ. 2020 ވަނަ އަހަރު ބެލެސްކޯނީއަށް ވަނީ ކޮވިޑުގެ އާލާސްކަންފުޅުވެސް ޖެހިފައެވެ. އަދި އޭގެ ފަހުން އުޅުއްވަމުން ގެންދެވީ ވަރަށް އާލާސްކަންފުޅާކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އަވަހާރަވީ ސީދާ ކޮން ސަބަބަކާހެދިކަން ހާމަކޮށްފައެއް ނުވެއެވެ.

ކުޅަދާނަ ޕޮލިޓީޝަނަކަށް ވެވަޑައިގަތުމުގެ އިތުރުން، ތަފާތު އެހެނިހެން ގޮތްގޮތުން ނަންފުޅު މަޝްހޫރުވެފައިވާ ސިލްވިއޯ ބާލުސްކޯނީ، 1994 ވަނަ އަހަރު ސިޔާސީ ދާއިރާއަށް ނިކުންނެވުމުގެ ކުރިން، އަށްޑިހައިގެ އަހަރުތަކުގައި ބޮޑު ޓެލެވިޜަން "އެމްޕަޔަރ" އެއް ނުވަތަ ނެޓްވަރކެއް ގާއިމްކުރެއްވިއެވެ. އެއާއެކު ވަގުތުން ކަހަލަ ގޮތަކަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތެވެ.

ބާލުސްލޯނީ ވަނީ އިޓަލީގެ ބޮޑުވަޒީރުކަން ހަތަރު ފަހަރަކު  ކުރައްވާފައެވެ. އެއީ 1994ން 1995ށް، 2001ން 2005ށް 2005ން 2006ށް އަދި 2008ން 2011އަށެވެ. 2011 ވަނަ އަހަރު އެންމެ ފަހު ފަހަރު މަގާމުން ވަކިވެ ވަޑައިގެންނެވިއިރު ގައުމު އޮތީ ގްރީސްއަށް ކުރިމަތިވިފަދަ އިގްތިސާދީ ބޮޑު އަޑިގަނޑެއްގައެވެ. މީގެ އިތުރުން ގަނޑުވަރުގައި ޒުވާން އަންހެން ކުދިންނާއެކު "ޕާޓީ"ތައް ބާއްވަވާކަމަށް ކުރެވުނު ތުހުމަތުތައްފަދަ ނަންފުޅަށް ހުތުރުވި އެތައް އިލްޒާމްތަކެއްވެސް ވަނީ އެޅުވިފައެވެ. ނަމަވެސް މިކަން އޭނާ ވަނީ ދޮގުކުރައްވާފައެވެ.

1936ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ސިލްވިއޯ ބާލުސްކޯނީ އޭނާގެ މަސައްކަތުގެ ހަޔާތްޕުޅު ފައްޓަވާފައިވަނީ ވެކިއުމް ކްލީނަރު ވިއްކެވުމުންނެވެ. އޭގެ ފަހުން ކޮންސްޓްރަކްޝަން ކުންފުންޏެއް އުފައްދަވާފައިވެއެވެ. އެކި ތަފާތު ވިޔަފާރިތަކުގެ އިތުރުން، ކުޅިވަރުގެ ތެރެއިންވެސް އޭނާ ވަނީ މުއްސަނދިކަން ހޯއްދަވާފައެވެ. މިގޮތުން "ލެޖެންޑަރީ" ފުޓްބޯލް ކްލަބެއް ކަމަށްވާ އޭސީ މިލާންގެ ކުރީގެ އޯނަރަކީވެސް އޭނާއެވެ.  

އަވަހާރަވީއިރު ބާލުސްކޯނީއަކީ އިޓަލީގެ އެންމެ މުއްސަނދި އެއް މަހުޖަނެވެ. އޭނާގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް ހަތް ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.

"ދެއްކުންތެރި" ބިލިއަނަރެއްގެ ގޮތުގައި ސިފަކުރެވެމުން އައި ބަލުސްކޯނީ އަވަހާރަވުމަށްފަހު، އޭނާގެ ވިޔަފާރިއަށް ވާނެގޮތެއްވެސް ކަނޑަނާޅާކަމަށް ވެއެވެ. ނަމަވެސް އެންމެ ދޮށީ ދަރިކަނބަލުން މަރީނާ ބޮޑު ދައުރެއް އަދާކުރައްވާނެ ކަމަށް ދަނީ ބެލެމުންނެވެ. ބާލުސްކޯނީ އަވަހާރަވުމާއެކު ވިޔަފާރި ކުންފުނީގެ ހިއްސާގެ އަގު 10 އިންސައްތަ އުފުލުކަމަށް ރިޕޯޓްތައް ބުނެއެވެ. މިއާއެކު ކުންފުނި ވިއްކާލުމަށް ނުވަތަ ވާދަވެރިފަރާތަކާ ގުޅާލުމުގެ ފުރުސަތު ބޮޑުވެގެން ދިޔަކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ބާލުސްކޯނީ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ ލީޑަރުންނާއި އެހެންވެސް ފަރާތްތަކުން ދަނީ ހިތާމަ ފާޅުކުރައްވައި، ހަމްދަރުދީގެ މެސެޖްތައް ފޮނުއްވައި ޓްވީޓްތައް ކުރައްވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

18 ޖޫން 2018
ކަރާގެ އަގު އިންތިހާއަށް މައްޗަށް، އެންމެ ޑިމާންޑް ބޮޑީ މޭވާގެ ބާވަތްތަކަށް!

ކަރާގެ އަގު އިންތިހާއަށް މައްޗަށް، އެންމެ ޑިމާންޑް ބޮޑީ މޭވާގެ ބާވަތްތަކަށް!

17 މެއި 2018
އަރީފް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރާއިރު، ސައުދީ ހައްޔަރުކޮށް ދައުވާނުކުރީ ކީއްވެ؟

އަރީފް ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާކުރާއިރު، ސައުދީ ހައްޔަރުކޮށް ދައުވާނުކުރީ ކީއްވެ؟

05 މެއި 2018
ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!

ސަރުކާރު އަދިވެސް ހަމަ އިސްކޮޅަށް ނުތެދުވެވި، ކުޑަކަކޫ މައްޗަށް ތިރިވެ!

27 މާރިޗު 2018
ރައީސް މައުމޫނުގެ މައްޗަށް ފުލުހުން އެ ހިންގަނީ ތަހްގީގެއް ނޫން، އެ ދަނީ މަހަށް؟!

ރައީސް މައުމޫނުގެ މައްޗަށް ފުލުހުން އެ ހިންގަނީ ތަހްގީގެއް ނޫން، އެ ދަނީ މަހަށް؟!

13 މާރިޗު 2018

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު