Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ސިޓީގެ އެއްބަސްވުން އައު ކުރުމަށް ގޮންޑޮގާން އެއްބަހެއް ނުވޭ!

އެހެން ކުލަބަކަށް ބަދަލުވުމަށް، ނުވަތަ އެހެން ކުލަބެއްގެ ހުށަހެޅުމެއް ވެސް މިހާތަނަށް އޭނާ ޤަބޫލުކޮށްފައި ނުވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖޫން 2023 | ހޯމަ 09:31
މެންޗެސްޓަރ ސިޓީގެ ކެޕްޓަން ގުންޑޮގާން

މެންޗެސްޓަރ ސިޓީގެ ކެޕްޓަން ގުންޑޮގާން

މެންޗެސްޓަރ ސިޓީގެ އެއްބަސްވުން އައު ކުރުމަށް އެ ޓީމުގެ ކެޕްޓަން އިލްކާއި ގުންޑޮގާން އެއްބަސްނުވާ ކަމަށް އޭނާގެ އެޖެންޓް ބުނެފި އެވެ.

ގުންޑޮގާންގެ އެޖެންޓް އިލްހާން މިހެން ބުނީ ސިޓީގެ އެއްބަސްވުން އައު ކުރުމަށް އޭނާ މިހާރު އެއްބަސްވެފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައި ވަނިކޮށެވެ. ސިޓީއާއެކު ގުންޑޮގާން ހަދާފައިވާ އެއްބަސްވުން ހަމަވާނި މިހިނގާ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން ސިޓީން އަންނަނީ އޭނާގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަނެއްކޮޅުން ސިޓީއާ ވާދަވެރި އާސެނަލުން ގުންޑޮގާން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސްޕެއިންގެ ބާސެލޯނާ އިން ވެސް އޭނާ އަށް ޝައުޤުވެރިވާ ކަމަށް ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ދެކެވެމުން އަންނަ ވާހަތަކަށް ރައްދު ދެމުން އިލްހާން ބުނީ، ސިޓީގެ އެއްބަސްވުން އައު ކުރުމަށް ގުންޑޮގާން މިހާތަނަށް އެއްބަސްވެފައި ނުވާ ކަމަށެވެ. ހަމައެއާއެކު އެހެން ކުލަބަކަށް ބަދަލުވުމަށް، ނުވަތަ އެހެން ކުލަބެއްގެ ހުށަހެޅުމެއް ވެސް މިހާތަނަށް އޭނާ ޤަބޫލުކޮށްފައި ނުވާނެ ކަމަށް ވެސް އިލްހާން ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ މިވަގުތު ގުންޑޮގާންގެ ފޯކަސް ހުރީ ކުރިއަށް އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ކަމަށެވެ. މުސްތަޤުބަލުގެ ވާހަކަ ގުންޑޮގާން ދައްކާނީ އެއަށްފަހު ކަމަށް އިލްހާން ވަނީ ބުނެފަ އެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު ދޫކޮށް ގުންޑޮގާން ސިޓީ އަށް ބަދަލުވީ 2016 ވަނަ އަހަރު އެވެ. ހަތަރު އަހަރަށް އެކުލަވާލި އެ އެއްބަސްވުން ހަމަވާން އޮތީ 2020 ވަނަ އަހަރަށެވެ. ނަމަވެސް އޭގެ އެއް އަހަރު ކުރިން، 2019 ވަނަ އަހަރު އޭނާ ވަނީ އެ އެއްބަސްވުން އައު ކޮށްފަ އެވެ. ހަތަރު އަހަރަށް އައު ކުރި އެއްބަސްވުމުގައި ބާކީ އޮތީ ތިން ވަރަކަށް ހަފްތާ އެވެ. ގުންޑޮގާާން އަށް ސިޓީގެ ކެޕްޓަންގެ ޒިންމާ ލިބުނީ ފެނާންޑީނޯ ޓީމު ދޫކޮށްލުމާއެކު، މިދިޔަ އަހަރު އެވެ. އޭނާގެ ކެޕްޓަން ކަމުގައި ސިޓީން ވަނީ މި ސީޒަނުގެ މިހާތަނަށް ދެ ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް އެވެ. ކުރިއަށް އޮތް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އޭނާ އަށް ސިޓީގެ ތާރީޚުން ޖާގަ ލިބޭނެ އެވެ.

މިހާތަނަށް ސިޓީ އަށް ކުޅެދިން ހަތް ސީޒަނުގައި ގުންޑޮގާން ވަނީ އެ ޓީމަށް 303 މެޗު ކުޅެދީ 60 ލަނޑު ޖަހައިފަ އެވެ. ސިޓީއާއެކު އޭނާ ވަނީ މިހާތަނަށް ޖުމުލަ 13 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭނާ އަކީ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާގެ ޕްލޭންގައި ހިމެނޭ ކުޅުންތެރިޔެކެވެ. ގާޑިއޯލާ ވަނީ އަންނަ ސީޒަނުގައި ގުންޑޮގާން އެ ޓީމުގައި ހުންނަން އެދޭ ކަމަށް ވެސް ބުނެފަ އެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި
03 އެޕްރީލު 2017

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު