Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާމޭނިއަން ޔޫތު އޯޕަން 2025

ތިން ރަން މެޑަލް ހޯދި ލައިބާ އަށް ހޫނު މަރުޙަބާއެއް

ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގައި ހިމެނޭ މުބާރާތްތަކުގައި ވާދަކޮށް ލައިބާ ވަނީ މިހާތަނަށް 23 މެޑަލް ހޯދައިފަ އެވެ. އެއީ ތިން ރަން މެޑަލް އަދި ފަސް ރިހި މެޑަލްގެ އިތުރުން، 15 ލޯ މެޑަލް އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖޫން 2025 | އަންގާރަ 07:40
ތިން ރަން މެޑަލް ހޯދި ލައިބާ

ތިން ރަން މެޑަލް ހޯދި ލައިބާ

އާމޭނިއާގައި ކުރިއަށް ދިޔަ، އާމޭނިއަން ޔޫތު އޯޕަން 2025 ގައި ވާދަކޮށް ތިން ރަން މެޑަލް ހޯދި ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) އަށް ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.

މުބާރާތަށް ފަހު ލައިބާ ރާއްޖެ އައިސްފައި ވަނީ ހޯމަ ދުވަހުގެ މެންދުރު އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން މަރުޙަބާ ކިޔާފައި ވަނީ ކުޅިވަރު ވުޒާރާގެ އިސްވެރިންނެވެ. މުބާރާތުގައި ލައިބާ ވަނީ ތާރީޚީ ކާމިޔާބެއް ހޯދައިފަ އެވެ.

އާރމޭނިއާގެ ވެރި ރަށް ޔެރަވަންގައި ކުރިއަށް ދިޔަ މުބާރާތުގައި ޖުމުލަ 92 ޤައުމަށް ވުރެ ގިނަ ޤައުމުގެ ކުޅުންތެރިން ވާދަކުރި އެވެ. މި މުބާރާތަކީ އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބޭއްވި މުބާރާތެކެވެ.

ބައިނަލްއަޤުވާމީ މުބާރާތްތަކުގައި މީގެ ކުރިން ވެސް ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ލައިބާ، މި މުބާރާތުގެ ތިން އިވެންޓެއްގައި ވާދަކުރި އެވެ. އެއީ 13 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުގެ އިތުރުން، 13 އަހަރުން ދަށުގެ ޑަބަލްސް އިވެންޓު އަދި 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގަ އެވެ.

މުބާރާތުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލްގައި ލައިބާ ވަނީ ވާދަކޮށް، ލައިބާ ވަނީ ތިން އިވެންޓުން ވެސް ރަންް މެޑަލް ހޯދައިފަ އެވެ. މިއީ ޒުވާން އުމުރުފުރައިގެ ކުޅުންތެރިޔަކު ބައިނަލްއަޤުވާމީ މުބާރާތުން ހޯދި ފުރަތަމަ މެޑައްޔެވެ.

ލައިބާ އަންނަނީ ރާއްޖޭގައި އޮންނަ ބެޑްމިންޓަން މުބާރާތްތަކުގެ އިތުރުން، ބައިނަލްއަޤުވާމީ ބެޑްމިންޓަން މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގައި ހިމެނޭ މުބާރާތްތަކުގައި ވާދަކޮށް ލައިބާ ވަނީ މިހާތަނަށް 23 މެޑަލް ހޯދައިފަ އެވެ. އެއީ ތިން ރަން މެޑަލް އަދި ފަސް ރިހި މެޑަލްގެ އިތުރުން، 15 ލޯ މެޑަލް އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު