Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ޓްރެބަލްގެ ފުރުސަތު ހިފުމަށް ސިޓީގެ ކުޅުންތެރިންނަށް ގާޑިއޯލާ އިލްތިމާސްކޮށްފި

4 ޖޫން 2023 | އާދީއްތަ 05:39

ސީޒަން އެންމެ ފުރިހަމަ ގޮތުގައި ނިންމާލެވޭނީ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖޫން 2023 | އާދީއްތަ 05:39
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މި ސީޒަންގައި ޓްރެބަލް (ތިން ތަށި) ކާމިޔާބު ކުރުމުގެ ފުރުސަތުގައި ހިފުމަށް މެންޗެސްޓަރ ސިޓީގެ ކުޅުންތެރިންގެ ކިބައިން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އެދެފި އެވެ.

އޭނާ މިހެން ބުނީ މި ސީޒަންގެ އެފްއޭ ކަޕް ކާމިޔާބު ކުރުމަށްފަހު ވާހަކަ ދައްކަމުންނެވެ. މިހާތަނަށް ސިޓީން ވަނީ މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. ބާކީ އެ ޓީމަށް އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް އެވެ. އެ މުބާރާތް ކާމިޔާބުކޮށް ސިޓީ އަށް ތިން ތަށި ހޯދޭނެ އެވެ. ގާޑިއޯލާ ބުނީ، ސިޓީގެ ކުރިމަތީގައި މިހާރު އޮތީ ކޮންކަމެއްކަން ކުޅުންތެރިންނަށް އެނގޭނެ ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިން ވެސް މިހާރު ބުނަމުން އަންނަ ވާހަކަ އަކީ ބާކީ އެއް ތަށި ކާމިޔާބު ކުރަން އޮތް ކަމަށާއި، އެއް ފުރުސަތު އޮތް ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް އިންޓަ މިލާން މެޗުގެ ކުރިން ސިޓީ އަށް ތިނެއް ނުވަތަ ހަތަރު ފަރިތަކުރުން ކުރިއަށް ގެންދެވޭނެ ކަމަށެވެ. ގާޑިއޯލާ ފާހަގަ ކުރި ގޮތުގައި މި ސީޒަނަކީ ވެސް ސިޓީ އަށް ކާމިޔާބު ސީޒަނެކެވެ. އެހެން ނަމަވެސް އެންމެ ފުރިހަމަ ސިފައިގައި އެކަން ފުރިހަމަވާނީ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރެވިގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ގާޑިއޯލާ ބުނީ މިހާތަނަށް އައިއިރު ވެސް އެތައް ފަހަރަކު ކުޅުންތެރިންނާ ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އެގޮތުން އިންޓަ މެޗު މުހިންމުވާ މިންވަރާއި، ސަބަބު ވެސް ސާފުކޮށްދީފައި ވާނެ ކަމަށެވެ. އޭނާ ބުނީ މިވަގުތު އެންމެ ވެސް ދައްކާނީ ސިޓީން ޓްރެބަލްއާ ދިމާލަށް ދާ ވާހަކަ ކަމަށާއި، ނަމަވެސް ކުޅުންތެރިން އެކަމަށް ސަމާލުކަން ދީގެން ނުވާނެ ކަމަށެވެ. އެކަން ފާހަގަކޮށް ގާޑިއޯލާ ބުނީ ކުޅުންތެރިން ސަމާލުކަން ދޭން ޖެހޭނީ ފައިނަލްގައި އިންޓަ ބަލި ކުރަން ކަމަށެެވެ. އެ މެޗުގައި އިންޓައާ ދެކޮޅަށް ކުޅެން ޖެހޭނީ މި ސީޒަނުގައި އެންމެ ސަމާލުކަން ދޭނެ މެޗުގެ ގޮތުގައި ދެކިގެން ކަމަަށާއި، ކޮންމެ ހާލަތަކަށް ވެސް ސިޓީން ތައްޔާރުވާން ޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ގާޑިއޯލާ ބުނީ މިއީ ސިޓީ އަށް ލިބިފައިވާ އެންމެ ރަނގަޅު ފުރުސަތު ކަމަށާއި، ކުޅުންތެރިން އެގޮތުގައި ތިބުމަށް އެދޭ ކަމަށެވެ.

މި ސީޒަނުގައި ސިޓީއާއެކު ޓްރެބަލް ކާމިޔާބު ކުރެވިއްޖެ ނަމަ، ގާޑިއޯލާ ވަނީ ދެ ޓީމެއްގައި ޓްރެބަލް ހޯދި ފުރަތަމަ ކޯޗަށެވެ. މީގެ ކުރިން އޭނާ ވަނީ ބާސެލޯނާގައި ވެސް އެކަން ހާސިލްކޮށްފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސިޓީ އާއި އިންޓަ ބައްދަލު ކުރާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

މެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
22 ސެޕްޓެމްބަރު 2025

ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި

22 ސެޕްޓެމްބަރު 2025
ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް