Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބީޑަބްލިއުއެފް

ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑު ކޮށްފި

18 މެއި 2025 | އާދީއްތަ 09:11

ދުނިޔޭގެ ބެޑްމިންޓަން ޖަމިއްޔާ އިން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ސަސްޕެންޑު ކުރީ އެ އެސޯސިއޭޝަން އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާ ކަމަށް ބުނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2025 | އާދީއްތަ 09:11
ބެޑްމިންޓަން އެސޯސިއޭޝަނުން މީގެ ކުރިން ބޭއްވި އަހަރީ އާންމު ޖަލްސާގައި، އެސޯސިއޭޝަންގެ ކުރީގެ ރައީސް މޫސާ ނާޝިދު

ބެޑްމިންޓަން އެސޯސިއޭޝަނުން މީގެ ކުރިން ބޭއްވި އަހަރީ އާންމު ޖަލްސާގައި، އެސޯސިއޭޝަންގެ ކުރީގެ ރައީސް މޫސާ ނާޝިދު

ބެޑްމިންޓަން ވާރލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑު ކޮށްފި އެވެ.

ދުނިޔޭގެ ބެޑްމިންޓަން ޖަމިއްޔާ އިން، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑު ކުރުމަށް ނިންމައި، އެކަން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އަށް އަންގައިފަ އެވެ. އަދި އެމްއޯސީ އިން މިހާރު ވަނީ އެކަން މީޑިއާތަކާ ވެސް ހިއްސާ ކޮށްފަ އެވެ.

ދާދި ފަހުން އެމްއޯސީ އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެޑް ހޮކް ކޮމެޓީއެއް ނަގައިފަ އެވެ. ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީ ނެގީ، ބެޑްމިންޓަން އެސޯސިއޭޝަން އަށް ދީފައިވާ ޤައުމީ ޙައިސިއްޔަތު ވެސް ނެގުމަށް ފަހު އެވެ.

ދުނިޔޭގެ ބެޑްމިންޓަން ޖަމިއްޔާ އިން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ސަސްޕެންޑު ކުރީ އެ އެސޯސިއޭޝަން އަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާ ކަމަށް ބުނެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ މުއްދަތު ހަމަވެފައިވާއިރު، އޭގެ ފަހުން އެއް އަހަރުވީ އިރު ވެސް އައު ހިންގާ ކޮމެޓީއެއް އިންތިޚާބު ކުރެވިފައި ނުވެ އެވެ. އަދި އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ވެސް އޮތީ ނުގެނެވި އެވެ. އެހެންކަމުން އެޑް ހޮކް ކޮމެޓީއެއް އެކުލަވާލީ އެ ކަންކަން ފުރިހަމަ ކުރުމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި، ބީޑަބްލިއުއެފް އިން މީގެ ކުރިން އިރުޝާދު ދީފައި ވަނީ ތިން މެމްބަރުންގެ ކޮމެޓީއެއް ނެގުމަށެވެ. އެމްއޯސީ އަދި ސްޕޯޓްސް ކޮމިޝަނަރު ވަނީ އެ ކޮމެޓީގައި ބެޑްމިންޓަން ކޮމިއުނިޓީގެ މެމްބަރެއްގެ އިތުރުން، ޤާނޫނީ ދާއިރާގެ ބޭފުޅަކު ހިމެނުމަށް ލަފާ ދީފަ އެވެ. ނަމަވެސް އެކަމަށް އޮތީ ވަކި ގޮތެއް ނުނިމި އެވެ.

އެކަމުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވަނީ ބީޑަބްލިއުއެފްގެ ބަހެއް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެކަން ދިގުލައިގެން ދާން ފެށުމުން، ކުރެވުނު މަޝްވަރާތަކަށް ފަހު ވަނީ އެޑް ހޮކް ކޮމެޓީއެއް އެކުލަވާލަން ނިންމައި، އެ ކޮމެޓީ އެކުލަވާލައިފަ އެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް