Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއަރ ލީގު

ދެ ވަނަ މެޗުގައި ޓޮޓެންހަމް އަތުން ސިޓީ ބަލިވެއްޖެ

އިއްތިހާދު ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ޓޮޓެންހަމް އިން ވަނީ 2-0 އިން ސިޓީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ޓޮޓެންހަމް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2025 | އާދީއްތަ 03:52
މެޗުގައި ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އިން ކުޅުނު ދެ ވަނަ މެޗުގައި، ޓޮޓެންހަމް އަތުން ބަލިވެއްޖެ އެވެ.

ސިޓީގެ އަމިއްލަ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ޓޮޓެންހަމް އިން ވަނީ 2-0 އިން ސިޓީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ޓޮޓެންހަމް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.

މެޗުގައި ސިޓީ އިން ވަނީ ލަނޑު ޖަހާނެ ފުރުސަތު ތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން ސިޓީގެ އޮމަރް މާމޫޝް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ އެވެ. އޭގެ ފަހުން މާމޫޝް ފޮނުވާލި ބާރު ހަމަލާ ޓޮޓެންހަމްގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑު އާލިން ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި މާމޫޝް ފޮނުވާލި ބޯޅަ ވެސް، ޓޮޓެންހަމްގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މެޗުގައި ޓޮޓެންހަމް އިން ލަނޑު ޖަހައި ލީޑު ނެގީ މެޗުގެ 35 ވަނަ މިނެޓުގަ އެވެ. އެއީ ސިޓީގެ އޭރިޔާ ބޭރުން ލިބުނު ފުރުސަތެއްގައި ރިޗާލިސަން ހުރަސްކޮށްދިން ބޯޅަ ގޯލަށް ވައްދާލައިގެން ބްރެނަން ޖޯންސަން ޖެހި ލަނޑެކެވެ. މި ލަނޑު ބަލައި ގަންނަން ރެފްރީ ނިންމީ، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ވެސް ބެލުމަށް ފަހު އެވެ.

އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޓޮޓެންހަމް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެއީ ސިޓީގެ ގޯލު ބަހަލައްޓަން ހުރި ޖޭމްސް ޓްރެފޯޑް އަށް ހެދުނު ގޯހެއްގައި ލިބުނު ބޯޅަށް ތިރި ތިރިން ގޯލަށް ފޮނުވާލައިގެން ޔާއޯ ޕަލީނިއާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން ވެސް ސިޓީ އަށް ވަނީ މެޗުގައި ލަނޑު ޖަހާނެ ފުުރުސަތު ލިބިފަ އެވެ. ޓޮޓެންހަމްގެ އޭރިޔާ ބޭރުން ސިޓީގެ ރަޔާން ޗާކީ ހުރަސްކޮށްދިން ބޯޅަ ހާލަންޑް ބޮލުން ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ލީގުަގައި ސިޓީ އިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ވުލްވްސްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ޓޮޓެންހަމްގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ބާންލީގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ލީގުގައި ސިޓީ އަށް ދެން އޮންނާނީ ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ޓޮޓެންހަމް އަށް އޮންނާނީ އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު