Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރީކޯ ޕީޕީއެމް އަށް ސޮއިކޮށްފި

ރީކޯ މޫސަ ޕީޕީއެމްއަށް ސޮއިކުރައްވައިފި

ޕީޕީއެމް އަށް ބަދަލުވީ އަމިއްލައަށް އެދިގެން: ރިކޯ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 11 ޖުލައި 2017 | އަންގާރަ 16:53
ރީކޯ މޫސަ ޕީޕީއެމްއަށް ސޮއިކުރެއްވުން

ރީކޯ މޫސަ ޕީޕީއެމްއަށް ސޮއިކުރެއްވުން

.ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދައިރާގެ މެންބަރު ރީކޯ މޫސާ މަނިކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއި ކުރައްވައިފިއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement - newsAdvertisement

ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރީކޯ ވިދާޅުވީ، އެމަނިކުފާނު ޕީޕިއެމްއަށް ސޮއި ކުރައްވާފައިވަނީ އަމިއްލަފުޅަށް އެދިވަޑައިގެން ކަމަށެވެ.

މޫސާ މަނިކަކީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ކުރީގެ މެންބަރެކެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު، ވިޕްލައިނާ ޚިލާފުވެވަޑައިގެންނެވި މައްސަލައަކާ ގުޅިގެން ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ އެމަނިކުފާނު ޕާޓީން ވަކި ކުރުމަށް ނިންމަވާފައެވެ. ޕާޓީން ވަކިކުރިތާ އަހަރެއްހާ ދުވަސްފަހުން، 2015 އަހަރުގެ ޑިސެންބަރު މަހު، އެމަނިކުފާނު ވަނީ އެމްޑީޕީ އާއި އަލުން ގުޅިވަޑައިގަތުމަށް އެދިވަޑައިގެން އެމްޑީޕީއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. މި ސިޓީއާއި ގުޅިގެން އެމްޑީޕީން ވަނީ ޕާޓީއާ އަލުން ގުޅޭނަމަ ޕާޓީގެ ހުރިހާ މެންބަރުންގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމަށާއި އެމްޑީޕީއަށް އިތުރު 50 މެންބަރުންގެ މެންބަރޝިޕް ފޯމު ހުށަހެޅުއްވުމަށްވެސް މޫސައަށް ޝަރުތުކޮށްފައެެވެ.

އޭގެ ފަހުން މޫސާ މަނިކު ގެންދަވަނީ ޕީޕީއެމަށް ތާއީދު ކުރައްވާކަން ފާޅުގައި ހާމަކުރައްވަމުންނެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށްވެސް ތާއީދުކުރައްވާ އެމަނިކުފާނު ގެންދަވަނީ ގިނަ ވާހަކަފުޅުތަކެއް ދައްކަވަމުންނެވެ.

ރީކޯ މޫސާ މަނިކު ޕީޕީއެމްއަށް ސޮއި ކުރައްވާފައިވާ އިރު މިދިޔަ މަރޗު މަހުގެ 22 ވަނަ ދުވަހު ރީކޯގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. މައްސަލަ ވައްދާފައިވަނީ 15 މެންބަރުންގެ ސޮޔާއިއެކުއެވެ.

އެ މައްސަލަ ހުށަހަޅުމުން މަޖިލީހުގެ ގަވައިދަށް ބަދަލު ގެނެސް އިތުބާރު ނެތް ކަމުގެ މައްސަލަތައް ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއެކު ކަމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޭޕްރީލް 11 އެޖެންޑާ ކޮށްފި

މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޭޕްރީލް 11 އެޖެންޑާ ކޮށްފި

28 މާރިޗު 2017
މޫސަގެ އިތުބާރު ނެތް ކަމުގެ ވޯޓް ވެސް ފެއިލް ކޮށްލާނަން:ނިހާން

މޫސަގެ އިތުބާރު ނެތް ކަމުގެ ވޯޓް ވެސް ފެއިލް ކޮށްލާނަން:ނިހާން

28 މާރިޗު 2017
މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟

މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟

27 މާރިޗު 2017
އަޅުގަނޑަކީ ރައީސް ޔާމީންގެ ސަޕޯޓަރެއް: މޫސަ

އަޅުގަނޑަކީ ރައީސް ޔާމީންގެ ސަޕޯޓަރެއް: މޫސަ

23 މާރިޗު 2017
މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

22 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު