Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީގެ މުސްތަޤުބަލު

މީގެ ދެ އަހަރު ކުރިން ދިމާވި ހާލަތެއް މެދުވެރިވުމަށް މެސީ ބޭނުމެއް ނުވޭ!

މެސީ ބުނީ، އޭނާގެ މުސްތަޤުބަލުގެ ކަންކަން ނިންމުން އެހެން މީހުންގެ އަތް މައްޗަށް ދޫކޮށްލަން ބޭނުންނުވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2023 | ބުރާސްފަތި 04:27
ބާސެލޯނާ ދޫކޮށްލުމުގެ ކުރިން ބޭއްވި ވަދާއީ އިވެންޓުގައި މެސީ

ބާސެލޯނާ ދޫކޮށްލުމުގެ ކުރިން ބޭއްވި ވަދާއީ އިވެންޓުގައި މެސީ

މީގެ ދެ އަހަރު ކުރިން ސްޕެއިންގެ ބާސެލޯނާ ދޫކޮށްލަން ޖެހުނުއިރު ދިމާވި ފަދަ ހާލަތެއް އަލުން ތަކުރާރުވާން ނެދޭ ކަމަށް އެ ކުލަބުގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ މިހެން ބުނީ އަލުން އޭނާ ގެނައުމަށް ބާސެލޯނާ އިން ކުރަމުން އައި މަސައްކަތުގައި އަލި މަގެއް ނުފެނި، އެހެން ކުލަބަކަށް ބަދަލުވާން ނިންމުމަށްފަހު އެވެ. މެސީ ނިންމާފައި ވަނީ އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވުމަށެވެ. އެ ނިންމުން ނިންމުމަށްފަހު ވާހަކަ ދައްކަމުން މެސީ ބުނީ، ހަގީގަތުގައި ވެސް އޭނާ އަލުން އެނބުރި ބާސެލޯނާ އަށް ދާން ބޭނުންވި ކަމަށާއި، އެ ހުވަފެން ވެސް ދުށް ކަމަށެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިން ދިމާވި ހާލަތަށްފަހު، އަލުން އެފަދަ ހާލަތެއް މެދުވެރިވާން އޭނާ ބޭނުންނުވާ ކަމަށް މެސީ ވަނީ ބުނެފަ އެވެ. އެކަން ފާހަގަކޮށް މެސީ ބުނީ، އޭނާގެ މުސްތަޤުބަލުގެ ކަންކަން ނިންމުން އެހެން މީހުންގެ އަތް މައްޗަށް ދޫކޮށްލަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ އާއިލާއާމެދު ވިސްނުމަށް ފަހު އޭނާގެ އަމިއްލަ ނިންމުން ނިންމަން ކަމަށެވެ.

މީގެ އިތުރުން މެސީ ބުނީ ސްޕެނިޝް ލީގުން އޭނާ ގެނައުމުގެ ބާސެލޯނާ އަށް ދިން ކަމުގެ ވާހަކަތައް ވެސް އިވުނު ކަމަށެވެ. ނަމަވެސް ހަގީގަތުގައި ބާސެލޯނާ އަށް އައުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރަން ޖެހިފައި އޮތް ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ބާސެލޯނާ އިން ކުޅުންތެރިން ތަކެއް ދޫކޮށްލުމާއި، ކުޅުންތެރިންގެ މުސާރަ ކުޑަ ކުރަން ޖެހޭކަން ފާހަގަކޮށް މެސީ ބުނީ، އެއީ އޭނާ ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ ކްލަބަށް ނެގެޓިވް ކަމަށް ބަލައި، ބާސެލޯނާ އަށް އޭނާ އެނބުރި އަންނަން ބޭނުން ނުވާ ބަޔަކު ކްލަބުގައި އެބަތިބި ކަމަށެވެ. ނަމަވެސް މެސީ ބުނީ އަދި ވެސް އޭނާ ބާސެލޯނާއާ ގާތްވާން ބޭނުންވާ ކަމަށާއި، އަނެއްކާ ވެސް އޭނާ ބާސެލޯނާގައި ދިރިއުޅޭނެ ކަމަށެވެ. މެސީ ބުނީ އޭނާގެ އުންމީދަކީ ކޮންމެ ވެސް ދުވަހަކުން ބާސެލޯނާ އަށް އެހީވެވުން ކަމަށާއި، ސަބަބަކީ ބާސެލޯނާ އަކީ އޭނާ ވަރަށް ލޯބިވާ ކުލަބަކަށްވުމުން ކަމަށެވެ.

މެސީ އަކީ ބާސެލޯނާގެ ތާރިޚުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އެ ކުލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު، 2021 ވަނަ އަހަރު ކުލަބު ދޫކޮށްލަން ޖެހުނީ މާލީ ހާލަތު ގޯސްވެ، އެއްބަސްވުން އައު ނުކުރެވުމުގެ ސަބަބުންނެވެ. އޭގެ ފަހުން އޭނާ ވަނީ ބަދަލުވީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށެވެ. އެކުލަބާއެކު އޭނާ އެކުލަވާލި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މެސީ ނިންމީ ކުލަބު ދޫކޮށްލުމަށެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
25 ޖެނުއަރީ 2017

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު