Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް

ފިރިހެން ޑިވިޝަންގެ ތަށި ޒެފްރޯލް އަށް، އަންހެން ޑިވިޝަން ރެޑްހޯކްސް އަށް

ޒެފްރޯލް އިން ސިފައިން ބަލިކުރީ 33-28 އިން، ރެޑްހޯކްސް އިން ކީން ބަލި ކުރީ 28-22 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖޫން 2023 | އާދީއްތަ 08:03
ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމު

ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމު

ހޭންޑްބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި، ހޭންޑްބޯޅަ މޯލްޑިވްސް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޒެފްރޯލް އިން ހޯދިއިރު، އަންހެން ޑިވިޝަން ރެޑްހޯކްސް އިން ކާމިޔާބުކޮށްފި އެވެ.

ދެ ޑިވިޝަންގެ ފައިނަލް ވެސް ކުޅެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ޤައުމީ ހޭންޑްބޯޅަ ކޯޓުގަ އެވެ. ފުރަތަމަ ކުޅުނީ ފިރިހެން ޑިވިޝަންގެ ފައިނަލް އެވެ. ފައިނަލްގައި ވާދަކުރީ ޒެފްރޯލް އާއި ދިވެހި ސިފައިންގެ ކުލަބް އެވެ. މި މެޗު ޒެފްރޯލް އިން ކާމިޔާބު ކުރީ 33-28 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒެފްރޯލްގެ ޢަބްދުﷲ ޒިޔާއު އެވެ. އަންހެން ޑިވިޝަންގެ ފައިނަލްގައި ވާދަކޮށްފައި ވަނީ ރެޑްހޯކްސް އާއި ކީން ސްޕޯޓްސް ކުލަބް އެވެ. ރެޑްހޯކްސް އިން ކީންގެ މައްޗަށް ކުރި ހޯދީ 28-22 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެޑްހޯކްސްގެ ޔަޝްފާ އާދަމް އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ، ޗެމްޕިއަން ޒެފްރޯލްގެ ޒިޔާއުގެ އިތުރުން، މުޙައްމަދު ފިރުނާޝް ޢަބްދުﷲ، މުޙައްމަދު ރަމީޒް، ޢަބްދުﷲ ޒަހުވާން އިމްތިޔާޒް، ސިފައިންގެ އަޙުމަދު ނަސީރު، މުޙައްމަދު ޝަމާލް، ވެލިދޫ ޔުނައިޓެޑުގެ މުޙައްމަދު ޔަޝްމު އަޙުމަދު އެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޗެމްޕިއަން ރެޑްހޯކްސްގެ ފާތިމަތު ޖުނާ، އައިޝަތު އާލާ އަލީ، ކީންސްގެ ފާތިމަތު ރިޝްމީ، ފާތިމަތު މާލް އިބްރާހީމް، އޮރިކްސްގެ ފާތިމަތު އަރޫޝާ، ރަފާހާ އިބްރާހީމް އަދި ތުޅާދޫ ސްޕޯޓްސްގެ މަރިޔަމް ހިމްނާ އެވެ.

މިއަހަރުގެ މުބާރާތުގައި ވަނީ ޖުމުލަ 27 ޓީމެއް ވާދަކޮށްފަ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު