Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރ ފުއްގިރި ހިޔާނާތް

ފުއްގިރި މުއާމަލާތާއި ގުޅިގެން ކްރިކް ރިޒާއަށް ޖާމާވި ޕޭމަންޓަކީ ޔާމީނުގެ ޕޭމަންޓެއްކަމަށް އެނގިފައިވޭ: ޒިޔަތު

12 ޖޫން 2023 | ހޯމަ 09:06

ޒިޔަތު ވިދާޅުވީ، އެއީ އެގްރީމަންޓުގެ ބޭރުން އަންނަ ޕޭމަންޓެއް ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖޫން 2023 | ހޯމަ 09:06
އެމްއެމްޕީއާރްސީ ހިޔާނާތް- ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ޒިޔަތުގެ ހެކިބަސް ވަނީ ނަގާފައި

އެމްއެމްޕީއާރްސީ ހިޔާނާތް- ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ޒިޔަތުގެ ހެކިބަސް ވަނީ ނަގާފައި

ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމަކީ ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

ނަމަވެސް ދައުވާލިބޭ ފަރާތްތަކުން ވަނީ ތަހުގީގު ފައިލްތަކާއި ގުޅިގެން ބައެއް ލިއެކިއުންތައް ބަލަން ބޭނުންވާކަމަށް ބުނެ ކޯޓަށް ސިޓީއެއް ހުށައަޅާފައެވެ.

އެކަމާ ގުޅޭގޮތުން ކްރިކް ރިޒާގެ ވަކީލު ވިދާޅުވީ، ހެކިންނާ ސުވާލު ކުރުމުގެ ދާއިރާއާ ގުޅުންހުރި ލިއުންތައް އޭގެ ތެރޭގައި ހިމެނޭ ކަމަށާއި، ވުމާއެކު ދިފާއަށްވެސް އެ ލިއުންތައް ބޭނުންވާ ކަމަށެވެ.

އަދި ދައުލަތުންވެސް އޭގެ ތެރެއިން ގިނަ ލިއުންތައް ދިނުމާމެދު އިއުތިރާޒު ނުކުރާކަމަށް ބުނެފައިވާކަން ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ދިފާއު ބިނާކުރުމަށް ބޭނުންވާ ލިއުންތައް ސަބަބާއެކު ފާހަގަ ކުރުމުން، ދައުލަތަށް ދޫކުރެވެން ހުރި ލިއުންތައް ދޫކުރައްވާނެ ކަމަށެވެ.

 އަދި އިއުތިރާޒު ކުރާ ލިއުމެއް އޮތްނަމަ ސަބަބާއެކު އެކަން ދައުލަތުން އަންގާނެކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ގާޒީ ވަނީ މިވަގުތަށް ދޫކުރެވެން ހުރި ލިއުންތައް ދޫކުރުމަށް ދައުލަތަށް އަންގަވާފައެވެ. ގާޒީ ވިދާޅުވީ، އިއުތިރާޒެއް އޮތް ލިއުމެއްވާނަމަ، އެ ކަމެއް ދައުލަތަށް ހުށައެޅިދާނެ ކަމަށެވެ.

ޝަރީއަތް ކުރިއަށް ގެންދަވާނީ ދިފާއަށް ލިބިދޭންޖެހޭ ޙައްޤުތައްވެސް ކަށަވަރު ކުރައްވައިގެން ކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވިއެވެ.

އެއަށްފަހު ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައިވާއިރު، ފުރަތަމަ ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުއެވެ.

ހެކިބަސް ދެއްވަމުން ޒިޔަތު ވަނީ ރަށްތަކާއި ފަޅުތައް ދޫކުރުމުގައި ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީން އަދާ ކުރި ދައުރާ ގުޅޭ ބައެއް ވާހަކަތައް ދައްކަވާފައެވެ.

ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ ލިއުންތަކުގައި ސޮއި ކުރައްވާފައިވާނެކަން ފާހަގަ ކުރައްވައި ޒިޔަތު ވިދާޅުވީ، އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވީ ޓޫރިޒަމް މިނިސްޓަރ އަދީބު ކަމަށެވެ.

އެ ރަށް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަވަނީ ޔާމީނު ދަންނަވައިގެންކަމަށްވެސް އަދީބު ވަނީ ޒިޔަތު ގާތުގައި ވިދާޅުވެފައެވެ.

ފޯނު ކޯލާއި މެސެޖު މެދުވެރިކޮށް އެ ވާހަކަތައް ދެކެވުނު ކަމަށާއި، އެކަމާ ގުޅޭ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ. އެ ބައްދަލުވުންތަކުގައި އަދީބާއި ކްރިކް ރިޒާގެ އިތުރުން އިތުރު ފަރާތްތައްވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ޒިޔަތު ވިދާޅުވިއެވެ.

ފުރަތަމަ 2.5 މިލިއަން ޑޮލަރަށް ރަށުގެ އަގު ކަނޑައެޅުއްވީ ޓޫރިޒަމް މިނިސްްޓަރު ކަމަށާއި، ފަހުން ކްރިކް ރިޒާ މެދުވެރިއަކަށްވެގެން އެ ރަށުގެ އަގު 4 ލައްކަ ޑޮލަރަށް ކުޑަކޮށް، ކްލަސިކް ސިޓީ ހޯލްޑިންގްސް އަށް ރަށް ދިނުމާ ގުޅޭ ކަންކަން ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ ސިޓީއެއްވެސް ތައްޔާރު ކުރެއްވި ކަމަށް ޒިޔަތު ވިދާޅުވިއެވެ.

އެއަށްފަހު އަނެއްކާވެސް އެ އަގު މާ ކުޑަކަމަށް އަދީބު ވިދާޅުވި ކަމަށާއި، ވުމާއެކު، ރަށުގެ އަގު 1.55 މިލިއަން ޑޮލަރަށް ބަދަލުކޮށް އައު ސިޓީއެއް ތައްޔާރު ކުރުމަށް އަދީބު ދެންނެވިކަމަށް ޒިޔަތު ވިދާޅުވިއެވެ.

ރަށް ކުއްޔަށް ދޫކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމަށް 2 ބައްދަލުވުމެއް ކުރިއަށް ދިޔަ ކަމަށާއި، އޭރު ސޮއި ކުރުން ކުރިއަށް ގޮސްފައިނުވާކަމަށް ޒިޔަތު ވިދާޅުވިއެވެ.

އޭރު ސޮއި ކުރެވިފައި ނުވަނީ ކްރިކް ރިޒާގެ އެކައުންޓަށް ޖަމާވާން ޖެހޭ ޕޭމަންޓެއް ޖަމާނުވާތީ އޭނާގެ އެދުމުގެ މަތިންކަމަށް ޒިޔަތު ވިދާޅުވިއެވެ. އެއީ ކްރިކް ރިޒާ މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުން އޭނާއަށް ލިބެންޖެހޭ ޕޭމަންޓުކަމަށް ޤަބޫލު ކުރެވޭކަމަށް ޒިޔަތު ވިދާޅުވިއެވެ.

ފަހުން އެ ޕޭމަންޓް ދިނުމުން އެގްރީމަންޓުގައި ސޮއިކުރުން ކުރިއަށް ދިޔަކަމަށް ޒިޔަތު ވިދާޅުވިއެވެ.

ދައުލަތުން ވަނީ ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ އެގްރީމަންޓުގައި ސޮއި ކުރުމަށް އެ ޕޭމަންޓު އެހައި މުހިންމު ވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ޒިޔަތު ވިދާޅުވީ، އެއީ އެގްރީމަންޓުގެ ބޭރުން އަންނަ ޕޭމަންޓެއް ކަމަށާއި، އެއީ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ޔާމީނަށް އަންނަ ޕޭމަންޓެއްކަމަށް އެނގިފައި އޮތްކަމަށެވެ. ކްރިކް ރިޒާއާއި އަދީބުވެސް އެހެން ވިދާޅުވެފައިވާކަން ޒިޔަތު ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ދައުލަތުން ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވަނީވެސް ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާއެވެ.

އޭގެ އިތުރުން، މި ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތް އަވަސް ކޮށްދިނުން އެދި ހުދު ޔާމީނުވެސް މެސެޖު ކުރެއްވިކަމަށް ޒިޔަތު ވިދާޅުވިއެވެ.

ބައެއް ރަށްރަށުގެ އަގު ކަނޑައެޅުމުގެ ކަންކަމުގައި ޔާމީނު އިރުޝާދު ދެއްވާފައިވާކަމަށް ޒިޔަތު ވިދާޅުވިއެވެ.

އެގޮތަށް އިރުޝާދު ދެއްވަނީ ޔާމީނުގެ ބައިވެރިވުން ހިމެނޭ ރަށްތަކުގައިކަމަށް ޤަބޫލު ކުރެވޭ ކަމަށާއި، އެހެން ޤަބޫލު ކުރެވެނީ ކްރިކް ރިޒާއަށް ޖާމާވި ޕޭމަންޓަކީވެސް ޔާމީނުގެ ޕޭމަންޓެއްކަމަށް ބުނެފައިވާތީކަން ޒިޔަތު ފާހަގަ ކުރެއްވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް