Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ރެއާލްގެ ރައީސް ޕެރޭޒް ހިމެނޭހެން އިސްވެރިންނާއެކު ބެންޒެމާ މަޝްވަރާކުރަނީ

ބެންޒެމާ ގޮތެއް ނިންމާނީ ރެއާލްގެ އިސްވެރިންނާއެކު ކުރިއަށްގެންދާ މަޝްވަރާ ކުރުންތަކަށް ފަހު ކަމަށާއި، އެކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހާމަ ކުރާނެ ކަމަށް ވެސް ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖޫން 2023 | ބުރާސްފަތި 06:50
ރެއާލް މެޑްރިޑުގެ ރައީސް ޕެރޭޒް އަދި ބެންޒެމާ

ރެއާލް މެޑްރިޑުގެ ރައީސް ޕެރޭޒް އަދި ބެންޒެމާ

މުސްތަޤުބަލާ ގުޅޭ ގޮތުން، ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ހިމެނޭހެން އެ ކުލަބުގެ އިސްވެރިންނާއެކު ކެޕްޓަން ކަރީމް ބެންޒެމާ މަޝްވަރާކުރަން ނިންމައިިފި އެވެ.

އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ ރެއާލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން ރެއާލުން އޮތީ އިތުރު އެއް އަހަރަށް ބެންޒެމާގެ އެއްބަސްވުން އައު ކުރުމަށް ތައްޔާރަށެވެ. ނަމަވެސް، ސައުދީ ޕްރޯ ލީގުގެ ކުލަބަކުން ވަނީ ބެންޒެމާ އަށް ބޮޑު ހުށަހެޅުމަށް ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން ބެންޒެމާ ވަނީ އޭނާގެ އާއިލާއާ މަޝްވަރާކޮށްފައި ކަމަށް މީޑިއާތަކުން ބުނެ އެވެ. އެހެން ނަމަވެސް، ބެންޒެމާ ގޮތެއް ނިންމާނީ ރެއާލްގެ އިސްވެރިންނާއެކު ކުރިއަށްގެންދާ މަޝްވަރާ ކުރުންތަކަށް ފަހު ކަމަށާއި، އެކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހާމަ ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ރެއާލްގެ ރައީސް ޕްރޭޒް އަދި ބޯޑުގެ މެންބަރުންނާ ބެންޒެމާ ބައްދަލުކުރަން ބޭނުންވާތީވެ، އޭނާ ވަނީ އެކަމަށް އެދިފައި ކަމަށާއި، އެކަމުގައި އިސްވެރިން ބެންޒެމާއާ ބައްދަލު ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް ގޮތެއް ނިންމުން ރެއާލުން ދޫކޮށްލާނީ ބެންޒެމާ އަށް ކަމަށާއި، ބެންޒެމާގެ ކޮންމެ ނިންމުމަކަށް ކުލަބުން އިހުތިރާމް ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ބެންޒެމާ އަށް ލިބިފައިވާ ހުށަހެޅުމަކީ 374 މިލިއަން ޔޫރޯގެ އަގެއް ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. މީގެ އިތުރުން ބެންޒެމާ ހޯދުމަށް ހުށަހަޅާފައި ވަނީ ސައުދީގެ އަލް އިއްތިހާދުން ކަަމަށާއި، އެ ކުލަބުން އޮތީ އެކަމުގައި ވަރަށް އިތުބާރާއެކު ކަމަށް ވެސް ބުނެފައިވެ އެވެ. މިފަހަކަށް އައިސް ބެންޒެމާ އަންނަނީ ރެއާލްގައި މޮޅު ކުޅުމެއް ވެސް ދައްކަމުންނެވެ. އޭނާ ވަނީ މިދިޔަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑޯ އެވޯޑު ވެސް ޙާސިލްކޮށްފަ އެވެ.

ލިއޯން ދޫކޮށް ބެންޒެމާ ރެއާލަށް ބަދަލުވީޯ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެކުލަބަށް ކުޅެދިން 647 މެޗުގައި 353 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އެ ކުލަބާއެކު އޭނާ ވަނީ 24 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ކޮޕަ ޑެލް ރޭ، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ވެރިންނާއި ރައީސް ޔާމިން ބައްދަލުކުރައްވައިފި

ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ވެރިންނާއި ރައީސް ޔާމިން ބައްދަލުކުރައްވައިފި

03 މެއި 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު