Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ޕީއެސްޖީގެ ކޯޗަކަށް ނާގަލްސްމަން ގެނައުމަށް މަޝްވަރާ ކުރަނީ

ގަލްޓިއޭގެ އެއްބަސްވުމުގައި ބާކީ އަހަރެއް އެބަ އޮތް، ނަމަވެސް ކަމްޕޯސް ބޭނުންވަނީ އޭނާ ވަކި ކުރަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖޫން 2023 | ހޯމަ 02:16
ބަޔާން މިއުނިކްގެ ކޯޗުކަމުގެ ވަކި ކުރި ހޫލިއަން ނާގަލްސްމަން

ބަޔާން މިއުނިކްގެ ކޯޗުކަމުގެ ވަކި ކުރި ހޫލިއަން ނާގަލްސްމަން

ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗަކަށް ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ފްރާންސްގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ޕީއެސްޖީން އަންނަނީ އެ ކުލަބުގެ އެތެރޭގައި އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ރަސްމީ މަޝްވަރާއެއް ނާގަލްސްމަނާ އެކު ކުރިއަށް ނުދާ ކަމަށާއި، އަންނަ ހަފްތާގައި ނާގަލްސްމަނާ އެކު މަޝްވަރާ ކުރަން ތައްޔާރުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޕީއެސްޖީގެ ކޯޗުކަމުގައި މިހާރު ހުރީ ފްރާންސަށް ނިސްބަތްވާ ކްރިސްޓޮފާ ގަލްޓިއޭ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ މިދިޔަ އަހަރު އެވެ. ދެ އަހަރު ދުވަހަށް އެކުލަވާލި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު އެވެ. ޕީއެސްޖީން ގަލްޓިއޭ ވަކިކޮށް، އެ މަގާމަށް ނާގަލްސްމަން ގެންނަން މަޝްވަރާ ކުރަމުން އަންނަނީ އެ ކުލަބުން ބޭނުންވާ ވަރުގެ ކާމިޔާބެއް މި ސީޒަނުގައި ހޯދިފައި ނުވާތީ އެވެ. ޕީއެސްޖީ އަށް މި ސީޒަނުގައި ކާމިޔާބު ކުރެވުނީ ހަމައެކަނި ފްރާންސް ލީގެވެ.

ގަލްޓިއޭ ޕީއެސްޖީގެ ކޯޗަކަށް ހަމަޖެއްސުމަށް އެންމެ ބޮޑަށް އޭރު މަސައްކަތް ކުރީ އެ ޓީމުގެ އައު ސްޕޯޓިން ޑިރެކްޓަރު ލުއިސް ކަމްޕޯސް އެވެ. ނަމަވެސް ޕީއެސްޖީން މި ސީޒަނުގައި ނެރުނު ނަތީޖާއާމެދު އޭނާ ވެސް ހިތްހަމަނުޖެހޭ ކަމަށް މީޑިއާތަކުން ބުނެ އެވެ. އެހެންކަމުން ގަލްޓިއޭ ވަކި ކުރުމަށް ފަހު، އެ މަގާމަށް ނާގަލްސްމަން ހަމަޖެއްސުމަށް އެންމެ ފުރަތަމަ އިސްނެގީ ވެސް ކަމްޕޯސް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މިވަގުތު ނާގަލްސްމަން ހުރީ އެއްވެސް ވަޒީފާއެއްގަ ނޫނެވެ. އޭނާ އެންމެ ފަހުން ހުރީ ޖަރުމަނު ލީގުގެ ގަދަ ބާރު ބަޔާން މިއުނިކްގެ ކޯޗުކަމުގަ އެވެ. ނަމަވެސް ނާގަލްސްމަނާއެކު ކުލަބު ކުރިއަށްދާ މިސްރާބު ގޯސްކަމަށް ބުނެ، އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެއަށްފަހު އެ މަގާމަށް ހަމަޖެއްސީ ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް އެވެ. ބަޔާން އިން ނާގަލްސްމަން ވަކި ކުރި ފަހުން ބައެއް ކުލަބުތަކުން ވަނީ އޭނާ ހޯދުމަށް މަސައްކަތްކޮށްފަ އެވެ. ޕީއެސްޖީ އަކީ ނާގަލްސްމަން ހޯދުމަށް މަސައްކަތް ކުރާ ތިން ވަނަ ކުލަބެވެ. މީގެ ކުރިން ޗެލްސީ އާއި ޓޮޓެންހަމުން ވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފަހު ވަގުތު އެކަމަށް ވަނީ ހުއްޓުމެއް އައިސްފަ އެވެ.

ޕީއެސްޖީކްރިސްޓޮފް ގަލްޓިއޭހޫލިއަން ނާގަލްސްމަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު