Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކައިވެނި މައްޗަށް ދިއުން

ކައިވެނިމައްޗަށް ދިއުން: މައިދައިތަންމެން ފަހަރި ބަލައިދިއުން

މިއީ ލ. އަތޮޅުގައި އޮންނަ ޒަމާންވީ އާދަކާދައެއް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2017 | އަންގާރަ 07:33
ކައިވެނި ކުރި އަންހެން ކުއްޖާ ބަލާ ލ. އަތޮޅު އަންހެންވެރިން ދަނީ

ކައިވެނި ކުރި އަންހެން ކުއްޖާ ބަލާ ލ. އަތޮޅު އަންހެންވެރިން ދަނީ

"ކައިވެނިމައްޗަށް ދިއުމަކީ" ދިވެހިންގެ ސަގާފަތާއި ގުޅިފައިވާ ކަމަށެވެ. މިއަދު މިކަން ކުރާތަން މަދުން ނޫނީ ނުފެނެއެވެ. ކައިވެނި މައްޗަށް ދާ ވާހަކަ ބުނުމުން އެއީ ކިހިނެއް ކުރާ ކަމެއްކަން ވެސް ގިނަ މީހުންނަން ނޭނގެއެވެ. އެހެންނަމަވެސް ލ. އަތޮޅު މީހެއް ގާތު ކައިވެނިމައްޗަށް ދާ ވާހަކަ ދައްކާލައިފިނަމަ، އެމީހުންނަން އެއީ އައުކަމެއް ނޫނެވެ. އެއީ ލ. އަތޮޅު ފިރިހެނަކު މީހަކާ ކައިވެނިކޮށްފިނަމަ އެ އަތޮޅުގެ މީހުން އެކަން އާދައިގެ ގޮތަކަށް ނިންމާ ނުލާތީއެވެ. ކައިވެނިމައްޗަށް ދާތީއެވެ. މައިދައިތަމެން އަންހެން ކުއްޖާ ބަލާ ދާތީއެއެވެ.

ލ. އަތޮޅު ރަށެއްގެ ފިރިހެނަކު އަވަށުން ބޭރު އަންހެން ކުއްޖަކާ ކައިވެނިކޮށްފި ނަމަ އެ އަންހެން ކުއްޖާ ބަލާ ދަނީ ފިރިހެން ކުއްޖާ ނިސްބަތްވާ އަވަށު މީހުންނެވެ. ބޮޑުބެރު ޖަހާ ނަށަމުނެވެ. އަންހެންވެރިން މާފަތިތަކާއި، ރުފިޔާ ފަތިތަށް ހިފައިގެން ބެރަށް ފައިހަމަ ކުރަމުންނެވެ. "ގެންދާނަމޭ، މަންޖެ ގެންދާނަމޭ މައިދައިތަމެން، މިތިބީ ބަލާ މަންޖެ ބަލާއި އައިސް" މިހެން ކިޔަމުނެވެ. ބޮޑުބެރު ޖަހަމުން އެމީހުން އަންހެން ކުއްޖާގެ ގެއާއައި ހަމަޔަށް ދެއެވެ. އަދި "މައިދައިތަމެން" މިތިބީ ބަލައި އައިސް ކަމަށް ބުނެ ފައިސާ ފަތިތަށް ކަރުގައި އަޅުވައެވެ. މިއީ އެ އަތޮޅުގެ ގިނަ ރަށްތަކުގައި އޮންނަ ޒަމާންވީ އަދާކަދައެވެ.

ލާމު ލިންކް ރޯޑުގައި އަންހެންވެރިން ބެރުޖަހާ ނަށަނީ

އަންހެން ކުއްޖާ ގޭ ދޮރުމަތީގައި ހުއްޓައި ، "މައިދައިތަމެން" ގޮސް އެ އަންހެން ކުއްޖާގެ ކަރުގައި ފައިސާ ފަތިތަށް އަޅުވައެވެ. 50 ރުފިޔާ އާއި 100 ރުފިޔާއިން ފެށިގެން ގޮސް 500 ރުފިޔާގެ ނޫޓްގެ ފައިސާ ފަތިތަށް އަޅުވައެވެ. ފައިސާ ފަތި އަންހެން ކުއްޖާގެ ކަރުގައި އެންމެ ފުރަތަމަ އަޅުވަނީ އަންހެން ކުއްޖާގެ މައިދައިތައެވެ.

ލ. މައިބައިދޫ އަންހެންވެރިން ކައިވެނި މައްޗަށް ދިއުން

ލ. އަތޮޅު ފިރިހެނަކު އެ އަތޮޅު އެހެން ރަށެއްގެ އަންހެނަކާއި ކައިވެނިކޮށްފައި ނަމަ ދަތުރަށް ހަދާ، ދޯނި ފަހަރުތަކުގައި އެ ރަށަކަށް ވެސް ދެއެވެ. މިކަން ރަވާނީ ފިރިހެން ކުއްޖާގެ މަންމަ އާއި ފިރިހެން ކުއްޖާގެ އާއިލާގެ މީހުންނެވެ. މަގުމަތިން ނަށަމުން ދާއިރު ފިރިހެން ކުއްޖާގެ މަންމަ، ނުވަތަ އަންހެން ކުއްޖާގެ މައިދައިތަ ވެސް ރަށުގެ އަންހެން ވެރިންނާއި އެކު ހުރެއެވެ. އެމީހުން ނަށަމުން އަންހެންކުއްޖާ ބަލާ ދަނީ ފަރިވަޅު ވެސް ހިފައިގެންނެވެ. އެއީ އަންހެން ކުއްޖާގެ އާއިލާގެ މެމްބަރުންނަން ހާއްސަ ކުރެވެގެން ގެންދާ ފަރިވަޅެކެވެ. ފަރިވަޅަކީ ވެސް އާދައިގެ ފަރިވަޅެއް ނޫނެވެ. ބޮނޑިބަތާއި ކުޅި މާހާއި، މިހެން ގޮސް ހަނާ ކުރިމަހާއި ކުކުޅު ވެސް ހިމެނެވެ.

ކައިވެނިމައްޗަށް ދިއުމަށް ދޯނި ތައްޔާރުކޮށްފަ

ހަމަ މިއާއި އެކު އަންހެން ކުއްޖާގެ އާއިލާގެ ފަރާތުން ކައިވެނި މައްޗަށްދާ މީހުންނަން ސައި ތައްޔާރުކުރެވެ. ނަށަމުން ބެރު ޖަހަމުން ކައިވެނި މައްޗަށް ދިޔަ މީހުންނަށް ހާއްސަކޮށްގެނެވެ.

މި ސަގާފަތް އެންމެ ވައްތަރީ އިންޑިއާގެ ކައިވެނީގެ ހަފްލާ އަކާއެވެ. ފިރިމީހާއި އާއި ފިރިމީހާގެ އާއިލާ "ބަހޫ" ބަލައި ދަނީ ވެސް މި ގޮތަށް ބެރުޖަހާ ނަށަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަފްޣާނިސްތާނުގެ އަންހެން ކުދިން ކިޔަވަން ބޭރަށް ދިއުންވެސް މަނާކޮށްފި

އަފްޣާނިސްތާނުގެ އަންހެން ކުދިން ކިޔަވަން ބޭރަށް ދިއުންވެސް މަނާކޮށްފި

28 އޯގަސްޓު 2023
މަސްވެރިންގެ ކަންބޮޑުވުން، ޒުވާނުން މަސްވެރިކަމާ ދުރަށްދިއުން!

މަސްވެރިންގެ ކަންބޮޑުވުން، ޒުވާނުން މަސްވެރިކަމާ ދުރަށްދިއުން!

10 ޑިސެމްބަރު 2022
ސްޕެއިންގެ އަމާޒަކީ އެއްވަނާގައި ދެވަނަ ބުރަށް ދިއުން

ސްޕެއިންގެ އަމާޒަކީ އެއްވަނާގައި ދެވަނަ ބުރަށް ދިއުން

01 ޑިސެމްބަރު 2022
ހައްޖަށް ގެންދިއުން ސަރުކާރުގެ ހައްޖު ކުންފުންޏަށް އެކަނި ދިނުން: ރައްކާތެރިވެފައި ފައިދާ ބޮޑު!!

ހައްޖަށް ގެންދިއުން ސަރުކާރުގެ ހައްޖު ކުންފުންޏަށް އެކަނި ދިނުން: ރައްކާތެރިވެފައި ފައިދާ ބޮޑު!!

29 އޯގަސްޓު 2022
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު