Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވަޅިން ދިން ހަމަލާ

އާދޭސްމަތިން އާދޭސްކޮށްކޮށް ތިއްބާ ތުއްތު 4 ކުދިންނަށް ދިނީ ވަޅިން ހަމަލާ

4 ކުޑަކުދިންނާއި ބޮޑު 2 މީހުންނަށް އަނިޔާވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ޖޫން 2023 | ހުކުރު 13:44
ފްރާންސްގެ އެނެސީގައި ހަމަލާދިން މީހާ (ކ) އަދި ޒަހަމްވި ކުއްޖަކަށް ޕެރެމެޑިކުން ފަރުވާދެނީ (ވ)

ފްރާންސްގެ އެނެސީގައި ހަމަލާދިން މީހާ (ކ) އަދި ޒަހަމްވި ކުއްޖަކަށް ޕެރެމެޑިކުން ފަރުވާދެނީ (ވ)

ކުޑަކުދިންގެ ކުޅިވަރު ކުޅޭ ތަނެއްގައި ހުންނަ ވަގުތީ ހަނދާނީ ބިނާގައި، އޭގެ ކުރީ ދުވަހު ފްރާންސްގެ އަލްޕައިން އަވަށެއް ކަމަށްވާ އެނެސީގައި ވަޅިން ހަމަލާދީ ހަތަރު ތުއްތު ކުއްޖަކު ޒަހަމްކޮށްލި ހާދިސާގައި އިހުސާސްތައް ވަނީ ގަދަވެފައެވެ.

އަނިޔާ ލިބުނު ތުއްތު ކުދިންގެ ހަނދާނުގައި މީހުން ގެންނަ އެތައް ފުޅަނދާއި ކުޅޭ އެއްޗެހީގެ ކުރިމަތީގައި އެރަށުގެ ރައްޔިތެއް ކަމަށްވާ ސާލިހް އިސްމާޖަލް އަށް އޭނާގެ އިހުސާސްތައް ހިފަހައްޓާ ނުލެވި ރޮވުނެވެ.

"ކީއްވެ އިއްޔެ އަހަރެން މިތަނަށް ނާދެވުނީ؟" ބިންމަތީގައި ހުރި ބުކޭތަކުގެ ކުރިމަތީގައި ރޮމުން އިސްމާޖަލް ހަޅޭއްލަވައިގަތެވެ.

ފަރަންސޭސިވިލާތުގެ ހަމަހިމޭން ފަރުބަދަ އަވަށުގައި ބުރާސްފަތި ދުވަހު ވަޅިން ހަމަލާދީ ހަތަރު ތުއްތު ކުއްޖަކާއި އުމުރުން ދުވަސްވީ ދެ މީހަކު ޒަހަމްކޮށްލާފައިވާއިރު، ހަމަލާދިން ކަމަށް ޝައްކުކުރެވޭ މީހާއަކީ ސީރިއާގެ ރެފިއުޖީއެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މަންޒަރު ދުށް މީހަކު ނަގާފައިވާ އަދި ރޮއިޓާސް އިން ކަށަވަރުކޮށްފައިވާ މި ހަމަލާގެ ވީޑިއޯއިން ފެންނަ ގޮތުގައި ހަމަލާދިން މީހާ ކުޑަކުދިންގެ ކުޅިވަރު ކުޅޭ ތަނަކަށް ތިރި ފާރެއްގެ މަތިން ފުންމާލައި، ސްޓްރޯލާއެއްގައި ހުރި ކުޑަކުއްޖަކާ ދިމާލަށް ފުންމާލާ ހަމަލާ ދޭން އުޅުމުން، އޭނާ ހުއްޓުވަން މަސައްކަތް ކުރާ އަންހެނަކު ކޮށްޕާލާ ދުރުކޮށްލައެވެ.

ހަމަލާ ދިންތާ އެއް ދުވަސް ފަހުން އޭގެ ތެރެއިން ދެ ކުއްޖެއްގެ ހާލު ސީރިއަސް ނަމަވެސް ސްޓޭބަލް ކަމަށް ބޮޑުވަޒީރު އެލިޒަބެތު ބޯން ވިދާޅުވިއެވެ. އަނެއް ދެ ކުދިންނާއި އުމުރުން ދުވަސްވީ ދެމީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ބޯން ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި، ތުހުމަތު ކުރެވޭ މީހާއަކީ، މީގެ 10 އަހަރު ކުރިން ސްވިޑްން އިން ހިމާޔަތް ދިން އުމުރުން 31 އަހަރުގެ ސީރިއާ ރައްޔިތެއް ކަމަށެވެ. އޭނާ އަކީ ގާނޫނީ ގޮތުން ފްރާންސަށް އެތެރެވި މީހެއް ކަމަށާއި އޭނާގެ އަތުގައި ސްވިޑްންގެ އައިޑެންޓިޓީ ޑޮކިއުމެންޓާއި ސްވިޑްންގެ ޑްރައިވިން ލައިސަންސް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

11 އޯގަސްޓު 2019

ތުއްތު ކޭބާން އާއި އާއިލާއަށް ކުރިމަތިވެފައިވާ ހާލަތުގެ ހިތްދަތި ވާހަކަ

11 އޯގަސްޓު 2019
ތުއްތު ކޭބާން އާއި އާއިލާއަށް ކުރިމަތިވެފައިވާ ހާލަތުގެ ހިތްދަތި ވާހަކަ
02 އޯގަސްޓު 2019

"ހޯޕް" ކެމްޕެއިންގެ ދަށުން 8000 ކުދިންނަށް އުއްމީދު އާވެއްޖެ

02 އޯގަސްޓު 2019
"ހޯޕް" ކެމްޕެއިންގެ ދަށުން 8000 ކުދިންނަށް އުއްމީދު އާވެއްޖެ
28 ޖުލައި 2019

ފުޅަނދު ބުރުތަކާއެކު ކުޑަކުދިންނަށް އުފާވެރިކަން

28 ޖުލައި 2019
ފުޅަނދު ބުރުތަކާއެކު ކުޑަކުދިންނަށް އުފާވެރިކަން
12 ޖެނުއަރީ 2019

އަނެއްކާވެސް އާރް.ކެލީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ވާހަކަތައް، އަދިވެސް ދާއިރާގައި ކާމިޔާބުކަމާއެކު!

12 ޖެނުއަރީ 2019
އަނެއްކާވެސް އާރް.ކެލީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ވާހަކަތައް، އަދިވެސް ދާއިރާގައި ކާމިޔާބުކަމާއެކު!
24 ނޮވެމްބަރު 2018

އުރީދޫ ކަލަރ ރަންގެ ކައިޓް ފެސްޓިވަލް: ކުޑަކުދިންނަށް ހިނިތުންވުމެއް!

24 ނޮވެމްބަރު 2018
އުރީދޫ ކަލަރ ރަންގެ ކައިޓް ފެސްޓިވަލް: ކުޑަކުދިންނަށް ހިނިތުންވުމެއް!
12 އޯގަސްޓު 2018

މި ތުއްތު ކުއްޖާ އިބޫ ދޫކޮށްލާކަށް ބޭނުމެއް ނުވި

12 އޯގަސްޓު 2018
މި ތުއްތު ކުއްޖާ އިބޫ ދޫކޮށްލާކަށް ބޭނުމެއް ނުވި
08 މާރިޗު 2018

މަޤޭ ޤައުމާ ނުކުޅޭށޭ ކިޔަކިޔާ ތިއްބާ ޤައުމު ދަރާ ހުސްކޮށްފި

08 މާރިޗު 2018
މަޤޭ ޤައުމާ ނުކުޅޭށޭ ކިޔަކިޔާ ތިއްބާ ޤައުމު ދަރާ ހުސްކޮށްފި
01 އޮކްޓޯބަރު 2017

ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ

01 އޮކްޓޯބަރު 2017
ފުވައްމުލަކުގެ ތުއްތު ކުދިންނަށް އަންނަ އެންމެ ބޮޑު އީދަކީ ކިޑްސް ފިއެސްޓާ
10 ސެޕްޓެމްބަރު 2017

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް