Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާމް

ރައްޔިތުންނަށް ކެންސަރު ފަދަ ބަލިތައް ޖެހެނީ ކޮރޮޕްޝަނާއި ފަސާދައިގެ އަމަލުތަކުގެ ސަބަބުން: ސިޔާމް

މެމްބަރުން މިލިޔަނުން ފައިސާގައި ހިފާ މަންޒަރު ދުށިން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 11 ޖުލައި 2017 | އަންގާރަ 07:23
އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު ސިޔާމް

އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު ސިޔާމް

ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބަލިވަނީ ކޮރޮޕްޝަނާއި ފަސާދައިގެ އަމަލތަކުގެ ސަބަބުން ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައއްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕީޕީއެމް އެމްޑީއޭގެ ގުޅިފައިވާ ޕާލަމެންޓްރީ ގްރޫޕުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ އެކި މީހުންނަށް ކެންސަރާއި މިނޫން ވެސް ތަފާތު އެކި ބަލިތައް ޖެހެނީ ކޮރޮޕްޝަނާއި ފަސާދައިގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ. އެހެން ކަމުން އެކަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންއާ ގާތްގުޅުމެއް އޮންނަ ސިޔާމް ވިދާޅުވީ ތިމާގެ އަނބިދަރިންނަށް ކާންދޭން ހޯދާ ފައިސާއަކީ ހަލާލު ގޮތުގައި ހޯދާ ފައިސާ އަށް ވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ފައިސާ ހޯދުމުގައި ހަލާލެއް ހަރާމެއް ނުބަލާ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަނބިދަރިންނަށް ކާންދަނީ ފުޅަ ތަކެތި ކަމަށާއި ބޮޑެތި ބަލިތައް ކުރިމަތިވަނީ އޭގެ ސަބަބުން ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި އެފަދަ އަމަލުތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އަބަދުވެސް މަޖިލީހުގައި ނަގާ އެކި ވޯޓުތަކާ ގުޅިގެން އެކި އަދަަދުތަކުން ފައިސާ ހޯދާ ކަމަށެވެ. އެގޮތުން އެއްބައި މެމްބަރުން މިލިޔަނުން ފައިސާ ހޯދާއިރު އަނެއް ބައި މެމްބަރުން ލައްކައިން ފައިސާ ހޯދާ ކަމަށެވެ. އެގޮތުން މެމްބަރުން ފައިސާގައި ހިފާ މަންޒަރު ފެނިފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައެޅުމަށް އެޓާނީޖެނަރަލް ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ އަށް ފުރިހަމަ އަށް ތާއިދު ކުރައްވާ ކަމަށެވެ.

ސިޔާމް ވިދާޅުވީ އެފަދަ ބަދަލެއް ގެނައުމަށް ތާއިދުކުރާ ސަބަބަކީ ރައްޔިތުންގެ މަޖިލިސް ކޮރޮޕްޝަންގެ ނުބައި އަމަލުން ސަލާމަތްކޮށް މަޖިލީހުގެ މެމްބަރުންނަށް ކުރެވޭ ކޮރޮޕްޝަންގެ ތުހުމަތުތަކުން މެމްބަރުން ދުރުކުރުމަށް ބޭނުންވާތީ ކަމަށެވެ.

މީގެ އިތުރުން ސިޔާމް ވިދާޅުވީ ރައްޔިތުން އިންތިހާބު ކުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލު ފައިސާ އަށް ގޮނޑި ވިއްކާލުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި ފައިސާ އަށް ޕާޓީ ބަދަލު ކުރުމުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

އަނބިދަރިންނަށް ކާންދޭންޖެހޭނީ ހަލާލު ފައިސާ ކަމަށް ސިޔާމް ވިދާޅުވި އިރު މީގެ ކުރިން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ލިބެނީ ހަލާލު ފައިސާތޯ ނުވަތަ ހަރާން ފައިސާތޯ ޚުދު ތިމާގެ އަނބިމީހާ ވެސް ނުބަލާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު