Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕް

އެމްސީއެސްއިން އައިސީއާރްސީއާ ގުޅިގެން "ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕް" ހިންގައިފި

7 ޖޫން 2023 | ބުދަ 23:45

އެކި ޖަލުތަކުން ޖުމްލަކޮށް މިޑްލް-މެނޭޖްމަންޓް ލެވެލްގެ 20 އޮފިސަރުން ވަނީ ބައިވެރިވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޖޫން 2023 | ބުދަ 23:45
ޖަލު އޮފިސަރުންނަށް ބޭއްވި ވޯކްޝޮޕް

ޖަލު އޮފިސަރުންނަށް ބޭއްވި ވޯކްޝޮޕް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އާ ގުޅިގެން ޕްރިޒަން އޮފިސަރުންނަށް “ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕް” މާފުށީ ޖަލުގައި ހިންގަފިއެވެ.

ޖޫން 6ން 7ށް ހިންގި މި ވޯކްޝޮޕްގައި އެކި ޖަލުތަކުން ޖުމްލަކޮށް މިޑްލް-މެނޭޖްމަންޓް ލެވެލްގެ 20 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

Advertisement - newsAdvertisement

ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕްގެ ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފްއެވެ.  

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭސީޕީ އާޞިފް ބައިވެރިންނާ މުޙާތަބްކުރައްވަމުން ފާހަގަކުރެއްވީ މިޑްލް މެނޭޖަރސްގެ މުޙިއްމުކަމާއި އެފަދަ މިޑްލް މެނޭޖަރުން އުފައްދަން ޖެހިފައިވާކަމެވެ. މަންޑޭލާ ރޫލްސް، ބެންގްކޮކް އަދި ހަވާނާ ކޮންވެންޝަންގެ މުހިއްމު ކަންކަމާއި ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕްއިން ކިޔައިދިން ކަންތައްތައް ހަނދާނުގައި ބެހެއްޓުމަށް އޭސީޕީ ނަސޭހަތްތެރިވެލެއްވިއެވެ. އަދި އައިސީއާރްސީ ފަދަ އޯގަނައިޒޭޝަންތަކުން އެމްސީއެސްއާ މެދު ބަހައްޓާ ގާތްކަން ފާހަގަކުރައްވަމުން، އައިސީއާރްސީއަށް އިޙްލާސްތެރިކަމާއެކު ޝުކުރުދެންނެވިއެވެ.

ޕްރިޒަން މެނޭޖްމަންޓް ވޯކްޝޮޕްގެ މައިގަނޑު އަމާޒަކީ ބައިވެރިންނަށް ޖަލު ހިންގުމުގެ ޕްރެކްޓިސްތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކު ޢިލްމް އުގަންނާދިނުމެވެ. މީގެ ތެރޭގައި މަންޑޭލާ ރޫލްސް، ބެންގްކޮކް އަދި ހަވާނާ ކޮންވެންޝަން ކިޔައިދިނުން ހިމެނެއެވެ.

މި ވޯކްޝޮޕްގެ ތެރޭގައި ބައިވެރިންނަށް ހާލަތްތަކުގައި ނިންމުންތައް ނިންމުމަށް ބޭނުންވާފަދަ މެނޭޖްމަންޓް އޮޕްޝަންތައް ކިޔައިދީ، ޤައިދީންގެ އުޅުން ދޭހަވާނެ ގޮތްގޮތަށް ވިސްނުންތައް ބެހެއްޓުމާއި އެ ފަރާތްތަކުގެ އުޅުމާމެދު ފިޔަވަޅު އަޅާނެގޮތްތައް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މި ވޯކްޝޮޕްގެ މޮޑިއުލްތަކުގެ ތެރޭގައި ދި އައިސީއާރްސީ އެޕްރޯޗް ޓު ޑިޓެންޝަން، އިންޓަރނޭޝަނަލް ސްޓޭންޑަޑްސް އެންޑް ނޯމްސް، އޯވަރކްރައުޑިންގ، އޮރިއެންޓޭޝަން (ރޫލްސް އެންޑް ރެގިއުލޭޝަންސް) ފަދަ މޮޑިއުލްތައް ހިމެނެއެވެ.

އައިސީއާރްސީގެ ފަރާތުން މި ވޯކްޝޮޕް ކުރިއަށްގެންދެވީ މީޒް. ލިންޑާ ގާވުޑް-ފިލްބާޓް، ޕްރިޒަން ސިސްޓަމް އެޑްވައިޒަރއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް