Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިޖްތިމާއީ މައްސަލަތައް ހައްލުކުރުން

އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް އެ މުޖުތަމައެއްގެ ތެރެއިން މަސައްކަތް ކުރަންޖެހޭ: ރައީސް ސާލިހު

8 ޖޫން 2023 | ބުރާސްފަތި 17:35

މި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އިޖްތިމާއީ އެތައް މައްސަލަތަކެއް އެބަހުރި

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖޫން 2023 | ބުރާސްފަތި 17:35
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅުދައްކަވަނީ

އިޖްތިމާއީ މައްސަލަތަކަށް ހަރުކަށި އަދަބު ދީގެން ނުހުއްޓުވޭނެ ކަމަށާއި، މައްސަލަތައް އުފެދުމަށް މެދުވެރިވާ ސަބަބުތަކުން މީހުން ދުރުކުރުމަށް އެ މުޖްތަމައެއްގެ ތެރެއިން މަސައްކަތް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ސިވިލް ސޮސައިޓީ އެވޯޑް ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ސާލިހު ވިދާޅުވީ، މި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އިޖްތިމާއީ އެތައް މައްސަލަތަކެއް އެބަހުރިކަމަށާއި، އެކި އަތޮޅުތަކުގައާއި އެކި ރަށްރަށުގައި އެފަދަ މައްސަލަތައް ހުރި މިންވަރު ތަފާތުކަމަށެވެ. އަދި ހުރި މައްސަލަތަކާއި އޭގެ ބާވަތްވެސް ތަފާތުކަމަށާއި، ބައެއް ރަށްރަށުގައި ވައްކަމުގެ މައްސަލަތައް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް ބައެއް ރަށްރަށުގައި ވައްކަމުގެ މައްސަލަތައް ނުވެސް ނެތޭ ބުނެވޭހާ މަދުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ގޭންގު ކުށްތަކަކީވެސް ހައްލުކުރަންޖެހިފައިވާ އިޖްތިމާއީ ބޮޑު މައްސަލައެއް ކަމަށާއި، މަސްތުވާތަކެތީގެ މައްސަލައަކީވެސް މުޅި ރާއްޖެއަށް ފެތުރިފައި އޮތް ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެކި އަތޮޅުތަކާއި އެކި ރަށްރަށުގައި އެކަން އޮތީ އެކި މިންވަރަށް ކަމަށާއި، މަސްތުވާތަކެތީގެ މައްސަލަތައް ހައްލުވަމުން ދާވަރަކަށް، އިޖްތިމާއީ ވަރަށް ގިނަ މައްސަލަތައް ހައްލުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މި އިޖްތިމާއީ މައްސަލަތައް ހަރުކަށި އަދަބު ދީގެން ނުހުއްޓުވޭނެކަމަށާއި، މިފަދަ މައްސަލަތަކަށް އޮތް އެންމެ މުޖައްރިބު ފަރުވާއަކީ، އެފަދަ މައްސަލަތައް އުފެދުމަށް މެދުވެރިވާ ސަބަބުތަކުން މީހުން ދުރުކުރުމަށް އެ މުޖްތަމައެއްގެ ތެރެއިން މަސައްކަތްކުރުން ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އާއިލީ މައްސަލައާއި އަންހެނުންނާއި ކުޑަކުދިންނަށް ގޯނާ ކުރުމުގެ މައްސަލަތައްވެސް އެކި ރަށްރަށުގައި އެކި ވަރު ކަމަށާއި، އެފަދަ މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ އިތުބާރުހުރި ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށެވެ. އެ ނިޒާމުގެ ތެރެއިން ހުށަހެޅިފައި ހުރި މައްސަލަތަކަށް ބެލުމުން، މުޖްތަމައުގައި އެކަން ފެތުރިފައި އޮތް މިންވަރު ތަސައްވަރުކުރެވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މައްސަލަތައް މެދުވެރިވާ ސަބަބުތައް ނައްތާލައި، އެ ފަދަ މައްސަލަތައް ހައްލުކުރަން ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު ވެސް ވަޒަން ކުރެވޭ ކަމަށެވެ.

ރައީސް ވިދާޅުވީ އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައި ލާމަރުކަޒީ އުސޫލުން މަސައްކަތްކުރުމުން ނަތީޖާ ހާސިލުކުރުން ފަސޭހަވާނެ ކަމަށެވެ. މިކަމުގައި ރަށްރަށުގެ މަދަނީ ޖަމްއިއްޔާތަކުން އިސްނެގުމުން ނަތީޖާ ނެރުމަށް ފަސޭހަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ރަށެއްގައި ހުރި އިޖްތިމާއީ މައްސަލަތަކާ ދެކޮޅަށް، އެ ރަށެއްގެ ޖަމްއިއްޔާތައް ތެދުވުމަކީ މިހާރުން މިހާރަށްވެސް ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

އެކި ދާއިރާތަކުން ޚިދުމަތްދޭ ގިނަ ޖަމްއިއްޔާތައް މާލެއާއި އެކި ރަށްރަށުގައި ހިންގާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ރަށެއްގައި ހުރި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަކީ އެ ރަށެއްގެ މަދަނީ ޖަމްއިއްޔާތަކުގެ މަގުސަދުތަކުގެތެރޭގައި ހިމެނުން މުހިންމު ކަމެއްކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ އިގްތިސާދީ ތަރައްގީއާއި، ސިއްހީ ދާއިރާގެ ހެޔޮ ބަދަލުތަކާއި، ތައުލީމީގޮތުން އަންނަ ކުރިއެރުންތަކުން ހަގީގީ އުފާވެރިކަމެއް ހާސިލުވާނީ އިޖްތިމާއީ މައްސަލަތައް ހައްލުވެގެން ކަމަށެވެ. އަދި ދިވެހި ރައްޔިތުން އުޅެން ބޭނުންވާ އުފާވެރި ދިރިއުޅުމާއި ދެކެން ބޭނުންވާ ސުލްހަވެރި ވެށި، އަދި ފާޅުކުރަން ބޭނުންވާ ހިނިތުންވުން ގުޅިފައިވަނީ މައްސަލަތަކާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އިޖްތިމާއީ މައްސަލަތައް ހައްލުކުރުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާކޮށް، އެކަމާމެދު ރާއްޖޭގެ ހުރިހައި ޖަމްއިއްޔާތަކުން ވިސްނައި ފިޔަވަޅު އަޅާނެކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް