Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖިންސީ ގޯނާ

ޚާއްސަ އެހީއަށް ބޭނުންވާ މީހަކާއެކު ޖިންސީ އަމަލު ހިންގުމުން 15 އަހަރަށް ޖަލަށް

މިއީ ދެކުނުގެ އަތޮޅެއްގައި ހިނގި ޙާދިސާއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖޫން 2023 | ބުދަ 07:20
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ޚާއްސަ އެހީއަށް ބޭނުންވާ މީހަކާއެކު ޖިންސީ އަމަލު ހިންގި މައްސަަލައެއް ސާބިތުވެ، އޭނާ 15 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ދެކުނުގެ އަތޮޅެއްގައި ހިނގި މި ޙާދިސާގައި އުފުލާފައިވަނީ ވިސްނުމުގެ ބާރު ކެނޑިފައިވާ، ނުވަތަ ހަމަ ބުއްދި ގެއްލިފައިވާ، ނުވަތަ ޖިސްމާނީ ގޮތުން އަމިއްލައަށް ދިފާޢުވުމުގެ ބާރެއް ނެތް މީހެއްގެ މައްޗަށް ވެރިވެގަނެ އޭނާއާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް އުފުލި މި ދަޢުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. ވުމާއެކު މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސް، އަންގާރަ ދުވަހު ވަނީ މި މައްސަލައިގެ ޙުކުމް ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ވަނީ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން، އޭނާގެ މައްޗަށް ވިސްނުމުގެ ބާރު ކެނޑިފައިވާ ނުވަތަ ހަމަ ބުއްދި ގެއްލިފައިވާ ނުވަތަ ޖިސްމާނީ ގޮތުން އަމިއްލައަށް ދިފާޢުވުމުގެ ބާރެއް ނެތް މީހެއްގެ މައްޗަށް ވެރިވެގަނެ އޭނާއާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށުން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅާފައެވެ.

މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، އޭނާ 15 (ފަނަރަ) އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި ޤަޟިއްޔާ ބައްލަވައި ނިޔާ ކަނޑައެޅުއްވީ ޤާޟީ އަލްއުސްތާޛު އިބްރާހީމް އިޙްސާންއެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު