Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑު ކޮށްފާނެ ކަމަށް އޮތީ ވިސްނިފައި، ހައިރާނެއް ނުވޭ: ޠަލާލް

ޠަލާލް ވިދާޅުވީ، ރާއްޖެ ސަސްޕެންޑު ކުރުމަށް ނިންމައި ފޮނުވި ސިޓީ ގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ކަމަކީ، ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ މެންބަރަކު އެޑްހޮކް ކޮމިޓީގައި ހިމެނިފައި ނެތުން ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މެއި 2025 | ހޯމަ 07:49
ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް

ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް

ވޯލްޑް ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ސަސްޕެންޑު ކޮށްފާނެ ކަމަށް ކުރިން ވެސް ހީވެފައި އޮތް ކަމަށާއި، އެކަމާ ހައިރާން ނުވާ ކަމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެ އެވެ.

ބީޑަބްލިއުއެފް އިން ވަނީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑު ކުރުމަށް ނިންމައި، އެކަން ކޮމިޝަނަރ އޮފް ސްޕޯޓްސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އަށް ވެސް އަންގައިފަ އެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑު ކޮށްފައި ވަނީ، އެ އެސޯސިއޭޝަންގެ ހިންގުމުގެ ތެރެއަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން ކޮމިޝަނަރ އޮފް ސްޕޯޓްސް ޠަލާލް މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެކަމަކީ ހައިރާންވާ ކަމެއް ނޫން ކަމަށާއި، އެކަން އެގޮތަށް ކޮށްފާނެކަން ވިސްނިފައި އޮތް ކަމަށެވެ.

ޠަލާލް ވިދާޅުވީ، ރާއްޖެ ސަސްޕެންޑު ކުރުމަށް ނިންމައި ފޮނުވި ސިޓީ ގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ކަމަކީ، ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ މެންބަރަކު އެޑްހޮކް ކޮމިޓީގައި ހިމެނިފައި ނެތުން ކަމަށެވެ. އަދި ޠަލާލް ވިދާޅުވީ ދައުރު ހަމަވި ހިންގާ ކޮމެޓީ މެމްބަރުންގެ އެއްބާރުލުން ހޯދުމަށް އެމްއޯސީ އިން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ބީޑަބްލިއުއެފް އާއެކު އެއްބަސްވެވުނު ފަސް މެމްބަރުންގެ އެޑް ހޮކް ކޮމެޓީ އެކުލަވާ ނުލެވި، އެމްއޯސީ އިން އެ ކޮމެޓީ އިން ވަކިވާން އަންގާފައި ވަނީ ވެސް، ކުރީގެ ހިންގާ ކޮމެޓީގެ އެއްބާރުލުން ނުލިބި ކޮމެޓީގެ ކަންކަން އިންތިޒާމު ކުރުމުގައި މުއްދަތު ދިގުލައިގެން ދިޔުމުން ކަމަށް ވެސް ޠަލާލް ވަނީ ފާހަގަ ކުރައްވާފައި އެވެ.

އެހެންކަމުން، ބެޑްމިންޓަން އެސޯސިއޭޝަންގެ އައު ހިންގާ ކޮމެޓީ އިންތިޚާބު ކުރުމާ ހަމައަށް، އެ އެސޯސިއޭޝަން ދީފައިވާ ޤައުމީ ހައިސިއްޔަތު އަތުލަން ނިންމާފައި އޮތްކަން ޠަލާލް ފާހަގަ ކުރެއްވި އެވެ. އެހެންކަމުން، މިހާރު ދެން ވެސް ކުރަން ޖެހިފައި އޮތް މަސައްކަތަކީ އެމްއޯސީ އިން އެކުލަވާލާފައިވާ ތިން މެމްބަރުންގެ އެޑް ހޮކް ކޮމެޓީގައި ކުރީގެ ހިންގާ ކޮމެޓީގެ މެމްބަރުންގެ ބައިވެރިވުން ހޯދުމުގެ މަސައްކަތް ކަމަށް ޠަލާލް ވަނީ ވިދާޅުވެފަ އެވެ.

އަދި އެ ކޮމެޓީގައި އެ ހިންގާ ކޮމެޓިގެ މެމްބަރަކު ހިމެނުނަށް އިއުތިރާޒު ނުކުރާ ކަމަށް ވެސް ޠަލާލް ވިދާޅުވި އެވެ. އެހެން ނަމަވެސް، ކުރެވޭ މަސައްކަތްތަކުގައި ކުރީގެ ހިންގާ ކޮމެޓީގެ އެއްބާރުލުން ނުލިބޭ ނަމަ، ކޮމިޝަންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ގޮސ، އައު ހިންގާ ކޮމެޓީ އިންތިޚާބު ކުރުން ކުރިއަށް ގެންދާނެ ކަމުގައި ޠަލާލް ވިދާޅުވެފައިވެ އެވެ.

އިތުރަށް ޠަލާލް ވިދާޅުވެފައި ވަނީ، ސަސްޕެންޑު ކުރުމަށް ނިންމައި ބީޑަބްލިއުއެފް އިން ފޮނުވި ސިޓީ ކިޔާލުމުން އެންމެ ބޮޑަށް ދޭހަ ވަނީ، އެންމެ ފަހުން އިންތިޚާބު ކޮށްފައި އޮތް، އަދި މިހާރު ދައުރު ހަމަވެފައި އޮތް ހިންގާ ކޮމެޓީގެ މެމްބަރުންގެ އިހުމާލުން ނުވަތަ އެ ހިންގާ ކޮމެޓީގެ އަމަލުތައް ހުރި ގޮތުން ސަސްޕެންޝަނަށް ދާން ޖެހުން ކަމަށެވެ.

މެސެޖު ނިންމާލަމުން ޠަލާލް ވިދާޅުވީ ކުޅިވަރަށް އަދި ވަކިން ޚާއްސަކޮށް ބެޑްމިންޓަން އަށް ހެޔޮ އެދޭ ނަމަ އަދި ރާއްޖެ އަށް ރީތި ނަން ލިބެން އެދޭ ބޭފުޅުން ނަމަ، މިހާރު އެކަން ނިމިފައި އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް، އެ ބޭފުޅުން އެގޮތަށް ބޭނުން ނުވާތީ، މިއަދު މިހިސާބަށް ދާން ޖެހުނީ ކަމަށާއި، އަދި ވެސް ދޫ ދޭން ޖެހޭ ތަނުގައި ދޫ ދީގެން ވެސް، ބެޑްމިންޓަންގައި ހުރި މައްސަލަތައް ޙައްލުކޮށް ކުރިއަށް ދިޔުމަކީ އޭނާގެ ޢަމާޒު ކަމަށް ޠަލާލް ވިދާޅުވެފައި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ މުއްދަތު ހަމަވެފައިވާއިރު، އޭގެ ފަހުން އެއް އަހަރުވީ އިރު ވެސް އައު ހިންގާ ކޮމެޓީއެއް އިންތިޚާބު ކުރެވިފައި ނުވެ އެވެ. އަދި އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ވެސް އޮތީ ނުގެނެވި އެވެ. އެހެންކަމުން އެޑް ހޮކް ކޮމެޓީއެއް އެކުލަވާލީ އެ ކަންކަން ފުރިހަމަ ކުރުމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި، ބީޑަބްލިއުއެފް އިން މީގެ ކުރިން އިރުޝާދު ދީފައި ވަނީ ތިން މެމްބަރުންގެ ކޮމެޓީއެއް ނެގުމަށެވެ. އެމްއޯސީ އަދި ސްޕޯޓްސް ކޮމިޝަނަރު ވަނީ އެ ކޮމެޓީގައި ބެޑްމިންޓަން ކޮމިއުނިޓީގެ މެމްބަރެއްގެ އިތުރުން، ޤާނޫނީ ދާއިރާގެ ބޭފުޅަކު ހިމެނުމަށް ލަފާ ދީފަ އެވެ. ނަމަވެސް އެކަމަށް އޮތީ ވަކި ގޮތެއް ނުނިމި އެވެ.

އެކަމުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަނީ ބީޑަބްލިއުއެފްގެ ބަހެއް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަން ދިގުލައިގެން ދާން ފެށުމުން، ކުރެވުނު މަޝްވަރާތަކަށް ފަހު ވަނީ އެޑް ހޮކް ކޮމެޓީއެއް އެކުލަވާލަން ނިންމައި، އެ ކޮމެޓީ އެކުލަވާލައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު