Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓާ ޔުނައިޓެޑް

ސޯލްޝެއާގެ ޕްލޭންތައް އެއްފަރާތްކޮށް 8 ކުޅުންތެރިން ދޫކޮށްލަން ޓެން ހާގް ނިންމައިފި

ޓީމުގެ ކެޕްޓަން ހެރީ މެގުއާ ދޫކޮށްލުމަށްވެސް ޓެން ހާގް ދަނީ މަސައްކަތް ކުރަމުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 7 ޖޫން 2023 | ބުދަ 13:43
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ޑިފެންޑަރު މެގުއާ

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ޑިފެންޑަރު މެގުއާ

އެރިކް ޓެން ހާގް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގެ ކުރިން ޓީމުން ދޫކޮށްލާ ކުޅުންތެރިންގެ ލިސްޓް ތައްޔާރު ކުރަމުންދާއިރު، ކުރީގެ ކޯޗު ސޯލްޝެއާގެ ޕްލޭންތައް އެއްފަރާތްކޮށްލާނެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އޯލްޑް ޓްރެފޯޑްގެ ކޯޗުކަމުގައި ކްލަބުގެ ލެޖެންޑް ހުރިއިރު ގެނައި ގިނަ އަދަދެއްގެ ކުޅުންތެރިން ވިއްކުމަށް ތައްޔާރުވަމުން އަންނައިރު، ޕްރީ ސީޒަންގެ ކުރިން ޓެން ހާގު ޓީމަށް ގިނަ ބަދަލުތަކެއް ގެންނަން ދަނީ ރާވަމުންނެވެ. ޓީމު ވަރުގަދަ ކުރަން މަސައްކަތް ކުރާނެ ގިނަ ދާއިރާތަކެއް ހުރިއިރު، ފޯވާޑަކާއި މެދުތެރެއަށް ބަދަލުތަކެއް ގެންނަން ޓެން ހާގް ދަނީ މަސައްކަތް ކުރަމުންނެވެ.

ޔުންއިޓެޑުން މި ސީޒަނުގައި ގެންނަން މަސައްކަތްކުރާ ކުޅުންތެރިންގެ ލިސްޓުގައި ޗެލްސީގެ މޭސަން މައުންޓު އަދި ޓޮޓެންހަމްގެ ހެރީ ކޭން ހިމެނެއެވެ.

ޔުނައިޓެޑުގެ އެއް ނަންބަރު ކީޕަރަށް ސޯލްޝެއާ ހަދަން މަސައްކަތް ކުރި ޑީން ހެންޑަސަން ދޫކޮށްލުމަށް ގިނަ ވާހަކަތަކެއް ދެކެވެއެވެ. އޭނާ މި ސީޒަނުގައި ނޮޓިންހަމް ފޮރެސްޓަށް ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.

ސޯލްޝެއާ އުޅުނު އިރު ގިނަ ފުރުސަތުތަކެއް ލިބުނު އެލްކްސް ޓެލެސް، ފްރެޑް އަދި މެކްޓޮމިނޭ ދޫކޮށްލަންވެސް ޓެން ހާގް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ކުރިޔަށް ކުޅޭ އެންތޮނީ މާޝިއަލްވެސް މި ލިސްޓުގައި ހިމެނެއެވެ.

ޓެލެސްގެ އިތުރުން ޔުނައިޓެޑުން ދޫކޮށްލަން ވިސްނާ ޑިފެންޑަރުންގެ ލިސްޓުގައި ޓީމުގެ ކެޕްޓަން ހެރީ މެގުއާ، އެރިކް ބެއިލީ އަދި ބްރެންޑަން ވިލިއަމްސް ހިމެނެއެވެ. ފަހަތަށް ކުޅެ ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަން ނިންމާފައިވާއިރު، ޔުނައިޓެޑުން ގެންނަން އެންމެ އިސްކަމެއް ދޭ ކުޅުންތެރިއަކީ އިޓަލިއަން ލީގުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނު ނަޕޯލީގެ ކިމް މިން ޖޭ އެވެ.

ޓެން ހާގް ޓީމާ ހަވާލުވި ސީޒަނުގައި ޔުނައިޓެޑުން ލީގު ނިންމާލީ ތިން ވަނައިގައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު