Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

ސައުދީ ސަރުކާރުން ފުޓުބޯޅަ އަށް ބިލިއަން ޑޮލަރުން ހޭދަ ކުރަނީ

ސައުދީ ސަރުކާރުން އޮތީ އެ ޤައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް 20 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖޫން 2023 | އަންގާރަ 05:20
ސައުދީގެ ސްޕޯޓްސް މިނިސްޓަރު ޢަބްދުލް ޢަޒީޒް ބިން ތުރުކީ އަލް ސައުދު

ސައުދީގެ ސްޕޯޓްސް މިނިސްޓަރު ޢަބްދުލް ޢަޒީޒް ބިން ތުރުކީ އަލް ސައުދު

ސައުދީ އަރަބިޔާގެ ފުޓުބޯޅަ ކުރިއެރުވުމަށް އެ ޤައުމުގެ ސަރުކާރުން ބިލިއަން ޑޮލަރު ޚަރަދު ކުރުމަށް ނިންމާފައިވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުނެފި އެވެ.

ސައުދީގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން އެ ޤައުމުގެ ސަރުކާރުން އެންމެ ބޮޑަށް ބޭނުންވަނީ އެ ޤައުމުގެ ފުޓުބޯޅަ ކުރިއަރުވައި، އެ ޤައުމުގެ ރަސްމީ ލީގަކީ މަތީ ފަންތީގެ ލީގަކަށް ހެދުމަށެވެ. އެގޮތުން ސައުދީގެ ސްޕޯޓްސް މިނިސްޓަރު ޢަބްދުލް ޢަޒީޒް ބިން ތުރުކީ އަލް ސައުދު ވަނީ އެކަމާ ގުޅިގެން އެ ޤައުމުގެ ފުޓުބޯޅައިގެ އިސްވެރިންޏާ ބައްދަލުކުރައްވާފައި ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެގޮތުން ސައުދީ ސަރުކާރުން އޮތީ އެ ޤައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް 20 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރުމަށް ކަމަށް މީޑިއާތަކުން ވަނީ ބުނެފަ އެވެ. ހަމައެއާއެކު އެކަމުގެ ތެރެއިން އެ ޤައުމުގެ ފުޓުބޯޅަ ކުލަބުތަކަށް ވެސް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސައުދީ ޕްރޯ ލީގުގެ ކުލަބުތަކުން އަންނަނީ ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން އެ ލީގަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމުގެ ތެރެއިން އެ ލީގުގެ އަލް ނަސްރުން ވަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބަށް ގެނެސްފަ އެވެ. އޭގެ ފަހުން އެ ލީގުގެ އެހެން ކުލަބުތަކުން ވެސް އަންނަނީ މަޝްހޫރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ސީޒަންގެ ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ އަލް އިއްތިހާދުން މިހާރު ވަނީ ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާ އެ ކުލަބަށް ގެންނަން ނިންމައިފަ އެވެ. ހަމައެއާއެކު އަލް ހިލާލުން އަންނަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެ ކުލަބުން މިހާރު ވަނީ މެސީ އަށް ރަސްމީކޮށް ބިޑު ވެސް ކޮށްފަ އެވެ. ނަމަވެސް މެސީ ގޮތެއް ނުނިންމާ މަޑު ކުރަނީ އޭނާގެ ކުރީގެ ކުލބު ބާސެލޯނާ އަށް ބަދަލުވާން ބޭނުންވާތީ އެވެ.

ސައުދީން އަންނަނީ 2030 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕް ހޯސްޓު ކުރުމަށް ބިޑު ކުރަން ތައްޔާރުވަމުން ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ. ސައުދީން މިހާރު ފުޓުބޯޅައިގައި ކުރަމުން އަންނަ މަސައްކަތަކީ އެ މަގުން ކުރިއަށް ދިޔުމަށް ކުރަމުން އަންނަ މަސައްކަތް ކަމަށް މީޑިއާތަކުން ބުނެ އެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

22 މާރިޗު 2017
 މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ
11 މާރިޗު 2017

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017
ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި
07 މާރިޗު 2017

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު