Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މައުމޫނު

ރައީސް މައުމޫނުގެ މައްޗަށް ފުލުހުން އެ ހިންގަނީ ތަހްގީގެއް ނޫން، އެ ދަނީ މަހަށް؟!

ރައީސް މައުމޫނާ ވަނީ އެކި މައްސަލަަތަކުގައި ސުވާލުކޮށްފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 13 މާރިޗު 2018 | އަންގާރަ 17:31
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް:- އެމަނިކިފާނުގެ މައްޗަށް ހިންގާ ތަހްގީގަށް ގާނޫނީ ބޭފުޅުން ފާޑުވިދާޅުވޭ

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް:- އެމަނިކިފާނުގެ މައްޗަށް ހިންގާ ތަހްގީގަށް ގާނޫނީ ބޭފުޅުން ފާޑުވިދާޅުވޭ

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ހައްޔަރުކޮށް ފުލުހުން ހިންގަނީ ތަހްގީގެއް ކަމަށް ބުންޏަސް އެއީ ކުށެއްގެ ތުހްމަތު ކުރެވޭ މީހެއްގެ މައްޗަށް ހިންގާ ތަހްގީގެއް ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. އަދި ތަހްގީގުކުރަނީ ކަމަށް ބުނެ އެ މައްސަލާގައި ފުލުހުން އެދަނީ "މަހަށް" ކަމަށް ވެސް ބުނެއެވެ.

ފުލުހުން ރައީސް މައުމޫނުގެ މައްޗަށް ތަހްގީގު ހިންގަނީ ކަމަށް ބުންޏަސް އެދަނީ "މަހަށް" ކަމަށް ބުނަނީ އެ ތަހްގީގުކުރާ ގޮތަށް ބަލައެވެ. އެންމެ ފުރަތަމަ ރައީސް މައުމޫނު ހައްޔަރުކުރުމަށް ފަހު ތަފާތު އެކި ކުށުގެ ތުހްމަތުތަކުގައި އެބަ ސުވާލުކުރެއެވެ. ހައްޔަރު ކުރެވުނު ސަބަބު ކަމަށް ބުނާ މައްސަލާގައި ސުވާލެއް ނުކޮށް އެއިން ބޭރުން އެކި މައްސަލަތަށް ނަގައިގެން ފުލުހުން ސުވާލު ކުރަނީ ކޮންމެވެސް އެއްމައްސަލައެއްގައި "ބެދޭނެ" ނުވަތަ ދައުވާއެއް ކުރެވޭތޯ ކަމަށް ބެލުމުގެ ފުރުސަތު މާ ބޮޑަށް ވެސް އެބަ އޮތެވެވެ.

މި ގޮތަށް އަމަލުކުރާ ނަމަ ޝަރުއީ ދާއިރާގައި އުޅޭ މީހުން ވެސް އެއީ މަހަށް ދިއުން ކަމަށް ބުނެއެވެ. އެހެން ބުނަނީ މަހަށް ގޮސް އުޅޭ އިރު ވެސް އެއް ފަހަރު އެއްލާ އެންކޮޅުން މަހެއް ނުގަނެއްޖެ ނަމަ އަނެއްކާ ވެސް އެންގަނޑު ބަދަލުކޮށްގެން ވެސް މަހެއް ބޭނޭތޯ މަސައްކަތް ކުރުމުންނެވެ. އަދި އޭރު ގެންގުޅޭ އެމުގެ މައްސަލައެއް އުޅޭ ކަމަށް ބަލައި އެމުގެ ބާވާތް ވެސް ބަދަލުކޮށްގެން ވެސް މަހެއް ބޭނޭތޯ ބަލައެވެ. އަދި ބައެއް ފަހަރު އެފަހަރު ދޯނި އޮންނަ ތަނަކީ އެންމެ ރަނގަޅު ތަނެއް ނޫން ކަމަށް ބަލައި އެހެން ސަރަހައްދަކަށް ގޮސްގެން ވެސް މަހެއް ބޭނޭތޯ ބަލައެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ދަންވަރު ރައީސް މައުމޫނު ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރުމަށް ފަހު ކޯޓު އަމުރެއް ވެސް ބޭނުންނުވާ ގޮތަށް ގާނޫނު ސަސްޕެންޑް ކުރުމަށް ފަހުއެވެ. އަދި އޭރު ހައްޔަރުކުރީ ފަނޑިޔާރުންނަށް ރިޝްވަތުދީ، ގާނޫނާ ހިލާފަށް ގާނޫނީ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރިކަމުގެ ތުހްމަތުގައެވެ. ނަމަވެސް އެންމެ ފުރަތަމަ ވެސް ތަހްގީގު ފަށައި އެމަނިކުފާނާ ފުލުހުން ސުވާލުކުރީ ހެކި ފޮރުވަން އުޅުނު ކަމަށް ތުހްމަތުކުރާ މައްސަލައެއްގައެވެ. އެ ތަހްގީގުގައި ރައީސް މައުމޫނު ހުންނެވީ ފުލުހުންނަށް އެއްބާރުލުން ދެއްވާ ގޮތަކަށް ނޫނެވެ. އެހެން ކަމުން ފުލުހުންނަށް އެކަމުގައި މާބޮޑު ކުރިއެރުވުމެއް ލިބުނު ތަނެއް ވެސް ނުފެނުނެވެ.

ދެން އަނެއްކާ ވެސް އެންގަނޑު ބަދަލުކޮށްލާ އުސޫލުން އާ ތުހްމަތެއްގައި ސުވާލު ކުރުމަށް މަސައްކަތް ފެށިއެވެ. އެ ފަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން މެދުވެރިކޮށެވެ. އެއީ 2007 ވަނަ އަހަރު ނެރުނު ތީމްގޭ އޮޑިޓް ރިޕޯޓަކާ ގުޅޭ ގޮތުންނެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނު އައި ފަހުން ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ޖެހޭ ކަމަށާއި 2007 ވަނަ އަހަރުގެ ކުރީގެ މައްސަލައެއްގައި މިހާރު ދައުވާ ނުކުރެވޭނެ ކަން އެނގި ހުރެ ވެސް އެ ގޮތުން ވެސް ރައީސް މައުމޫނު ގޮޅިއަކަށް ފެއްތޭތޯ މަސައްކަތްކުރިއެވެ. އެކަން ކަމަށް ރައީސް މައުމޫނު ހުންނެވީ ވަރަށް ހުށިޔާރުވެގެންނެވެ. އެގޮތުން އޭސީސީން ދޫނިދޫއަށް ގޮސް ސުވާލުކުރުމަށްޓަކައި ސުވާލުކުރާ ކޮޓަރިއަށް ވަޑައިގަތުމަށް ދެންނެވުމުން ވެސް އެކަމާ ވެސް ރައީސް މައުމޫނު ދެކޮޅު ހެއްދެވީ ގާނޫނީ ހުއްޖަތްތަކެއް ދައްކަވާފައެވެ. އޭސީސީ އިން ދެ ފަހަރެއްގެ މަތިން އެކަން ކުރަން އުޅެ ވެސް އެކަން ވެސް ނުވިއެވެ.

އަނެއްކާވެސް ފުލުހުން ސުވާލުކުރީ ހެކި ނައްތާލަން މަސައްކަތް ކުރެއްވިކަމުގެ ތުހްމަތުގައެވެ. ދެ ފަހަރު ސުވާލު ކުރުމަށް ފަހު އެންމެ ފަހުން ލިބުނު އެއްޗަކަށް ބަލައި ދައުވާ ކޮށްދޭން އެދުނީމަ ޕްރޮސެކިއުޓާ ޖެނަރަލް އަނބުރާ ފޮނުވާލީ ތަހްގީގު ފުރިހަމަ ނުވާ ކަމަށް ނިންމުމަށްފަހު އެވެ. މަސް ގަންނަ ކުންފުންޏަކުން ފެންވަރު ދަށްވެގެން މަހެއް ރިޖެކްޓްކޮށްލާހެން އަނބުރާ ފޮނުވާލާހެންނެވެ.

އަނެއްކާ ވެސް މާޔޫސްވެ ތިބެ ފުލުހުން ވަނީ ހެކި ނައްތާލުމުގެ ތުހްމަތުގައި ރައީސް މައުމޫނާ ސުވާލު ކޮށްފައެވެ. އެހެން ކަމުން އަނެއްކާ ވެސް އެ އުޅެނީ ހަމަ އެންކޮޅުގައި އަޅައިގަންނާނެ ގޮތެއް ނުވެގެންކަން އެބަ އެނގެއެވެ. ހައްޔަރުކޮށްގެން އެއް މަސްވެގެން ދިޔައިރު ފުލުހުން ރައީސް މައުމޫނާ އެމަނިކުފާނު ހައްޔަރުކުރި ސަބަބާ ގުޅޭ ގޮތުން ސުވާލުކުރީ އެއްފަހަރުއެވެ. އެއަކުން ވެސް މާ ބޮޑު ކުރިއެރުމެއް ލިބޭ ހެނެއް ހިޔެއް ނުވެއެވެ. ކަން މިހެން ހުރި އިރު ފުލުހުންގެ އޮފިސަރަކު މީޑިޔާތަކަށް އަރައި ވަރަށް ހެކިތައް ހުރި ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތައް އެންމެ ވައްތަރީ މަހަށް ގޮސް އެއްޗެއް ނުބޭނުނަސް ރަށުގެ ހޮޅު އަށީގައި އިނދެގެން ފޮނިއަނގަތަޅާ މީހަކާއެވެ. އަދި މަސް ނުބޭނުނީމަ ކަނޑުނުބައި ކުރާހެން ބައެއް ފަހަރު ފުލުހުން ވެސް ނުބައި ކުރަނީ ތުހްމަތު ކުރެވޭ މީހާއެވެ. ފުލުހުން މީހެއްގެ މައްޗަށް ތަހްގީގެއް ހިންގަންވާނީ ފޫހިފިލުވާލަން ނައިޓް ފިޝިންނަށް ދާ މީހުން ކަންކުރާ އުސޫލަކުން ނޫނެވެ. މިއީ ޖޯކެއް ނޫނެވެ. މިއީ ބޮޑެތި މައްސަލަތަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު