Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް

ލިނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖްގެ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ

10 ޖޫން 2023 | ހޮނިހިރު 03:12

މުބާރާތުގެ ހުރިހާ ފައިނަލެއް ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖޫން 2023 | ހޮނިހިރު 03:12
މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖު 2023ގެ ތެރެއިން

މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖު 2023ގެ ތެރެއިން

މިހާރު ކުރިޔަށްދާ ލިނިންގް މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖުގެ ފައިނަލް އިވެންޓުތަކުގައި ވާދަކުރާނެ ކުޅުންތެރިން ކަށަވަރުވެއްޖެއެވެ.

ފަސް ފައިނަލްގައި ވާދަކުރާނެ ކުޅުންތެރިން ކަށަވަރުވީ ހުކުރު ދުވަހު ކުރިއަށް ދިޔަ ސެމީ ފައިނަލް މެޗުތަކުންނެވެ. ފިރިހެން ސިންގަލްސްގެ ފައިނަލްގައި ވާދަކުރާނީ އިންޑިއާގެ ރަވީ ރަވީއާއި މެލޭޝިޔާގެ ސޫންގް ޖޫ ވެންއެވެ. މީގެ ތެރެއިން ރަވީ ފައިނަލުން ފުރުސަތު ހޯދީ ސެމީގައި ޖަރުމަނުގެ ކައި ޝޭފާގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. ސޫންގް ޖޫ ވެން ފައިނަލުން ފުރުސަތު ހޯދީ ސެމީ ފައިނަލްގައި އިންޑިއާގެ ކިރަން ޖޯޖް ބަލިކޮށްގެންނެވެ. އެ މެޗު ސޫންގް ޖޫ ވެން ކާމިޔާބުކުރީ ދެ ސެޓު އެއް ސެޓުންނެވެ.

އަންހެން ސިންގަލްސްގެ ފައިނަލްގައި ވާދަކުރާނީ އިންޑިއާގެ ދެ ކުޅުންތެރިންނެވެ. އެއީ އިންޑިއާގެ ތަސްނީމް މީރްއާއި އަޝްމިތާ ޗާލިހާއެވެ. މީގެ ތެރެއިން ތަސްނީމް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި ތުރުކީގެ ނެސްލިހާން ޔިޖިތު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ފައިނަލްގެ ޖާގަ އަޝްމިތާ ހޯދާފައިވަނީ ސެމީ ފައިނަލްގައި އިންޑޮނޭޝިއާގެ އައިސިޔާ ސަތީޔާ ފަތެތާނީ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ.

އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލްގައި ވާދަކުރާނީ އިންޑިއާގެ އަޝްވިނީ ބަޓްއާއި ޝިކާ ގޯތަމްގެ ޕެއަރއާއި ތައިލެންޑްގެ ލަކްސިކާ ކަންލަހާއާއި ޕަތައިމާސް މުއެންވޯންގްގެ ޕެއަރއެވެ. މީގެ ތެރެއިން އިންޑިއާގެ ޕެއަރ ވަނީ ސެމީ ފައިނަލްގައި ތައިލެންޑުގެ ކޮރްޕޮތަމަކިޓްއާއި ސްރިސަވަތުގެ ޕެއަރއާ ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެފައެވެ. އިންޑިއާއާ ދެކޮޅަށް ނިކުންނަ ތައިލެންޑުގެ ޕެއަރއިން ވަނީ ސެމީ ފައިނަލްގައި ފިލިޕީންސް ޕެއަރގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދާފައެވެ.

ފިރިހެން ޑަބަލްސް އިވެންޓުގެ ފައިނަލްގައި މެލޭޝިއާގެ ޔަން ޔީއާއި ޝިއޯންގެ ޕެއަރ ނިކުންނާނީ ތައިލެންޑުގެ ކައޮސަމާންއާއި ތޮންގްސާގެ ޕެއަރއާ ދެކޮޅަށެވެ. މެލޭޝިޔާގެ ޕެއަރ ވަނީ ސެމީ ފައިނަލްގައި ސްރީ ލަންކާގެ ޕެއަރއާ ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެފައެވެ. ތައިލެންޑުގެ ޕެއަރވެސް ވަނީ ސެމީ ފައިނަލްގައި ފިލިޕީންސް ޕެއަރއާ ވާދަކޮށް ސީދާ ދެ ސެޓުން މޮޅުވެފައެވެ.

ފަހު ފައިނަލް ކަމަށްވާ މިކްސް ޑަބަލްސްގެ ފައިނަލްގައި ވާދަކުރާނީ މެލޭޝިއާގެ ހޫ ޕަންއާއި ތެއޯ މެއިގެ ޕެއަރއާއި، އެމެރިކާގެ ވިންސަން ޝިއޫއާއި ޖެނީ ގާއީގެ ޕެއަރއެވެ.

މުބާރާތުގެ ހުރިހާ ފައިނަލެއް ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ކްލަބް މޯލްޑިވްސް: ގަދަ 16 ގެ ގުރުނަގައިފި

25 އެޕްރީލު 2017
ކްލަބް މޯލްޑިވްސް: ގަދަ 16 ގެ ގުރުނަގައިފި
09 އެޕްރީލު 2017

ހޭންޑްބޯލް މޯލްޑިވްސްގެ ކަންބޮޑުވުންތައް އެމްއޯސީ އަށް ބަންޑުން ކޮށްލައިފި

09 އެޕްރީލު 2017
ހޭންޑްބޯލް މޯލްޑިވްސްގެ ކަންބޮޑުވުންތައް އެމްއޯސީ އަށް ބަންޑުން ކޮށްލައިފި
09 އެޕްރީލު 2017

ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް

09 އެޕްރީލު 2017
ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް
29 މާރިޗު 2017

ނޭޕާލް ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ކިރިގިސްތާނަށް

29 މާރިޗު 2017
ނޭޕާލް ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ކިރިގިސްތާނަށް
29 މާރިޗު 2017

އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން

29 މާރިޗު 2017
އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން
25 މާރިޗު 2017

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

25 މާރިޗު 2017
އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި
13 މާރިޗު 2017

މިސްޓަރ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
މިސްޓަރ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
24 ފެބުރުއަރީ 2017

ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި

24 ފެބުރުއަރީ 2017
ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް