Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެލެންޑޯ އެވޯޑު

ބެލެންޑޯ އެވޯޑު ދިނުން އޮކްޓޫބަރު މަހުގެ 30ގައި

ބެލެންޑޯ އެވޯޑަށް ނޮމިނެޓުވާ ކުޅުންތެރިން އިއުލާން ކުރުން އޮތީ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖޫން 2023 | އާދީއްތަ 06:07
ބެލެންޑޯ އެވޯޑު

ބެލެންޑޯ އެވޯޑު

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑޯ އެވޯޑު ހަފްލާ މި އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

ފްރާންސްގެ ވެރި ރަށް ޕެރިހުގައި އޮންނަ މި ހަފްލާގައި ދޭ ބެލެންޑޯ އެވޯޑަށް ނޮމިނެޓުވާ ކުޅުންތެރިން އިއުލާން ކުރުން އޮތީ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު އެވެ. އެންމެ ފަހުން މިދިޔަ އަހަރު މި އެވޯޑު ހާސިލްކޮށްފައި ވަނީ ދާދި ފަހުން ރެއާލް މެޑްރިޑު ދޫކޮށް ސައޫދީ ޕްރޯ ލީގުގެ އަލް އިއްތިހާދަށް ބަދަލުވި ކަރީމް ބެންޒެމާ އެވެ. މި އެވޯޑު ހަފްލާގައި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށް ވެސް އެވޯޑު ދޭނެ އެވެ. އެންމެ ފަހުން މި އެވޯޑު ހާސިލް ކުރީ ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ އަލެކްސިއާ ޕުޓޭޔާސް އެވެ. މީގެ އިތުރުން އަހަރުގެ އެންމެ މޮޅު ގޯލް ކީޕަރު، އެންމެ ޒުވާން ކުޅުންތެރިޔާ، އެންމެ މޮޅު ކޯޗު ވެސް ހޮވާނެ އެވެ. ހަމައެއާއެކު ސޮކަރޭޓްސް އެވޯޑު ވެސް ހަވާލު ކުރެވޭނެ އެވެ. މި އެވޯޑުގެ ނޮމިނޭޝަން އިއުލާން ކުރުން އޮތީ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ބެލެންޑޯ އެވޯޑު ދިނުމަށް އެންމެ ފުރަތަމަ ފެށީ 1956 ވަނަ އަހަރު އެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާއާއެކު ހެދި އެއްބަސްވުމެއްގެ ދަށުން، އެވޯޑުގެ ނަން ވަނީ ފީފާ ބެލެންޑޯ އަށް ބަދަލުކޮށްފަ އެވެ. އެ އެއްބަސްވުން ނިމުމަކަށް ގެނައީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން 2016 ވަނަ އަހަރުން ފެށިގެން އަނެއްކާ ވެސް އެވޯޑު ދެމުން އަންނަނީ ބެލެންޑޯ އެވޯޑުގެ ނަމުގަ އެވެ. އެއަށްފަހު ފީފާ އިން ވެސް އަންނަނީ އަހަރުގެ މޮޅު ކުޅުންތެރިޔާ ވަކިން ހޮވަމުންނެވެ.

ބެލެންޑޯ އެވޯޑު އެންމެ ގިނަ ފަހަރު ހޯދާފައި ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭނާ ވަނީ ޖުމުލަ ހަތް ފަހަރު މި އެވޯޑު ކާމިޔާބުކޮށްފަ އެވެ. އެއީ 2009، 2010، 2011، 2012، 2015، 2019 އަދި 2021 ގަ އެވެ. މެސީގެ ފަހަތުން ދެ ވަނައިގައި އޮތީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ ފަސް ފަހަރު އެވޯޑު ކާމިޔާބުކޮށްފަ އެވެ. އެއީ 2008، 2013، 2014، 2016 އަދި 2017 ގައެވެ. މީގެ އިތުރުން ރޮނާލްޑޯ އަކީ ބެލެންޑޯ އެވޯޑަށް އެންމެ ގިނަ ފަހަރު ނޮމިނޭޓުވި ކުޅުންތެރިޔާ އެވެ. ރޮނާލްޑޯ ވަނީ 18 ފަހަރު މި އެވޯޑަށް ނޮމިނޭޓުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައިލޯ ކަލާސް އެވޯޑު މިފަހަރު ޒުވާން ޓީޓީ ކުޅުންތެރިޔާ ރަފާއަށް

މައިލޯ ކަލާސް އެވޯޑު މިފަހަރު ޒުވާން ޓީޓީ ކުޅުންތެރިޔާ ރަފާއަށް

27 ސެޕްޓެމްބަރު 2017
މިފަހަރު ވެސް "ބެލެންޑޯ" އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯ އަށް: ޒިދާން

މިފަހަރު ވެސް "ބެލެންޑޯ" އެވޯޑް ލިބެންޖެހޭނީ ރޮނާލްޑޯ އަށް: ޒިދާން

17 ސެޕްޓެމްބަރު 2017
ޓާގެޓަކީ ގައުމީ އަންހެން ޓީމު ބޭނުންވާ ހިސާބަށް ވާސިލުކޮށްދިނުން: ނާޒިމާ

ޓާގެޓަކީ ގައުމީ އަންހެން ޓީމު ބޭނުންވާ ހިސާބަށް ވާސިލުކޮށްދިނުން: ނާޒިމާ

05 ސެޕްޓެމްބަރު 2017
ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ރޮނާލްޑޯ އަށް

ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ރޮނާލްޑޯ އަށް

25 އޯގަސްޓު 2017
ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި

ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި

22 މެއި 2017

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު