Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކުޅަނދުރު ގެންގުޅުން

"ކުޅަނދުރު ހެލްމެޓް" އަޅައިގެން ހުރި ޒުވާނާގެ ސިއްރަކީ ކޮބާ؟

މެއި 20 ވަނަ ދުވަހަކީ "ދުނިޔޭގެ ކުޅަނދުރު ދުވަސް"

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 ޖޫން 2023 | ބުރާސްފަތި 11:10
ކުޅަނދުރު ހެލްމެޓް އަޅައިގެން ހުރި އަބްދުލްޖައްބާރު އަލް-ޣޫލީ

ކުޅަނދުރު ހެލްމެޓް އަޅައިގެން ހުރި އަބްދުލްޖައްބާރު އަލް-ޣޫލީ

ޔަމަނޭ ބުނެފިނަމަ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ ޚިޔާލަށް ގެނެވޭނެ އެންމެ ފުރަތަމަ ކަމަކަށް ވާނީ ހަނގުރާމައާއި ކުރިމަތިލުންތަކުން ސުންނާފަތިވެފައިވާ ގައުމެކެވެ. ސިޔާސީ، އިގްތިސާދީ، މާލީ، އިންސާނީ އަދި ސިއްހީ ކާރިސާތަކުގެ ޝިކާރައަކަށްވެ އެތައް ބަޔަކު ހާލުގައިޖެހިފައިވާ މަންޒަރެވެ. ހަގީގަތަކީވެސް އެއީއެވެ. ނަމަވެސް، ޔަމަނަކީވެސް އެއްއިރެއްގައި ހަލުއި ދުވެއްޔެއްގައި ކުރިއަރަމުން ދިޔަ ގައުމެކެވެ. އެގޮތުން ޔަމަނުގެ މާމުޔަކީ މުޅި ދުނިޔެއަށްވެސް މަޝްހޫރު މާމުޔެކެވެ. މީހާގެ މުޅި ބޮލާއި ކޮނޑުމަތި ނިވައިވާނެހެން "ކުޅަނދުރު ހެލްމެޓް"އެއް އަޅައިގެން އުޅޭ ޒުވާނާގެ ވާހަކަވެސް ގުޅެނީ މި ދެންނެވި މާމުޔާއެވެ.

އަބްދުލްޖައްބާރު އަލް-ޣޫލީއަކީ ޔަމަނުގައި މާމުއި ކުޅަނދުރު ގެންގުޅޭ ޒުވާނެކެވެ. މާމުޔަށް އިންތިހާއަށް ލޯބިކުރާ އެ ޒުވާނާގެ މަގުސަދަކީ މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ޔަމަނު މާމުއި ޕްރޮމޯޓްކުރުމެވެ.

އަލް-ޣޫލީއަކީ ޔަމަނުގައި މާމުއި ކުޅަނދުރު ގެންގުޅޭ އެންމެ ހަގު މީހާވެސް މެއެވެ. އޭނާ ކުޅަނދުރުތައް ގެންގުޅެނީ ރަށްފުށުގެ ސަރަހައްދުތަކެއް ކަމަށްވާ އިއްބުއާއި ސާދާގައެވެ. އަލް-ޣޫލީ ބުނިގޮތުގައި، އޭނާގެ ކުޅަނދުރުތައް އުފައްދާ މާމުއި ވިއްކުމަށް މިއަދު ވަނީ ދަތިވެފައެވެ. މާމުއިގެ އުފެއްދުންތައް އުފެއްދުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުން މުދާ އެކްސްޕޯޓްކުރުމުގައި ހުރި ދަތިތަކެވެ.

ޔަމަނު މީހުންނަކީ އެ ގައުމުގައި އުފައްދާ މާމުޔާމެދު އިންތިހާއަށް ފަޚްރުވެރިވާ ބަޔެކެވެ. ބާޒާރުމައްޗަށް ނަޒަރު ހިންގާއިރު 'ސިދްރު' މާމުޔަކީ އެގައުމުގައި އުފައްދާ އުފެއްދުންތަކުގެ ތެރެއިން އެންމެ އަގުބޮޑު ބާވަތްތަކުގެ ތެރޭގައި ގުނާލެވޭ ބާވަތެކެވެ. ސިދްރު މާމުއި ފުޅިއެއްގެ އަގު 150 ޑޮލަރަށްވެސް އަރާފައި އެބަހުއްޓެވެ. އަލް-ޣޫލީ މާމުއި ވިއްކަނީ 35،000 ޔަމަނު ރިޔާލު ނުވަތަ ގާތްގަނޑަކަށް 66 އެމެރިކާ ޑޮލަރަށެވެ. މެދުވެރިއަކު ބައިވެރިނުކޮށް، ސީދާ ކަސްޓަމަރަށެވެ.

8 އަހަރަށް ދިގުލައިގެންދިޔަ ވަރުގަދަ ހަނގުރާމައިގެ ނޭދެވޭ އަސަރު، ޔަމަނުގެ މާމުއި އުފެއްދުމުގެ ސިނާއަތަށް ވަނީ ފޯރާފައެވެ. ކުޅަނދުރު ހަތާތައް އާލާކުރާނެ ރައްކާތެރި ވެއްޓެއް ހޯދުމަށް، ކުޅަނދުރު ގެންގުޅޭ މީހުންނަށް ތަކުލީފަކަށް ވެފައިވާއިރު، އެހައި ހާލުން އުފެއްދޭ މާމުއި އެކްސްޕޯޓްކުރުމަކީވެސް އެހައިމެ އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ.

ތަރައްގީއާބެހޭ އދ.ގެ ޖަމްއިއްޔާ (ޔޫއެންޑީޕީ)ން 2022 ވަނަ އަހަރު ޝާއިއުކުރި ރިޕޯޓެއްގައި ވާގޮތުން، ޔަމަނުގައި އަހަރެއްގެ މައްޗަށް ގާތްގަނޑަށް 1500 ޓަނުގެ މާމުއި އުފައްދައެވެ. އެ މަސައްކަތުން، ޔަމަނުގެ އެކި ހިސާބުތަކުގައި ކުޅަނދުރު ގެންގުޅޭ ލައްކައެއްހާ މީހުންނަށް އާމްދަނީ ލިބޭކަމަށްވެސް ޔޫއެންޑީޕީގެ ރިޕޯޓުގައި ވަނީ އަންދާޒާކޮށްފައެވެ.

މިއީ ޔަމަނުގެ ސަރުކާރުން 2012 ވަނަ އަހަރު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކާ އަޅައިބަލާއިރު އިންތިހާއަށް ދަށް މިންވަރެކެވެ. ޔަމަނުގައި ހަނގުރާމަ ގަދަވުމުގެ ކުރިން އެކުލަވާލާފައިވާ މި ތަފާސް ހިސާބުތައް ދައްކާގޮތުން، ޔަމަނުގައި އޭރު އަހަރެއްގެ މައްޗަށް 5000 ޓަނުގެ މާމުއި އުފައްދައެވެ. އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 13 ބިލިއަން ޔަމަނު ރިޔާލު (ނުވަތަ 16 މިލިއަނަށްވުރެ ގިނަ ޑޮލަރު) ޖެހެއެވެ.

ބާޒާރުގައި މާމުއި ވިކޭ ދުވެލި މަޑުޖެހިފައި އޮތް އޮތުމަކީ އަލް-ޣޫލީ ހިތްވަރު އެލުވައިލި ސަބަބަކަށް ނުވިއެވެ. ސޯޝަލް މީޑިއާގެ ބޭނުން، ހިފީ ބިނާ ކުރަނިވި ގޮތަކަށެވެ. ކުޅަނދުރުތަކާއެކު އޭނާ އުޅޭ މަންޒަރުތައް ހިއްސާކުރަން ފެށިއެވެ. 2014 ވަނަ އަހަރު ވިޔަފާރި ފެށި އެ ޒުވާނާ، ސޯޝަލް މީޑިއާއަށް ދޫކޮށްލާފައި ހުންނަ މަންޒަރުތަކަކީ ބަލައިލި ކޮންމެ މީހެއްގެ ހިތް ދަމައިގަންނަ ފަދަ މަންޒަރުތަކެކެވެ.

އުމުރުން 28 އަހަރުގެ އަލް-ޣޫލީއަކީ ކުޅަނދުރު ގެންގުޅުމުގެ ތަޖުރިބާކާރެކެވެ. ސޯޝަލް މީޑިއާއަށް އޭނާ ދޫކުރާ ވީޑިއޯތަކުގައި ފެންނަ ގޮތަށް، ކުޅަނދުރު ގެންގުޅުމަށް ޚާއްސަ ހުނަރުތަކެއް ބޭނުންވާކަން އަލް-ޣޫލީ ފާހަގަކުރެއެވެ.

ކިތަންމެ ބަލައިގެން އުޅުނު ކަމުގައި ވީ ނަމަވެސް، އަލް-ޣޫލީގެ ގަޔަށްވެސް ކުޅަނދުރު ކަށި ޖަހާ ފަހަރުތައް އާދެއެވެ. އެކަންވެސް އަލް-ޣޫލީ ދެކެނީ ފައްސި ނަޒަރަކުންނެވެ. އަލް-ޣޫލީ ސިފަކުރާގޮތުގައި އޭނާގެ ގަޔަށް ކުޅަނދުރު ޖަހާލާ ކައްޓަކީ ލޯބިން ބޮސްދޭ ބޮސްދިނުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ހުރިހާ ރައްޔިތުން ފިލްމް "ޕަދްމަވަތީ"އާ މެދު ފަޙްރުވެރިވާނެ ކަމަށް ޝާހިދު ބުނެފި

އިންޑިއާގެ ހުރިހާ ރައްޔިތުން ފިލްމް "ޕަދްމަވަތީ"އާ މެދު ފަޙްރުވެރިވާނެ ކަމަށް ޝާހިދު ބުނެފި

20 އޮކްޓޯބަރު 2017
ޑަބަލް ޓެކްސް ނަގާތީ ޓެމިލް ނާޑޫގެ ހުރިހާ ސިނަމާތަކެއް ބަންދު

ޑަބަލް ޓެކްސް ނަގާތީ ޓެމިލް ނާޑޫގެ ހުރިހާ ސިނަމާތަކެއް ބަންދު

04 ޖުލައި 2017
ބަރުދަނުގައި 9 ކިލޯހުރި ދިރޭ އިއްސެއް ލަގެޖެއްގެ ތެރެއިން ނަގައިފި

ބަރުދަނުގައި 9 ކިލޯހުރި ދިރޭ އިއްސެއް ލަގެޖެއްގެ ތެރެއިން ނަގައިފި

29 ޖޫން 2017
"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"

"އަހަރެމެން ހުރިހާ ވާހަކައެއް ﷲ ހަޒްރަތުގައި ދަންނަވާނަމެވެ"

29 މެއި 2017
ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ

ދެ ބޯ ހުރި ކުއްޖަކު ސީރިއާގައި އުފަން ވެއްޖެ

26 މެއި 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު