Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ޕީއެސްޖީން ހެނާންޑޭޒް އަށް ފާރަލަނީ، ހިލޭ ދޫކޮށްލާކަށް ބަޔާނުން ބޭނުމެއް ނުވޭ

މި ސީޒަނުގައި ބަޔާނަށް އޭނާގެ އެއްބަސްވުން އައު ނުކުރެވިއްޖެ ނަމަ، ދެން ވިސްނާނީ ރަނގަޅު އަގެއްގައި އޭނާ ދޫކޮށްލަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖޫން 2023 | ހޮނިހިރު 14:58
ބަޔާނަށް ކުޅެމުން އަންނަ ފްރާންސްގެ ހެނާންޑޭޒް

ބަޔާނަށް ކުޅެމުން އަންނަ ފްރާންސްގެ ހެނާންޑޭޒް

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް ހޯދުމަށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ބޭނުންވި ނަމަވެސް، ހިލޭ އޭނާ ދޫކޮށްލަން ބަޔާނުން ބޭނުންނުވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑު ދޫކޮށް ހެނާންޑޭޒް ބަޔާނަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭރު އޭނާ އެކުލަވާލީ ފަސް އަހަރުގެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބަ އޮތެވެ. ބަޔާނުން އޭރު ހެނާންޑޭޒްގެ ސޮއި ހޯދީ ޖަރުމަނު ލީގުގައި ރެކޯޑު އަގަކަށެވެ. އެއީ 80 މިލިއަން ޔޫރޯ އަށެވެ. އެ އެއްބަސްވުން އަންނަ އަހަރަށް ހަމަވާއިރު، ޕީއެސްޖީން އަންނަނީ ހެނާންޑޭޒް ހޯދުމަށް ފާރަލަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ބަޔާނުން އޮތީ ހިލޭ އޭނާ ދޫކޮށްލަން ނޫން ކަމަށާއި، ނަމަވެސް އެކަމުގައި ބަޔާނަށް ވަކި ގޮތެއް ހޯދިފައި ނެޔް ކަމަށެވެ. ސަބަބަކީ ދާދި ފަހުން ބަޔާންގެ އިސްވެރިންނަށް ބަދަލު އައިސްފާތީ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މި ސީޒަނުގައި ބަޔާނަށް އޭނާގެ އެއްބަސްވުން އައު ނުކުރެވިއްޖެ ނަމަ، ދެން ވިސްނާނީ ރަނގަޅު އަގެއްގައި އޭނާ ދޫކޮށްލަން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހެނާންޑޭޒް ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 107 މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 10 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެެއީ ޖަރުމަނު ލީގު، ޖަރުމަނު ކަޕް، ޖަރުމަނު ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެވެ.

އިތުރަށް ކިޔާލަން

26 އޯގަސްޓު 2017

ޕީއެސްޖީން ތިންވަނަ މެޗު ވެސް ކާމިޔާބު ކޮށްފި

26 އޯގަސްޓު 2017
ޕީއެސްޖީން ތިންވަނަ މެޗު ވެސް ކާމިޔާބު ކޮށްފި
16 އޯގަސްޓު 2017

ޖަވި ގާސިއާ ހެނާންޑޭޒް ރެއާލް ބެޓިސް އަށް ސޮއިކޮށްފި.

16 އޯގަސްޓު 2017
ޖަވި ގާސިއާ ހެނާންޑޭޒް ރެއާލް ބެޓިސް އަށް ސޮއިކޮށްފި.
12 އޯގަސްޓު 2017

މާދަމާ ރޭ ގެއިންގަމްޕްއާ ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗުގައި ނޭމާ ކުޅޭނެ

12 އޯގަސްޓު 2017
މާދަމާ ރޭ ގެއިންގަމްޕްއާ ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗުގައި ނޭމާ ކުޅޭނެ
09 އޯގަސްޓު 2017

ސަންޗޭޒް ހޯދުމަށް ޕީއެސްޖީން 80 މިލިއަން ޕައުންޑު ހުށަހަޅަން ތައްޔާރުވެއްޖެ

09 އޯގަސްޓު 2017
ސަންޗޭޒް ހޯދުމަށް ޕީއެސްޖީން 80 މިލިއަން ޕައުންޑު ހުށަހަޅަން ތައްޔާރުވެއްޖެ
22 ޖުލައި 2017

ޕެރިސްގައި ސަންޗޭޒްއާ އެކު ޕީއެސްޖީން މަޝްވަރާކޮށްފި

22 ޖުލައި 2017
ޕެރިސްގައި ސަންޗޭޒްއާ އެކު ޕީއެސްޖީން މަޝްވަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު