Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑު ބާސެލޯނާ އަށް ބަދަލު ވެއްޖެ

އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ބާސެލޯނާ އިން ބޭނުންވާ ނަމަ ރަޝްފޯޑުގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖުލައި 2025 | ބުރާސްފަތި 04:49
ބާސެލޯނާ އަށް ބަދަލުވި އިންގްލެންޑުގެ މާކަސް ރަޝްފޯޑު

ބާސެލޯނާ އަށް ބަދަލުވި އިންގްލެންޑުގެ މާކަސް ރަޝްފޯޑު

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ މާކަސް ރަޝްފޯޑު ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 27 އަހަރުގެ ރަޝްފޯޑު އޭނާގެ ސީނިއަރ ކެރިއަރު ޔުނައިޓެޑުން ފެށީ 2015 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އެންމެ ފަހުން ރަޝްފޯޑު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރު އެވެ. ނަމަވެސް ޔުނައިޓެޑު ދޫކޮށްލަން ނިންމާފައިވާ ކުޅުންތެރިންގެ ތެރޭގައި ރަޝްފޯޑު ވެސް ހިމެނުނެވެ.

ބާސެލޯނާ އިން ރަޝްފޯޑު ގެނެސްފައި ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ކުރިއަށް އޮތް ސީޒަން ނިމެންދެން ރަޝްފޯޑު ބާސެލޯނާ އަށް ކުޅޭނެ އެވެ. ނަމަވެސް އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ބާސެލޯނާ އިން ބޭނުންވާ ނަމަ ރަޝްފޯޑުގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އެގޮތުން 30.3 މިލިއަން ޕައުންޑު ދެއްކުމަށް ފަހު، ރަޝްފޯޑުގެ އެއްބަސްވުން ދާއިމީ ކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބާސެލޯނާ އިން ވަނީ ރަޝްފޯޑު އެ ކުލަބަށް ބަދަލުވެފައިވާކަން އިއުލާން ކޮށްފަ އެވެ. އަދި ބާސެލޯނާގައި ރަޝްފޯޑު ބޭނުން ކުރާނީ 14 ނަންބަރު ޖާޒީ އެވެ. ބާސެލޯނާ އަށް ބަަދަލުވުމަށް ފަހު ވާހަކަ ދައްކަމުން ރަޝްފޯޑު ބުނެފައި ވަނީ، އެ ކުލަބަކީ ކޮންމެ ކުޅުންތެރިޔަކު ވެސް އަންނަން ބޭނުންވާނެ ކުލަބެއް ކަމަށެވެ.

ރަޝްފޯޑު ބުނީ ބާސެލޯނާ އަށް ކުޅެ، އެ ކުލަބު ތަމްސީލު ކުރުމަކީ އޭނާ އަށް ލިބޭ ވަރަށް މުހިންމު އުފަލެއް ކަމަށެވެ. އަދި އޭނާ އަށް އިޙުސާސް ކުރެވެނީ އަމިއްލަ ގޭގައި ހުރެވޭ ކަމުގެ އިޙުސާސް ކަމަށް ވެސް ރަޝްފޯޑު ބުންޏެވެ. އެކަން ފާހަގަކޮށް ރަޝްފޯޑު ބުނީ، އޭނާ އަށް އިޙުސާސް ވަނީ ބާސެލޯނާ އަށް ބަދަލުވުމަކީ އަމިއްލަ ގެއަށް އައުން ކަހަލަ ކަމެއްގެ ގޮތުގައި ކަމަށެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ރަޝްފޯޑު ރަޖިސްޓްރީ ކުރުމަށްޓަކައި ބާސެލޯނާ އިން ބައެއް ކުޅުންތެރިން ދޫކޮށްލަން ޖެހޭނެ އެވެ. އެގޮތުން ބާސެލޯނާ އިން މިހާރު ދެ ކުޅުންތެރިޔަކު ދޫކޮށްލުމަށް ވިސްނަމުން އަންނަ ކަމަށާއި، އެކަމުގެ ސަބަބުން ރަޝްފޯޑު ރަޖިސްޓްރީ ކުރުމަށް އެ ކުލަބަށް ފަސޭހަ ވާނެ ކަމަށް ބުނެފައިވެ އެވެ.

ޔުނައިޓެޑުގައި ހުރުމަށް ފަހު ރަޝްފޯޑު ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އަށް ވެސް ކުޅެފަ އެވެ. ނަމަވެސް، ރަޝްފޯޑުގެ އެއްބަސްވުން ދާއިމީ ކުރަން ލިބުނު ފުރުސަތުގައި އެސްޓަން ވިލާ އިން ވަނީ އެ ފުރުސަތު ދޫކޮށްލައިފަ އެވެ.

ރަޝްފޯޑު ވަނީ މިހާތަނަށް އޭނާ ޔުނައިޓެޑަށް ކުޅެދިން 426 މެޗުގައި 138 ލަނޑު ޖަހައިފަ އެވެ. އަދި އެ ކުލަބާ އެކު އޭނާ ވަނީ އެފްއޭ ކަޕް ދެ ފަހަރު، ކަރަބޯ ކަޕް ދެ ފަހަރު، އެފްއޭ ކޮމިއުނިޓީ ޝީލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްއަށް ހާޓް ސޮއިކޮށްފި

ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްއަށް ހާޓް ސޮއިކޮށްފި

19 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން ދެ އަހަރު ދުވަހަށް ހަމޭސް ބަޔާންއަށް ސޮއިކޮށްފި

ލޯން އެއްބަސްވުމެއްގެ ދަށުން ދެ އަހަރު ދުވަހަށް ހަމޭސް ބަޔާންއަށް ސޮއިކޮށްފި

12 ޖުލައި 2017
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި

11 ޖުލައި 2017
މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!

މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!

14 ޖޫން 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު