Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ 2023

ދެ ވަނަ މެޗުން ބަލިވެ އަންހެން ވޮލީ ޓީމު ކެޓިއިރު، ފުރަތަމަ މެޗުގައި ހޭންޑްބޯޅަ އަންހެން ޓީމަށް ނާކާމިޔާބު

ޤައުމީ އަންހެން ވޮލީ ޓީމު ބަލިވީ ޝީސެލްސްއާ ވާދަކޮށް، ހޭންޑްބޯޅަ ޓީމު ބަލިވީ ރީޔޫނިއަންއާ ވާދަކޮށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޯގަސްޓު 2023 | އާދީއްތަ 09:29
އައިއޯއައިޖީ 2023 - ރީޔޫނިއަންއާ ދެކޮޅަށް ޤައުމީ އަންހެން ހޭންޑްބޯޅަ ޓީމުން ކުޅުނު މެޗުގެ ތެރެއިން

އައިއޯއައިޖީ 2023 - ރީޔޫނިއަންއާ ދެކޮޅަށް ޤައުމީ އަންހެން ހޭންޑްބޯޅަ ޓީމުން ކުޅުނު މެޗުގެ ތެރެއިން

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އަންހެން ވޮލީގައި ކުޅުނު ދެ ވަނަ މެޗުން ވެސް ޤައުމީ އަންހެން ވޮލީ ޓީމު ބަލިވެއްޖެ އެވެ.

ގޭމްސްގައި ޤައުމީ އަންހެން ވޮލީ ޓީމު ހިމެނުނީ ގްރޫޕް ބީގަ އެވެ. އެ ގްރޫޕްގައި ހިމެނެނީ ރާއްޖެ، މޮރިޝަސް އަދި ޝީސެލްސް އެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ރާއްޖެ ވާދަކޮށްފައި ވަނީ މޮރިޝަސްއާ ދެކޮޅަށެވެ. އެ މެޗުން ޤައުމީ އަންހެން ވޮލީ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. ގްރޫޕްގެ ދެ ވަނަ މެޗުގައި އާދިއްތަ ދުވަހުގެ މެންދުރު ރާއްޖެ ނިކުތީ ޝީސެލްސްއާ ދެކޮޅަށެވެ. ދެ ވަނަ މެޗުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ޝީސެލްސް އިން ކާމިޔާބު ކުރީ 25-12، 25-21 އަދި 25-18 އިންނެވެ. މެޗުގެ ފުރަތަމަ ސެޓުަގައި ރާއްޖެ އަށް ގިނަ ޕޮއިންޓުތަކެއް ގެއްލުނީ ޝީސެލްސްގެ ސާވިސްތައް ރިސީވް ކުރުމުގައި އުނދަގޫތަކާ ކުރިމަތިވެގެންނެވެ. ފުރަތަމަ ސެޓާ ޚިލާފަށް ދެ ވަނަ ސެޓުގައި ރާއްޖެ އިން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން ދެ ވަނަ ސެޓުގެ ކުރީކޮޅު ރާއްޖެ އިން ވަނީ ހަތަރު ޕޮއިންޓުގެ ލީޑެއް ވެސް ނަގައިފަ އެވެ. ނަމަވެސް ސެޓުގެ ވަކި ހިސާބަކުން ޝީސެލްސް އިން ވަނީ ފަހަތުން އަރައި ހަ ޕޮއިންޓުގެ ލީޑެއް ނަގައި، ލީޑު ފުޅާ ކޮށްފަ އެވެ. މި ސެޓުގެ ފަރަގު ރާއްޖެ އިން ކުޑަކުރީ ޙައްވާ ރާޝިދާ (ޙައްވަ) އަދި އައިޝަތު މާޖިދާ (މާޖީ) ހޯދި މުހިންމު ޕޮއިންޓުތަކުންނެވެ. ތިން ވަނަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ވަކި ހިސާބަކުން ރާއްޖެ އަށް ހެދުނު އަމިއްލަ ގޯސްތަކުން ޝީސެލްސް ވަނީ ކުރި ހޯދައިފަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ، އަންހެން ވޮލީ ޓީމަށް ވަނީ ގޭމްސް ނިމިފަ އެވެ.

އާދިއްތަ ދުވަހު ޤައުމީ އަންހެން ހޭންޑްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ، ރީޔޫނިއަންއާ ވާދަކޮށް ބަލިވެފަ އެވެ. ރީޔުނިއަން އިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 45-8 ގެ ބޮޑު ތަފާތަކުންނެވެ. ރާއްޖެއާ އަޅާ ބަލާއިރު ރީޔޫނިއަން އަކީ ހުރިހާ ގޮތަކުން ވެސް މޮޅު ޓީމެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ރީޔޫނިއަން އިން ލީޑު ކުރަމުން ދިޔައީ 23-3 އިންނެވެ. މެޗުގައި ރާއްޖޭގެ ފާތިމަތު އަރޫޝާ އަދި އައިޝަތު ނަޝާޔާ ވަނީ އެޓޭކު ކުރުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. ދެ ވަނަ ހާފުގައި ވެސް ރީޔޫނިއަން އިން މެޗު ޑޮމިނޭޓު ކޮށްގެން ކުޅުނުއިރު، މެޗުގައި ރާއްޖެ އިން ތަފާތު ދެއްކީ އަރޫޝާ އެވެ. ރާއްޖޭގެ ދެ ވަނަ މެޗުގައި ހޯމަ ދުވަހު ނުކުންނާނީ މަޔޯޓާ ދެކޮޅަށެވެ. ތިން ޤައުމާއެކު ރާއްޖެ އޮތީ ގްރޫޕް ބީގަ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު