Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޮނެކްސް ޗެކް ޔޫތު އިންޓަނޭޝަނަލް، ޕްރާގް 2023

ޔޮނެކްސް ޗެކް ޔޫތު މުބާރާތުގެ ކުއާޓާ ފައިނަލަށް ލައިބާ ދަތުރުކޮށްފި

2 ޖޫން 2023 | ހުކުރު 05:38

ލައިބާ ވަނީ މީގެކުރިން އިޓަލީގައި ކުރިޔަށް ދިޔަ މުބާރާތަކުން މެޑަލް ހޯދާފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 2 ޖޫން 2023 | ހުކުރު 05:38
ލައިބާ އަހުމަދު މަޚްލޫފް

ލައިބާ އަހުމަދު މަޚްލޫފް

ޗެކް ރިޕަބްލިކްގައި ކުރިޔަށްދާ ޔޮނެކްސް ޗެކް ޔޫތު އިންޓަނޭޝަނަލް، ޕްރާގް 2023 ގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ލައިބާ އަހުމަދު މަޚްލޫފް ޖާގަ ހޯދައިފިއެވެ.

ލައިބާ ކުއާޓާ ފައިނަލަށް ދަތުރުކުރީ 11 އަހަރުން ދަށުގެ ވިމެންސް ސިންގަލް އިވެންޓުންނެވެ. ގުރޫޕު އޭ ގައި ތިން ކުޅުންތެރިން ހިމެނިފައިވާއިރު، ލައިބާ ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ.

ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކްގެ އީވާ އާ ބައްދަލުކޮށް ލައިބާ މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ވާދަވެރިކޮށް ދިޔަ ފުރަތަމަ ސެޓު 21-19 އިން ކާމިޔާބުކުރީ އީވާއެވެ. ނަމަވެސް ފޯރިގަދަ ދެވަނަ ސެޓުގައި ލައިބާ އިތުރަށް ކުޅުން ރަނގަޅުކޮށް 21-23 ގެ ނަތީޖާއަކުން ސެޓު ކާމިޔާބުކުރިއެވެ. އަދި ދެވަނަ ސެޓުން ލިބުނު ހިތްވަރާއެކު ތިންވަނަ ސެޓު 12-21 ގެ ނަތީޖާއަކުން ކާމިޔާބުކުރިއެވެ.

ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ލައިބާ ބައްދަލުކުރީ ޗެކް ރިޕަބްލިކްގެ ލައުރާ އާއެވެ. މި މެޗުވެސް ލައިބާ ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓު 15-21 އިން ލައިބާ ކާމިޔާބުކޮށްފައިވާއިރު، ދެވަނަ ސެޓު ލައުރާ ވަނީ 21-15 އިން ކާމިޔާބުކޮށްފައެވެ. ލައިބާ މެޗުން މޮޅުވީ ތިންވަނަ ސެޓު 17-21 އިން ކާމިޔާބުކޮށްގެނެވެ.

ޗެކް ރިޕަބްލިކްގައި ކުރިޔަށްދާ މި މުބާރާތުގެ ޑަބަލްސް އަދި މިކްސްޑް ޑަބަލްސްގައިވެސް ލައިބާ ވަނީ ބައިވެރިވެފައެވެ. ބައްދަލުކުރަން ޖެހެނީ އެކި ގަުމުތަކުގެ ރޭންކް މަތި ކުޅުންތެރިންނާއެވެ. ލައިބާ ވަނީ މީގެކުރިން އިޓަލީގައި ކުރިޔަށް ދިޔަ މުބާރާތަކުންވެސް މެޑަލް ހޯދާފައެވެ.

މީގެ ކުރިން ލައިބާ ވަނީ އިޓަލީ މުބާރާތުން ދެ ލޯ މެޑަލް އަދި ކްރޮއޭޝިއާ މުބާރާތުން ރިހި މެޑައްޔަކާ ލޯ މެޑައްޔެއް ހޯދާފައެވެ.

ލައިބާ އަޙުމަދު މަޚްލޫފް

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2025

އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް

28 ސެޕްޓެމްބަރު 2025
އޭދަފުށީ މުބާރާތުން ލައިބާ އަށް ތިން ރަން މެޑައްޔާއި، އެއް ލޯ މެޑަލް
23 އޯގަސްޓު 2025

ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ

23 އޯގަސްޓު 2025
ބަޓޫމީ ކަޕް: މިކްސް ޑަބަލްސްގެ ސެމީ ފައިނަލް، އަދި ސިންގަލްސްގެ ކުއާޓަރ ފައިނަލަށް ލައިބާ
21 އޯގަސްޓު 2025

ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް

21 އޯގަސްޓު 2025
ބަޓޫމީ ކަޕް - ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާ އަށް
08 ޖޫން 2025

އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ

08 ޖޫން 2025
އާމޭނިއާ މުބާރާތުގެ ތިން އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާ
04 ޖޫން 2025

އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ

04 ޖޫން 2025
އާމޭނިއާ މުބާރާތުގައި ލައިބާ ވާދަކުރަނީ
27 ޖެނުއަރީ 2025

މޮލްޑޯވާ މުބާރާތުން ރިހި އަދި ލޯ މެޑަލް ހޯދައި، ލައިބާ އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2025
މޮލްޑޯވާ މުބާރާތުން ރިހި އަދި ލޯ މެޑަލް ހޯދައި، ލައިބާ އަށް ރަނގަޅު ފެށުމެއް
03 ނޮވެމްބަރު 2024

ލިތުއޭނިއާ މުބާރާތުން ލައިބާ ދެ ލޯ މެޑަލް ހޯދައިފި

03 ނޮވެމްބަރު 2024
ލިތުއޭނިއާ މުބާރާތުން ލައިބާ ދެ ލޯ މެޑަލް ހޯދައިފި
02 ނޮވެމްބަރު 2024

ލިތުއޭނިއާ މުބާރާތުގައި ލައިބާ އަށް ރަނގަޅު ފެށުމެއް

02 ނޮވެމްބަރު 2024
ލިތުއޭނިއާ މުބާރާތުގައި ލައިބާ އަށް ރަނގަޅު ފެށުމެއް
22 ސެޕްޓެމްބަރު 2024

ޖޯޖިއާ މުބާރާތުން ލައިބާ އަށް ރިހި އަދި ލޯ މެޑަލް

22 ސެޕްޓެމްބަރު 2024
ޖޯޖިއާ މުބާރާތުން ލައިބާ އަށް ރިހި އަދި ލޯ މެޑަލް
22 ސެޕްޓެމްބަރު 2024

ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާގެ ޕެއާ

22 ސެޕްޓެމްބަރު 2024
ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލްގައި ލައިބާގެ ޕެއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް