Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާމޭނިއާ ޔޫތު އޯޕަން 2025

ތިން ރަން މެޑައްޔާ އެކު ލައިބާ އަށް ތާރީޚީ ކާމިޔާބެއް

މިއީ ޒުވާން އުމުރުފުރައިގެ ކުޅުންތެރިޔަކު ބައިނަލްއަޤުވާމީ މުބާރާތުން ހޯދި ފުރަތަމަ މެޑައްޔެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2025 | އާދީއްތަ 15:36
އާރމޭނިއާ މުބާރާތުން ތިން ރަން މެޑަލް ހޯދި ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ

އާރމޭނިއާ މުބާރާތުން ތިން ރަން މެޑަލް ހޯދި ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ

އާރމޭނިއާގައި ކުރިއަށް ދަމުން އަންނަ، އާރމޭނިއަން ޔޫތު އޯޕަން 2025 ގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) މުބާރާތުގެ ތިން އިވެންޓުން ވެސް ރަން މެޑަލް ހޯދައިފި އެވެ.

އާރމޭނިއާގެ ވެރި ރަށް ޔެރަވަންގައި މި މުބާރާތް ކުރިއަށް ދާއިރު، މުބާރާތުގައި ޖުމުލަ 92 ޤައުމަށް ވުރެ ގިނަ ޤައުމުގެ ކުޅުންތެރިން ވާދަކުރެ އެވެ. މި މުބާރާތަކީ އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.

ބައިނަލްއަޤުވާމީ މުބާރާތްތަކުގައި މީގެ ކުރިން ވެސް ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ލައިބާ، މި މުބާރާތުގެ ތިން އިވެންޓެއްގައި ވާދަކުރެ އެވެ. އެއީ 13 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުގެ އިތުރުން، 13 އަހަރުން ދަށުގެ ޑަބަލްސް އިވެންޓު އަދި 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގަ އެވެ.

މުބާރާތުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލްގައި ލައިބާ ވަނީ ވާދަކޮށް، މޮޅުވެފަ އެވެ. މިއީ ޒުވާން އުމުރުފުރައިގެ ކުޅުންތެރިޔަކު ބައިނަލްއަޤުވާމީ މުބާރާތުން ހޯދި ފުރަތަމަ މެޑައްޔެވެ.

މުބާރާތުގެ ސިންގަލްސް އިވެންޓުގެ ފައިނަލްގައި ލައިބާ ވާދަކޮށްފައި ވަނީ ޖޯޖިއާގެ އެއް ވަނަ ކުޅުންތެރިޔާ ޝަހްބަޒްޔާން ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ. އެއީ 21-15 އަދި 21-11 އިންނެވެ.

މުބާރާތުގެ މިކްސް ޑަބަލްސްގައި ލައިބާ އަދި އެރިކް މޮޅުވެފައި ވަނީ ވެސް ސީދާ ދެ ސެޓުންނެވެ. އަދި ޑަބަލްސް އިވެންޓުގައި ލައިބާ އަދި އެމެލިއާ މޮޅުވެފައި ވަނީ ވެސް ސީދާ ދެ ސެޓުންނެވެ.

ލައިބާ އަންނަނީ ރާއްޖޭގައި އޮންނަ ބެޑްމިންޓަން މުބާރާތްތަކުގެ އިތުރުން، ބައިނަލްއަޤުވާމީ ބެޑްމިންޓަން މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ބެޑްމިންޓަން ޔޫރަޕު ކަލަންޑަރުގައި ހިމެނޭ މުބާރާތްތަކުގައި ވާދަކޮށް ލައިބާ ވަނީ މިހާތަނަށް 23 މެޑަލް ހޯދައިފަ އެވެ. އެއީ ތިން ރަން މެޑަލް އަދި ފަސް ރިހި މެޑަލްގެ އިތުރުން، 15 ލޯ މެޑަލް އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ މިދިޔަ އަހަރުގެ ޔަންގް އެތުލީޓު އޮފް ދަ އިޔަރގެ ތިން ވަނަ ލައިބާ ވަނީ ހޯދައިފަ އެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު