Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށި ޓިވެޓް ސެންޓަރު

އިމާރާތުގެ މަސައްކަތް ނުނިމުނަސް އޯގަސްޓް މަހު ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށި ޓިވެޓް ސެންޓަރުގައި ކިޔަވައިދޭން ފެށޭނެ ކަމުގެ އުއްމީދު ބޮޑު: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

ކިޔަވައިދިނުމުގެ މުޤައްރަރު ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 2 ޖޫން 2023 | ހުކުރު 07:55
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން

އިމާރާތުގެ މަސައްކަތް ނުނިމުނަސް އޯގަސްޓް މަހު ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށި ޓިވެޓް ސެންޓަރުގައި ކިޔަވައިދޭން ފެށޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގައި މިހާރު ކުރިއަށްދަނީ ސާމާނު ހޯދުމާއި ކިޔަވައިދޭނެ މުވައްޒަފުން ހޯދުމުގެ އިތުރަށް ކިޔަވައިދިނުމުގެ މުޤައްރަރު ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ. އެތަންތަން ތަރައްޤީ ކުރަނީ ދަނާލަކާއެކު ކަމަށާއި އެއިން ކޮންމެ ތަނެއް ވަކި ދާއިރާއަކަށް ޚާއްސަކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ދިއްދޫގައި ތަރައްގީކުރަމުންދާ ޖޫނިއަރ ކޮލެޖާއި އަލިފުށީގައި މި އެޅޭ ޓިވެޓް ސެންޓަރަކީ އަތޮޅުތެރެއަށް މަސައްކަތުގެ ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް މިސަރުކާރުން އަހަންމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މި މަސައްކަތްތައް ނިމި ޚިދުމަތް ދޭން ފެށުމުން ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށާއި، ގިނަ އަދަދެއް ދަރިވަރުންނަށް މާލެއަށް ކިޔަވަން ނައިސް އެ ތަންތަނުން ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ. އަދި އަލިފުށީ ޓިވެޓް ސެންޓަރު ޚާއްސަކުރެވިފައިވަނީ ބޯޓް ބިލްޑިންގް ދާއިރާގެ ކޯސްތައް ހިންގުމަށެވެ. މިކޯސްތަކުގެ އިތުރަށް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު އެހެނިހެން ކޯސްތައް ވެސް މި އިންސްޓިޓިއުޓުތަކުގައި ހިންގުމަށް މަގުފަހިވާނެއެވެ.

މި އިންސްޓިޓިއުޓްތަކުގައި ހިންގުމަށް ކަނޑައެޅިފައިވާ ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތައް ހިންގުމަށް ޚާއްސަ ލެބޯޓަރީއާއި ވޯކްޝޮޕްތަކުގެ އިތުރުން މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމެއްވެސް ހުންނާނެއެވެ.

މި މަޝްރޫއުތަކަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހއ. ދިއްދޫގައާއި ރ.އަލިފުށީގައި ހިންގާ ޕްރޮޖެކްޓްތަކެކެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަށާއި އަތޮޅު ތެރޭގައި ވޮކޭޝަނަލް އެޑިޔުކޭޝަން މިހާރަށްވުރެބޮޑަށް ފުޅާކުރުމަށް އިތުރު އެހެން ޕްރޮޖެކްޓްތައްވެސް ކުރިއަށްގެންދާއިރު ޕަބްލިކް-ޕްރައިވެޓް ޕާޓަނަރޝިޕް އުސޫލުން ކ. ތުލުސްދޫގައި ޕޮލިޓެކްނިކަކާއި ނ. ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖެއް އިމާރާތްކޮށް ހިންގުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހަވާލުކުރެވިފައެވެ.

އަލިފުށިހއ.ދިއްދޫހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޝާހިދުގެ ޗެލެންޖެއް ރައީސް މުއިއްޒުއަށް: 2026 ގައި ކައުންސިލް އިންތިހާބުގެ ކުރިން ދިއްދޫގައި އެއަރޕޯޓް އަޅައިގެން ވަޑައިނުގެންނެވޭނެ

ޝާހިދުގެ ޗެލެންޖެއް ރައީސް މުއިއްޒުއަށް: 2026 ގައި ކައުންސިލް އިންތިހާބުގެ ކުރިން ދިއްދޫގައި އެއަރޕޯޓް އަޅައިގެން ވަޑައިނުގެންނެވޭނެ

30 ޖެނުއަރީ 2025
ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިޔަކު މަޤާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް: ފައްޔާޒް

ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިޔަކު މަޤާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް: ފައްޔާޒް

28 ޖެނުއަރީ 2025
ދިއްދޫ ގައި ދަމާފައިވާ 'ބަހުލޫލު' ޖަހާފައިވާ ބެނަރ ނަގަން ފުލުހުން އަންގައިފި

ދިއްދޫ ގައި ދަމާފައިވާ 'ބަހުލޫލު' ޖަހާފައިވާ ބެނަރ ނަގަން ފުލުހުން އަންގައިފި

27 ޖެނުއަރީ 2025
އާގުބޯޓު ފަހަރު ޚިދުމަތް ހޯދަން އަންނަ މަންޒަރު ބައްލަވާލައްވަން މުއިއްޒު ތިލަދުންމައްޗަށް! ބަންކަރިންގ އަށް ގެނައި އުޅަނދުފަހަރު ތިލަފުށީ ފަޅުގައި އޮވެ ދަބަރަށް ވަނީ!

އާގުބޯޓު ފަހަރު ޚިދުމަތް ހޯދަން އަންނަ މަންޒަރު ބައްލަވާލައްވަން މުއިއްޒު ތިލަދުންމައްޗަށް! ބަންކަރިންގ އަށް ގެނައި އުޅަނދުފަހަރު ތިލަފުށީ ފަޅުގައި އޮވެ ދަބަރަށް ވަނީ!

27 ޖެނުއަރީ 2025
 މުއިއްޒު ހއ. ދިއްދޫ އަށް ވަޑައިގަންނަވާއިރު އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް ބިރު ދައްކަނީ

މުއިއްޒު ހއ. ދިއްދޫ އަށް ވަޑައިގަންނަވާއިރު އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް ބިރު ދައްކަނީ

27 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު