Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޯއްޗާއި ފްލެޓު

ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ނަންތައް ރައީސް ވިދާޅުވި ގޮތަށް މި މަހު އިއުލާނު ކުރާނެ: މިނިސްޓްރީ

7 ޖޫން 2023 | ބުދަ 06:25

އީދުގެ ކުރިން އިއުލާނު ކުރާނެކަމަށް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖޫން 2023 | ބުދަ 06:25
ހުޅުމާލެ ބީޗް ފްރަންޓުން ދޫކުރާ ބިންތައް

ހުޅުމާލެ ބީޗް ފްރަންޓުން ދޫކުރާ ބިންތައް

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން ހިންގާ ބިންވެރިޔާ ސްކީމާއި ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ނަންތައް މި މަހު އިއުލާނު ކުރާނެކަމަށް ޕްލޭނިންގ މިނިިސްޓްރީން ބުނެފިއެވެ.

މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ ބިންވެރިޔާ ސްކީމާއި، މާލޭ ރައްޔިތުންނާއި މާލޭގައި 15 އަހަރަށްވުރެ ގިނަ ދުވަހު އުޅެފައިވާ ފަރާތްތަކަށް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުވާލި 4000 ފުލެޓަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީއިރު 35،861 ފޯމު ހުށައަޅާފައިވެއެވެ. އެގޮތުން ދުނިޔޭގެ 64 ގައުމެއްގައި ތިބި ދިވެހިން ފޯމު ހުށަހަޅާފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement - newsAdvertisement

ބޮޑު އީދުގެ ކުރިން ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ނަންތައް އިއުލާނު ކުރާނެކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވާއިރު، އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެފައިވާ ގޮތަށް، މި މަހު އެކަން އިއުލާނު ކުރާނެ ކަމަށެވެ. އީދުގެ ކުރިން އިއުލާނު ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ބޮޑު އީދު ފެށެނީ މިހިނގާ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 2 ކޮޓަރީގެ ފްލެޓުތަކަށް އެދި ކުރިމަތިލާފައިވަނީ 6،208 މީހުންނެވެ. އަދި 3 ކޮޓަރީގެ ފްލެޓުތަކަށް އެދި 14،489 މީހުން ކުރިމަތިލާފައިވާކަމަށާއި، ބިންވެރިޔާ ސްކީމަށް 15،164 ފަރާތަކުން ކުރިމަތިލާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެއިން ގޯތި ނުދޭތާ އެތަކެއް އަހަރުވެފައިވާ އިރު، ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބިން ދޫކުރުމަށް ނިންމާ، އެކަމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

ބިންވެރިޔާ ޕްރޮގްރާމުގެ މިފަހަރު ޖުމްލަ 3000 ގޯތި ދޫކުރާނެއެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅުން 2000 ގޯއްޗެވެ. މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ދޭ މި ގޯތިތައް ދިނުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ހުޅުމާލެއިން ބިން ދޫކުރުމަށް 1،250،000 (އެއްމިލިއަން ދެލައްކަ ފަންސާސްހާސް) އަކަފޫޓުގެ ބިން ވަނީ ޕްލޭނިންގ މިނިސްޓްރީއަށް ހަވާލު ކުރެވިފައެވެ. މިއީ 62 ސަރަހައްދަކުން ލިބިފައިވާ ބިންތަކެއް ކަމަށާއި، ބިން ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރެވެންވާއިރަށް މި ސަރަހައްދުތައް ސާފުކޮށް ނިންމައި، ކަޑަޖަހައި، ހައްގުވެރިންނާ ހަވާލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް