Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް އޮލިމްޕިކްސް

އޮލިމްޕިކްސްގައި ބެޑްމިންޓަން އިން މިފަހަރު ވެސް ވާދަކުރާނީ ނަބާ

ނަބާ އަކީ އޮލިމްޕިކްސްގައި ބެޑްމިންޓަން އިން ރާއްޖެ ތަމްސީލު ކުރި ފުރަތަމަ އަންހެން އެތުލީޓު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މެއި 2024 | އަންގާރަ 04:59
ފާތިމަތު ނަބާހާ

ފާތިމަތު ނަބާހާ

މިއަހަރުގެ އޮލިމްޕިކްސްގައި ބެޑްމިންޓަން އިން ދިވެހިރާއްޖެ ތަމްސީލު ކުރާނީ ފާތިމަތު ނަބާހާ (ނަބާ) ކަމަށް ނިންމައިފި އެވެ.

ފްރާންސްގެ ޕެރިހުގައި އަންނަ މަހު ފަށާ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ނަބާ އަށް ލިބުނީ، އޮލިމްޕިކްސްގެ ޓްރައިޕާޓައިޓް ކޮމިޝަނުން ނަބާގެ ނަތީޖާ އަށް ބެލުމަށްފަހު އެވެ. އެއީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ނަބާގެ ނަތީޖާތަކަށް ބެލުމަށްފަހު، ނަތީޖާ ރަނގަޅުވުމުގެ ސަބަބުންނެވެ.

މިއާއެކު ނަބާ ވެގެން ގޮސްފައި ވަނީ ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަމަ ދިވެހި އެތުލީޓަށެވެ. އެންމެ ފަހުން 2020 ވަނަ އަހަރު ޓޯކިޔޯގައި އޮތް އޮލިމްޕިކްސްގައި ވެސް ނަބާ ވަނީ ބެޑްމިންޓަން އިން ރާއްޖެ ތަމްސީލު ކޮށްފަ އެވެ. ނަބާ އަކީ އޮލިމްޕިކްސްގައި ބެޑްމިންޓަން އިން ރާއްޖެ ތަމްސީލު ކުރި ފުރަތަމަ އަންހެން އެތުލީޓެވެ.

އަންނަ މަހުގެ 26 އިން، އޯގަސްޓު މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އޮލިމްޕިކްސްގައި ރާއްޖެ އިން ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ ބެޑްމިންޓަންގެ އިތުރުން، ޓޭބަލް ޓެނިސް (ޓީޓ)، އެތުލެޓިކްސް އަދި ސްވިމިން އެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

މޮރީޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި

09 ޖޫން 2017
މޮރީޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި
03 ޖޫން 2017

އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެ: އެލެގްރި

03 ޖޫން 2017
އެހެން ހުރިހާ ސީޒަންތަކަށްވުރެ ޔުވަންޓަސް މިފަހަރު ތަފާތުވާނެ: އެލެގްރި
20 މެއި 2017

އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

20 މެއި 2017
އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ
02 މެއި 2017

އޮޒިލްގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި

02 މެއި 2017
އޮޒިލްގެ ސޮއި ހޯދުމަށް ފެނަބާޗޭ އިން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި
03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު