Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރީކޯ މޫސަ

އަޅުގަނޑަކީ ރައީސް ޔާމީންގެ ސަޕޯޓަރެއް: މޫސަ

23 މާރިޗު 2017 | ބުރާސްފަތި 15:42

މަޖިލީހުގައި ގާނޫނުއަސާސީއާއި މަޖިލީހުގެ ގައިވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުހިނގާ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 23 މާރިޗު 2017 | ބުރާސްފަތި 15:42
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކް، މަޖިލީހުގެ އިދާރާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކް، މަޖިލީހުގެ އިދާރާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރާއްޖޭގެ ތަރައްގީއަށްޓަކައި ބޮޑެތި މަޝްރޫޢުތަކެއް ހިންގަވާ ކަމަށާއި އެހެން ކަމުން ރައީސް ޔާމީނަށް ވަަރަށް ބޮޑަށް ސަޕޯޓްކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން މޫސަ ދުރުކުރުމަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޫސަ ވިދާޅުވީ ރައީސް ޔާމީނަކީ އޭނާއާ އެކު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އެހެން ކަމުން ރައީސް ޔާމީނަކީ އޭނާގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށެވެ.

Advertisement - newsAdvertisement

މޫސަ ވިދާޅުވީ މިހާތަނަށް ރައީސް ޔާމީނާއި އޭނާއާ މައްސަލަ ޖެހޭ ފަދަ އެއްވެސް ކަމެއް ދިމާވެފައި ނުވާ ކަމަށާއި އަދި ރައީސް ޔާމީންއާ މައްސަލަ ޖެހޭ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި އަދި ރައީސް ޔާމީން އެފަދަ ކަމެއް ކުރައްވާފައި ނުވާ ކަމަށެވެ.

ނަމަވެސް މޫސަ ވިދާޅުވީ ރައީސް ޔާމީން އެމަނިކުފާނާ ކިތަންމެ ގާތް ބޭފުޅެއް ކަމަށް ވީނަމަވެސް ސިޔާސީ ގޮތުން ހިޔާލު ތަފާތުވެގެން ވިދާޅުވާން ޖެހޭ ކޮންމެ އެއްޗެއް ވެސް ވިދާޅުވާން ކެރިވަޑައިގަންނަވާނެ ކަމަށެވެ.

މޫސަ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އޭނާ ބޭރުކުރެވުނު ނަމަވެސް ހަމަޔަގީނުން ވެސް މަޖިލީހުގެ މެމްބަރުކަމުން ބޭރު ނުކުރެވޭނެ ކަމަށާއި މަޖިލީހުގެ ފަސް އަހަރުގެ މި ދައުރު ނިމެންދެން މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށެވެ.

މޫސަގެ އިތުރުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން ވިދާޅުވީ އެ މައްސަލައިގައި ކަން ހިނގާނެ ގޮތެއް ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށާއި ނަމަވެސް މަޖިލީހުގެ ރައީސްގެ ހައިސީއްޔަތުން މަސީހު އަދި އޭނާ ވެސް ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

އެގޮތުން މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމެޓީތައް ވެސް ކުރިއަށް ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުންވާ ގޮތަށް ކަމަށާއި އަދި އޭނާއަކީ މަޖިލީހުގެ ރައީސް އަންގަވާ ގޮތަށް ކަންކަން ކުރައްވަން ހުންނަ ބޭފުޅެއް ކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ އޭނާއަކީ މަގާމުގެ ދަހިވެތި ކަމުގައި އުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި މަޖިލީހުގެ ތެރެއިން ހުރިހާ ކަމެއް ވެސް ނިމިގެން ދަނީ މެޖޯރިޓީން ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފް އެއްވެސް ގާނޫނެއް ވެސް އަދި ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އެއްވެސް ހައްގެއް ވެސް މަޖިލީހުގެ ތެރެއިން ނިގުޅައިގަނެފައި ނުވާ ކަމަށާއި އެހެން ކަމުން މަޖިލީހުގެ ރައީސް އާއި އަދި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ޖެހޭ ސަބަބެއް ނެތް ކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ މަޖިލީހުގައި ހުރިހާ ކަމެއް ވެސް ހިނގަނީ ސިޔާސީ ޕާޓީތަކުން ބޭނުންވާ ގޮތަށް ކަމަށާއި އަދި އެ ނޫން ގޮތަކަށް މަޖިލީހުގައި އެއްވެސް ކަމެއް ނުހިނގާ ކަމަށް މޫސަ ވިދާޅުވިއެވެ. އަދި މަޖިލީހަށް ދައުލަތުގެ މުއްސަސާތަކުގައި ތިއްބެވި އިސް ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިގެން ހަމަނުޖެހުން އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށާއި އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި އެއްވެސް ހަމަނުޖެހުމެއް ހިންގުމުގެ ޖާގަ ނުދެއްވާނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް