Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް

ރާއްޖޭގައި ބާއްވާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް ލޯންޗުކޮށްފި

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ޕާކިސްތާން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 12 ޖޫން 2023 | ހޯމަ 13:49
މުބާރާތުގެ ބްރޭންޑިންގ

މުބާރާތުގެ ބްރޭންޑިންގ

ރާއްޖޭގައި ބާއްވާ ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

ހޯމަ ދުވަހު ހެންވޭރު ބޯޅަގޭގައި މުބާރާތް ލޯންޗުކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް)، ޤައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަން އަހުމަދު ޒަބީރު، ކޯޗު މުހައްމަދު ޒިލާލް އަދި ދާދި ފަހުން ޓީމާ ހަވާލުވި ހެޑް ކޯޗު ނޭމަންޔާ ޖެޑޯވްގެ އިތުރުން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި މަހުގެ 14 އިން 22 އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ފިރިހެން އިންވިޓޭޝަނަލް މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ޕާކިސްތާނެވެ. އޭގެތެރެއިން ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާންގެ ޓީމު އަންގާރަ ދުވަހު ރާއްޖެ އަންނާނެއެވެ. ޕާކިސްތާން ޓީމު އައުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވީ ފެބުރުވަރީ މަހުން ފެށިގެން މި މުބާރާތް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، މުބާރާތުގައި ބައިވެރިކުރާނެ ޓީމުތައް ފައިނަލް ކުރުމާ، ރާއްޖޭގެ ޓީމު މި މުބާރާތައް ތައްޔާރުވުމަށް ބިދޭސީ ކޯޗެއް ގެނެސް ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެޑަމް ވިދާޅުވީ، މިފަހަރުގެ މުބާރާތުގެ އެންމެ ޚާއްސަ އެއް ކަމަކީ، އަށް އަހަރުގެ މެދުކެނޑުމަކަށްފަހު މި ސަރަހައްދުގެ ބާސްކެޓު މުބާރާތެއްގައި ޕާކިސްތާނުގެ ޤައުމީ ޓީމު ބައިވެރިވުންކަމަށެވެ. ރާއްޖޭގައި ބާއްވާ މި މުބާރާތައް ސަރަހައްދީ ޤައުމުތަކުން ހަތަރު ރެފްރީ އަދި ސަރަހައްދުން ބޭރުން ތިން ރެފްރީ އަންނާނެ ކަމަށް އެޑަމް ވިދާޅުވިއެވެ.

މި މުބާރާތައް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ވަނީ އިންޑިއާގެ ޕަޑުކޯން ރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި 14 ދުވަހުގެ ކޭމްޕެއް ކުރިޔަށް ގެންގޮސްފައެވެ.

މި މުބާރާތް ފެށުމުގެ ގޮތުން ބުދަ ދުވަހު ރާއްޖެ ނިކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

މެޗު ފަސޭހަ ނުވާނެ، ވިކްޓޮރީއަކީ ރާއްޖޭގައި އޮތް އެންމެ ރަނގަޅު އެއްޓީމް: ސެކުލޯސްކީ

20 މެއި 2017
މެޗު ފަސޭހަ ނުވާނެ، ވިކްޓޮރީއަކީ ރާއްޖޭގައި އޮތް އެންމެ ރަނގަޅު އެއްޓީމް: ސެކުލޯސްކީ
09 މެއި 2017

ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތް، މިމަހުގެ 19 އިން 23 އަށް މާލޭގައި

09 މެއި 2017
ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތް، މިމަހުގެ 19 އިން 23 އަށް މާލޭގައި
11 އެޕްރީލު 2017

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

11 އެޕްރީލު 2017
  ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ
06 އެޕްރީލު 2017

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި

06 އެޕްރީލު 2017
ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް މިއަހަރުވެސް ރާއްޖޭގައި ފާހަގަކޮށްފި
30 މާރިޗު 2017

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު