Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒު ހއ. އަށް

ދިއްދޫ ގައި ދަމާފައިވާ 'ބަހުލޫލު' ޖަހާފައިވާ ބެނަރ ނަގަން ފުލުހުން އަންގައިފި

ފުލުހުން ބުނަނީ ބެނަރތައް ނުނަގައިފިނަމަ ފުލުހުން ބެނަރތައް ނަގާނެ ކަމަށް

ރާއްޖެ އެމްވީ | 27 ޖެނުއަރީ 2025 | ހޯމަ 19:21
ދިއްދޫގައި ދަމާފައިވާ 'ބަހުލޫލު' ބެނަރ

ދިއްދޫގައި ދަމާފައިވާ 'ބަހުލޫލު' ބެނަރ

ހއ. ދިއްދޫ އަށް ރައީސް މުއިއްޒު ވަޑައިގަންނަވާތީ ޝުއޫރު ފާޅު ކުރަން އެ ރަށުގެ މަގުމަތީގައި ދަމާފައިވާ ބެނަރ ތަކުގެ ތެރެއިން 'ބަހުލޫލު' ޖަހާފައިވާ ބެނަރ ނަގަން ފުލުހުން އަންގައިފި އެވެ.

ހއ. އަތޮޅުގެ ވެރިކަން ކުރާ ދިއްދޫ އިން މި ނޫހަށް ވާހަކަ ދެއްކި މީހަކު ބުނީ އަންގާރަ ވިލޭރޭ ބެނަރ ދަމަން އުޅުނު މީހުންނާ ފުލުހުން ބައްދަލު ކޮށް 'ބަހުލޫލު' ޖަހާފައިވާ ބެނަރ ނަގަން އެންގީ އެއީ "އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ އެއްޗެއް" ކަމަށް ބުނެއެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް 'ބަހުލޫލު' އިޖްތިމާއީ މިންގަނޑަށް ނުފެތޭ ގޮތެއް ފުލުހުން ބުނެދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"ފުލުހުން ބުނީ އެހެން ޖަހާފައި ހުރި ބެނަރ ނުނަގައިފިއްޔާ އެމީހުން އެ ބެނަރ ނަގާނަމޭ،" އޭނާ ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދޫ އަށް ވަޑައިގަންނަވާތީ އެރަށުގައި މުއިއްޒު އާ ދެކޮޅަށް ސުލްހަވެރިކަމާއެކު ޝުއޫރު ފާޅުކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހުރަސް އަޅާ ބިރު ދައްކަމުންދާ އަޑުތައް ވަނީ ފެތުރިފައެވެ.

"އަޅުގަނޑުމެން މިތިބީ ގާނޫނު އަސާސީން ލިބޭ ޚިޔާލުފާޅު ކުރުމުގެ ހައްގުގެ ބޭނުން ހިފަން، އެއީ މުއިއްޒު ނޫނީ މިހާރު ހުރި މެމްބަރުން ދެއްވި އެއްޗެއް ނޫން،" ދިއްދޫން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.

ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި މިހާރު މިހިނގާ މިންވަރަށް ދުވަހަކުވެސް މީގެ ކުރިން ދިއްދޫގައި ސުލްހަވެރި ސިޔާސީ ހަރަކާތައް ހުރަސް އަޅަމުން ގޮސްފައި ނުވާ ކަމަށެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ޝުއޫރު ފާޅު ކުރުމަށް ބެނަރ ހަދަމުންދާ ތަނަށް ވެސް ވަދެ އެތަނުގައި ތިބި މީހުންނާ ސުވާލު ކޮށްފައެވެ.

އަނެއްކޮޅުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދިއްދޫ ދާއިރާގެ އިސް ދެ އޮފިޝަލަކު އާދިއްތަ ދުވަހުގެ ރޭ ފުލުހަށް ވަނީ ހާޒިރުކޮށްފިއެވެ.

ދިއްދޫ ދާއިރާގެ އިސް ދެ އޮފިޝަލަކު ފުލުހަށް ހާޒިރު ކޮށް މައުލޫމާތު ސާފު ކޮށްފައިވާއިރު، ރައީސް މުއިއްޒު ދިއްދޫ އަށް ކުރައްވާ ދަތުރުފުޅަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށް ދިއްދޫ ކައުންސިލުން އެމްޑީޕީ އަށް ވަނީ އަންގައިފައެވެ.

ޖެނުއަރީ މަހުގެ 28 ވާ އަންގާރަ ދުވަހުން 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މުއިއްޒު ކުރައްވާ މި ދަތުރުފުޅުގައި ހއ. ގެ 10 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ރަށްރަށުގެ ތަރައްގީ އަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމާއި ފަށާފައި ހުރި މަސައްކަތްތައްވެސް ހުއްޓިފައި ހުރުމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

ހއ.ދިއްދޫރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ރ. ދުވާފަރު ގައި ފިއުލް ސްކިޑް އެއް ރައީސް ހުޅުއްވައިދެއްވައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު