Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

މައުމޫން ދޫކޮށް ޕާޓީ އުފެއްދި ބަޔަކަށް ކާމިޔާބެއް ލިބިފައެއް ނެތް

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 18 ޖޫން 2018 | ހޯމަ 13:49
ޕީޕީއެމްގެ ސަޕޯޓަރުންނާއެކު ރައީސް މައުމޫން: އެމަނިކުފާނާ ނުލައި ޕީޕީއެމަށް ކާމިޔާބެއް ނުހޯދޭނެ

ޕީޕީއެމްގެ ސަޕޯޓަރުންނާއެކު ރައީސް މައުމޫން: އެމަނިކުފާނާ ނުލައި ޕީޕީއެމަށް ކާމިޔާބެއް ނުހޯދޭނެ

ރައީސް މައުމޫން ވިދާޅުވި ގޮތުގައި އެމަނިކުފާނު އެންމެ ފުރަތަމަ އުފެއްދި ޕާޓީ، "ޑީއާރްޕީ"އަކީ ދަރިމައިވާ ޕާޓީއެކެވެ. އެ ޕާޓީގެ ތެރެއިން ހިޔާލުތައް ދެކަފިވެ، އެތައް ޕާޓީއެއް އުފަންވިއެވެ. އެންމެ ފުރަތަމަ ޑީއާރްޕީގެ ތެރެއިން އުފަންވި ޕާޓީއަކީ މައުމޫންގެ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)އެވެ. އެއަށްފަހު ޑީއާރްޕީގެ ނައިބު ލީޑަރަކަށް ހުންނެވި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ)އެވެ. ވެރިކަމުގެ ފަހު ދުވަސްކޮޅު، މައުމޫންގެ ކެބިނެޓުން ވަކިވެވަޑައިގެން ޑރ. ހަސަން ސައީދު ވެސް ގައުމީ ޕާޓީގެ ނަމުގައި ޕާޓީއެއް ވެސް އުފެއްދެވިއެވެ. އެއަށްފަހު ޑީއާރްޕީގެ ނައިބު ލީޑަރުކަން ކުރެއްވި އަހުމަދު ސިޔާމް (ސަން ސިޔާމް) ވެސް އެ ޕާޓީން ވަކިވެވަޑައިގެން އެމްޑީއޭގެ ނަމުގައި ޕާޓީއެއް އުފެއްދިއެވެ. އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމަކީ ޑީއާރްޕީގައި ރެނދުލައިގެން އުފައްވި އެންމެ ހަގު ޕާޓީއެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތަށް ދަރިމައިވާ ޕާޓީ، ޑީއާރްޕީގެ ތެރެއިން ފަސް ޕާޓީއެއް އުފަންވިއެވެ. ތަފާތު ފިކުރުތަކާ އެކު، ރައީސް މައުމޫންގެ ފަސްބައި ދަށުން އެ ހުރިހާ ޕާޓީއެއް އުފަންވިއިރު ކުރިއެރުން ލިބުނީ ކޮން ބަޔަކަށްތޯއެވެ؟ ސިޔާސީ ޕާޓީ އުފައްދަން ހުއްދަ ދިންތާ މިއަހަރު 13 އަހަރުވީއިރު، ރައީސް މައުމޫނާ ނުލައި، އެމަނިކުފާނުގެ އަރިހުގައި އުޅުއްވި ބޭފުޅުން އެކަހެރިވެގެން އުފެއްދި ޕާޓީތަކަށް ކާމިޔާބެއް ލިބުނުތޯއެވެ؟ އިންތިހާބަކުން ކާމިޔާބު ހޯދުނުތޯއެވެ؟ ލިބުނު ތާއިދެއް އެބަ އޮތްތޯއެވެ؟

ތާއީދު ލިބުނީ މައުމޫން ހުންނެވި ކޮޅަށެވެ. ރާއްޖޭގައި ދެ ވަނައަށް އުފެއްދި ޕާޓީ، ޑީއާރްޕީ ދޫކުރެއްވުމަށްފަހު، 2013ގެ ރިޔާސީ އިންތިހާބަށް ދޮޅު އަހަރަށްވެފައި ވަނިކޮށް އުފެއްދި ޕީޕީއެމަށް އިންތިހާބު ކާމިޔާބު ކުރެއްވުނީ މުގުލުގައި މައުމޫން ހުންނެވުމުންނެވެ. އޭރު ކަން ހިނގައިދިޔަ ގޮތް ބައްލަވާށެވެ. ތާރީހުން ލައްކަ ވާހަކަ ކިޔައިދޭނެއެވެ. އުމުރުން ކިތަންމެ ދޮށިވެ، ހެލިފެލިވާން ދަތިވިޔަސް ކެމްޕެއިނުގެ ކުރީގައި އޭރު ހުންނެވީ ރައީސް މައުމޫނެވެ. ޕީޕީއެމުން ވިއްކީ ރައީސް މައުމޫންގެ ފިކުރެއެވެ. ޕީޕީއެމްގެ ކެންޑިޑޭޓުގެ ފޮޓޯގެ ކުރިއަށް ނެރެފައި ހުރީ މައުމޫންގެ ފޮޓޯފުޅެވެ. މޭމަތީގައި ޖަގައިގެން ގެންގުޅުނީ މައުމޫންގެ ފޮޓޯފުޅެވެ.

2013ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޔާމީނަށް ތާއިދު ހޯދަން ރައީސް މައުމޫންގެ ފޮޓޯ ބޭނުންކޮށްފައި-- ފޮޓޯ/ ޕީޕީއެމް

ހާލަތު ބަދަލުވެ، މައުމޫނާ ނުލައި ޕީޕީއެމުން ނުކުތް ހަމައެކަނި އިންތިހާބަށް ވެގެން ދިޔައީ ކިހިނެއްތޯއެވެ؟ ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލް އިންތިހާބަށް ނުކުންނާނެ ކެންޑިޑޭޓުން ނުވެގެން، ޖިނާއީ ކުށް ސާބިތުވެ، ހައްދު ކަނޑައަޅާފައިވާ މީހުންނަށް ވެސް އިންތިހާބުގައި ވާދަކުރެވޭނެ ގޮތް ހެދުމުން ވެސް ލިބުނު ކުރިއެރުމެއް އެބަ އޮތްތޯއެވެ؟ ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ބޮޑުތަނުން ބަލިވީއެވެ. އާޚިރުގައި ނަތީޖާއަކީ 87 ގޮނޑީގެ ތަފާތާއެކު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން 294 ގޮނޑި ކާމިޔާބުކުރުމެވެ. ޕީޕީއެމަށް ތާއިދު ބޮޑު ރަށްތަކުން ވެސް، އެމްޑީޕީއަށް ބައިއަތު ހިފައި، ނަތީޖާ ފުރޮޅާލިއެވެ.

ރައީސް މައުމޫން އަމިއްލަފުޅަށް އުފެއްދެވި ޕީޕީއެމުން އެކަހެރިކޮށް، "އެއްލާލި" މަންޒަރު އެ ޕާޓީގެ އާންމު މެމްބަރުންނަށް ފެންނާނެއެވެ. ރައީސް މައުމޫންގެ އޮފީހަށް ރަޔަޓް ފުލުހުން ފޮނުވައިގެން ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރުވުން ހުއްޓުވައި، ގައުމީ ދިދަ އެ އޮފީހުގައި ނެގުން ހުއްޓުވިތަން ދެކޭނެއެވެ.

ވާދަވެރި ސިޔާސީ މާހައުލަކަށް ރާއްޖެ ހުޅުވާލަދެއްވައި، ޑިމޮކްރަސީއާ އެކު ދިވެހިންގެ ސިކުނޑިތައް ހިލްމުން ފުރާލަދިން ރައީސް މައުމޫނަށް ދޭންޖެހޭ ގަދަރާއި އިހްތިރާމާއި އިނާޔަތް ކަނޑާލިތައް ވެސް ދިވެހިން ދެކޭނެއެވެ. އެ ހުރިހާ މަންޒަރެއް ވެސް ތަމްސީލުވަމުން އެ ދެނީ ޕީޕީއެމްގެ މެމްބަރުންގެ ކުރިމަތީގައެވެ. ޕީޕީއެމްގެ އާންމު މެމްބަރުންގެ މެދުގައި މައުމޫނަށް އޮތް ތާއިދާއި ލޯބި ގަދަކަމަކުން ބަޔަކަށް އަތެއް ނުލެވޭނެއެވެ. އެ މެމްބަރުން ބުނާ ގޮތުން ކުށް ސާބިތުކޮށް ހުރަގެއަށްލިޔަސްހެވެ. ކަސްތޮޅު އަޅުވައި، ޓެރަރިސްޓަކަށް ހެދިޔަސް އެ ލޯބި ބަދަލެއް ނުކުރެވޭނެއެވެ. އެކަން ކަށަވަރު ވަނީ އިންތިހާބުތަކުގައި ވެސް މައުމޫން ނިންމަވާ ގޮތްތަކަށް އެ ޕާޓީގެ އާންމު މެމްބަރުން ކިޔަމަންވާތީއެވެ. ކައުންސިލް އިންތިހާބުގައި ސަރުކާރަށް ނޫނެކޭ ބުނުމަށް އެދިވަޑައިގެންނެވި ހިސާބުން، ހާލަތު އެ އޮތީ ބަދަލުވައެވެ.

އެމަނިކުފާނަށް އޮތް ލޯބި ބަންޑުން ވަނީ ގޮތެއްގައި ހިފަހައްޓަވާތީއެވެ. އަޒުމް ދޫނުކުރައްވާތީއެވެ. ދިވެހިންގެ ދިވެހިވަންތަކަށް ގެއްލި، ވަގުތީ މަންފާއަކަށް ފަސްގަނޑުން ބައެއް ވިޔަސް ބަޔަކަށް ދޭން އެބަސް ނުވާތީއެވެ. އެކަން ކަށަވަރު ވަނީ ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ސަރުކާރުން އުޅުމުން ފާޅުގައި އެކަމާ ދެކޮޅަށް މައުމޫން ނުކުންނެވުމުންނެވެ. ޔާމީންގެ އެ ނިންމެވުމާ ދެކޮޅަށް ފާޅުގައި މައުމޫން ނުކުންނެވުމުން، އެތައް ބައެއްގެ ލޯބި އެމަނިކުފާނަށް ބަންޑުންވިއެވެ. މައުމޫން ވިދާޅުވީ ދަރިންނާއި ދަރިންގެ ދަރިން ދިރިއުޅެން އޮތް ފަސްގަނޑަށް ބަސް ބުނުމުގެ ހައްގެއް ދިރިތިބީންނަށް ނެތް ކަމަށެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، ބިޑަކާ ނުލައި ރާއްޖޭގެ ފަޅުރަށްތަކާއި ފަޅުތައް ވިއްކާލެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނު އިސްލާހު ކުރަން އުޅުމުން ވެސް މައުމޫން އެކަމާ ދެކޮޅު ހެއްދެވިއެވެ. ކޮރަޕްޝަންގެ އެފަދަ އަމަލުތަކާ ދެކޮޅަށް ފާޅުގައި މައުމޫން ނުކުންނެވުމަކީ ޕީޕީއެމްގެ މެމްބަރުންގެ ލޯބި އެމަނިކުފާނަށް ލެނބިގެންދާ އެއް ސަބަބެވެ.

ގައުމީ ވިސްނުމުގައި ހައްގު ބަސް ވިދާޅުވަމުން ގެންދެވި ރައީސް މައުމޫން މިއަދު ހުރަގޭގައި ހުންނަވާތަ 132 ދުވަސްވީއެވެ. ޖަލުގެ ތޭރިތަކުގެ ފުރަގަހުން ވެސް މައުމޫން ހުންނެވީ ހާލަތު ބަދަލު ކުރަން ކަމަރު ބަންނަވައިގެންނެވެ. އެމަނިކުފާނާ އެންމެ ވާދަވެރި ރައީސް މުހައްމަދު ނަޝީދާއެކު، އެއްބަސްކިޔައި ނިންމަވާ ގޮތަކަށް އިންތިހާބުގެ ނަތީޖާ ބަދަލުވާނެކަން ކަށަވަރެވެ. އެއީ މުޖައްރިބު ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟

މިނިސްޓަރު އަޒްލީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ!؟

07 ޖުލައި 2017
ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟

ރައީސް މައުމޫން ހައްޔަރުކުރަން މި ސަރުކާރަށް ކެރިދާނެތަ؟

14 ޖޫން 2017
މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

06 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟

ރައީސް މައުމޫން ދެން ހައްދަވާނީ ކިހިނެއް؟

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު