Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

މާދަމާ ރޭ ގެއިންގަމްޕްއާ ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗުގައި ނޭމާ ކުޅޭނެ

12 އޯގަސްޓު 2017 | ހޮނިހިރު 09:28

ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރިކޯޑު ފީއެއް ކަމަށްވާ 222 މިލިޔަން ޔޫރޯ އަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 12 އޯގަސްޓު 2017 | ހޮނިހިރު 09:28
ނޭމާ ޕީއެސްޖީގެ 10 ނަމްބަރ ޖާޖީ ދައްކާލަނީ

ނޭމާ ޕީއެސްޖީގެ 10 ނަމްބަރ ޖާޖީ ދައްކާލަނީ

ފްރެންޗް ލީގުގައި މާދަމާ ރޭ ގެއިންގަމްޕްއާ ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗުގައި، ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް އެ ކްލަބާ ދާދިފަހުން ގުޅުނު، ނޭމާއަށް ކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

މިކަން މީޑިއާއަށް ކަށަވަރު ކޮށްދެމުން ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްޕެއިން ފުޓްބޯޅަ އިދާރާއިން ދޭންޖެހޭ އިންޓަރނޭޝަންލް ޓްރާންސްފާ ސެޓްފިކެޓްގެ ލިޔުން މިހާރު ލިބިފައިވާ ކަމަށާއި ކުރިން މެޗުގައި ނޭމާއަށް ނުކުޅެވުނީ މި ލިޔުން ނުލިބޭތީ ކަމަށެވެ. އެހެން ކަމުން މާދަމާރޭގެ މެޗުގައި ނޭމާ ފެނިގެންދާނެ ކަމަށް ޕީއެސްޖީން ވަނީ ޔަގީން ކޮށްދީފައެވެ.

" ކުރިން މެޗުގައި ނޭމާއަށް ކުޅެވޭ ގޮތް ނުވީ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނޭމާގެ ޓްރާންފާއާ ގުޅިގެން ފޮނުވަންޖެހޭ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކެޓްގެ ލިޔުން ނުލިބިގެން. މިހާރު އެ ލިޔުން ވަނީ ލިބިފަ. މާދަމާ ރޭ ގުޓެމްޕް އާ ދެކޮޅަށް ނޭމާ ކުޅޭނެ،" ޕީއެސްޖީން ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން ޕީއެސްޖީގެ ކޯޗު އުނާއި އެމްރޭ ވެސް ބުނެފައިވަނީ މާދަމާ ރޭގެ މެޗުގައި ކުޅުމަށް ނޭމާ ހުރީ ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި ނަމަވެސް އެ މެޗުގެ ފުރަތަމަ އެގާރަގައި ނޭމާ ހިމެނުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެހެން ނަމަވެސް މެޗުގެ ކުރިން ވަކި ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"މާދަމާރޭގެ މެޗަށް ނޭމާ ހުރީ ތައްޔާރުވެފަ. އެ މެޗުގައި ނޭމާ ފެނިގެންދާނެ. އެކަން ނޭމާ ފުރަތަމަ އެގާރައިގައި ހިމަނާނެތޯ ނުވަތަ ނޫންތޯ އެނގޭނީ ފަހުން،" އެމްރޭ ބުންޏެވެ.

ފްރެންޗް ލީގުގައި މިދިޔަ ހަފްތާގައި އެމިއެންސްއާ ދެކޮޅަށް ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުގައި، ނޭމާ ކުޅެފައެއް ނުވެއެވެ. އެ މެޗުގައި ނޭމާއަށް ކުޅެވޭ ގޮތް ނުވީ މި ދެންނެވި އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކެޓް ލިޔުން ސްޕެއިންގެ ފުޓްބޯޅަ އިދާރާއިން، ފްރާންސްގެ ފުޓްބޯޅަ އިދާރާއަށް ފޮނުވާފައި ނުވާތީއެވެ.

ނަމަވެސް ފްރާންސްގެ ފުޓްބޯޅަ އިދާރާއިން އިއްޔެ ވަނީ، މި ލިޔުން މިހާރު ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި އެއާ އެކު ޕީއެސްޖީއަށް ކުޅުމުގެ ހުއްދަ ވެސް ނޭމާއަށް ވަނީ ލިބިގެން ގޮސްފައެވެ.

ތިން ސީޒަން ބާސާގައި ހޭދަކުރުމަށްފަހު ނޭމާ ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރިކޯޑު އަގަކަށް ކަމަށްވާ 222 މިލިޔަން ޔޫރޯ އަށެވެ. މިއާއެކު ނޭމާ މިހާރު ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި ބެލެވިފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

01 މާރިޗު 2017

ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!

01 މާރިޗު 2017
ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް