Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ބެޑްމިންޓަން ޓީމު

އުމުރުން 12 އަހަރުގައި ޤައުމީ ބެޑްމިންޓަން ޓީމުން ލައިބާ ޖާގަ ހޯދައިފި

ޤައުމީ އަންހެން ޓީމާއި ފިރިހެން ޓީމަށް ވަނީ ޖުމުލަ 12 ކުޅުންތެރިން ނަގައިފަ އެވެ. އެގޮތުން ކުޅުންތެރިން ހޮވުމަށް ކުރިއަށް ގެންދިޔަ ސެލެކްޝަންގައި ވަނީ ޖުމުލަ 54 ކުޅުންތެރިން ވާދަކޮށްފަ އެވެ. އެއީ 32 ފިރިހެން ކުޅުންތެރިންގެ އިތުރުން، 22 އަންހެން ކުޅުންތެރިންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޯގަސްޓު 2025 | ބުރާސްފަތި 07:43
ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ)

ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ)

ޤައުމީ ބެޑްމިންޓަން ޓީމަށް ކުޅުންތެރިން ހޮވުމަށް ކުރިއަށް ގެންދިޔަ ސެލެކްޝަންގައި ވާދަކޮށް، ޒުވާން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) ޤައުމީ ބެޑްމިންޓަން ޓީމުން ޖާގަ ހޯދައިފި އެވެ.

ޤައުމީ އަންހެން ޓީމާއި ފިރިހެން ޓީމަށް ވަނީ ޖުމުލަ 12 ކުޅުންތެރިން ނަގައިފަ އެވެ. އެގޮތުން ކުޅުންތެރިން ހޮވުމަށް ކުރިއަށް ގެންދިޔަ ސެލެކްޝަންގައި ވަނީ ޖުމުލަ 54 ކުޅުންތެރިން ވާދަކޮށްފަ އެވެ. އެއީ 32 ފިރިހެން ކުޅުންތެރިންގެ އިތުރުން، 22 އަންހެން ކުޅުންތެރިންނެވެ.

ޤައުމީ އަންހެން ސްކޮޑުން އުމުރުން 12 އަހަރުގެ ލައިބާ ޖާގަ ހޯދާފައިވާއިރު، ދެން ޤައުމީ އަންހެން ޓީމުގައި ހިމެނުނީ ފާތިމަތު ނަބާހާ (ނަބާ)ގެ އިތުރުން، އައިމިނަތު ނަބީހާ (ނަބީ)، ޔަލްވީ ޙުސެއިން ޒުހުރީ (13 އަހަރު)، ޝުބާ މުޙައްމަދު ޝަރީފް އަދި އައިޝަތު އާލިޝާ މޫސާ އެވެ.

ސެލެކްޝަންގައި ލައިބާ އެ ގުރޫޕުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. ޤައުމީ ޓީމުން ލައިބާ ޖާގަ ހޯދިއިރު، ފާއިތުވި މުއްދަތުގެ ތެރޭގައި ލައިބާ ވަނީ ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.

ޤައުމީ ފިރިހެން ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ، ޒަޔާން ޒަކީ، ޙަސަން ޒަޔާން މުޙައްމަދު، އާދަމް މަހީން މުޙައްމަދު، ނިބާލް އަޙުމަދު، އިބްރާހީމް ނާޝިތު ހަމްދީ އަދި ހައިޝަމް އިބްރާހީމް އެވެ. މީގެ ތެރެއިން ނާޝިތު އަކީ ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރަށް ނިސްބަތްވާ ކުޅުންތެރިޔެކެވެ.

ޤައުމީ ބެޑްމިންޓަން ޓީމަށް ކުޅުންތެރިން ހޮވުނުގެ ސެލެކްޝަން ކުރިއަށް ގެންގޮސްފައިވާއިރު، މިއީ ޤައުމީ ޓީމުގެ ސެލެކްޝަނެއް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. މިވަގުތު ވޯލްޑް ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖެ ސަސްޕެންޑު ކޮށްފައިވާއިރު، ބެޑްމިންޓަންގެ ކަންކަން ކުރިއަށް ގެންދަމުން އަންނަނީ ކޮމެޓީއަކާ ހަވާލު ކޮށްގެންނެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް

24 މެއި 2017
ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް
21 މެއި 2017

ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި

21 މެއި 2017
ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި
10 އެޕްރީލު 2017

ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި
03 އެޕްރީލު 2017

ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި

03 އެޕްރީލު 2017
ނައިފަރު ޓީމުން ކުރެންދޫ މޮޅުވިޔަ ނުދީ ހިފަހައްޓައިފި
02 އެޕްރީލު 2017

އުމުރުން ދުވަސްވީ މީހުންގެ ރިޓަޔަމަންޓަކީ މަރުވުން: ވެންގާ

02 އެޕްރީލު 2017
އުމުރުން ދުވަސްވީ މީހުންގެ ރިޓަޔަމަންޓަކީ މަރުވުން: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު