Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާޖިއޯ އަގުއެރޯ

އަގުއެރޯ ހޯދުމަށް ޕީއެސްޖީން 60 މިލިއަން ޕައުންޑު ހުށަހަޅަނީ!

ޗެލްސީ އަދި ރެއާލް އިންވެސް އަގުއެރޯ ހޯދުމަށް އަންނަނީ މަސައްކަތްކުރަމުން

ލީވާން އަލީ
ލީވާން އަލީ | 24 ޖޫން 2017 | ހޮނިހިރު 15:07
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއެރޯ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއެރޯ

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއެރޯ ހޯދުމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން 60 މިލިއަން ޕައުންޑު ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދަ ޓައިމްސް އިން ބުނީ ޕީއެސްޖީން އަގުއެރޯ ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން އެޓީމުން އޭނާ ހޯދުމަށް 60 މިލިއަން ޕައުންޑުވެސް ހުށަހަޅާފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އަގުއެރޯ އާއި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފައެވެ. އެގޮތުން މި ޓްރާންސްފާ ބާޒާރުގައި އޭނާ ބޭނުންވަނީ ސިޓީ ދޫކޮށްލަންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލް އިންވެސް ހޯދުމަށް މަސައްކަތްކުރަމުން އަންނަ އަގުއެރޯ ހޯދުމަށް ޗެލްސީން ވަނީ 75 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅާފައެވެ. އެހެންނަމަވެސް މި ރިޕޯޓްތަކާ ގުޅިގެން އަގުއެރޯ އަދި އެއްވެސް އެއްޗެކޭ ނުބުނެއެވެ.

މެންޗެސްޓަރ ސިޓީއާ 2006 ވަނަ އަހަރު ގުޅުނު އަގުއެރޯ ވަނީ އެ ކްލަބާ އެކު މިވީތަނަށް ހޭދަކުރި ހަ ސީޒަނުގައި ކުޅުނު 253 މެޗުގައި 169 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ދެފަހަރު ފުޓުބޯޅަ ލީގު ކަޕް ދެ އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށްވެސް 80 އަށްވުރެ ގިނަ މެޗު ކުޅެދީ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން އޭނާ ވަނީ އެޓީމަށް އެކު 2008 ވަނަ އޮލިމްޕިކް ރަން މެޑަލް، ފީފާ 20 އަހަރުން ދަށުގެ ވާރލްޑްކަޕް ދެފަހަރު އަދި ވާރލްޑްކަޕްގެ ދެވަނަ އެއްފަހަރު ހޯދާފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު