Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ޓެކްސް އަށް މަކަރު ހެދި މައްސަލައިގައި އަންޗެލޮޓީ އަށް ޖަލު ޙުކުމެއް

އަންޗެލޮޓީ އަކީ މިވަގުތު ސްޕެއިންގައި އުޅެމުން އަންނަ މީހަކަށް ނުވުމުގެ އިތުރުން، އޭނާގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމުން ފަނޑިޔާރުން ވަނީ އެއް އަހަރު ދުވަހުގެ ޙުކުމެއް އިއްވާފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ޖުލައި 2025 | ބުރާސްފަތި 05:21
ބްރެޒިލްގެ ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ، އަދި މީގެ ކުރިން ރެއާލް އަށް އިރުޝާދު ދީފައިވާ ކާލޯ އަންޗެލޮޓީ

ބްރެޒިލްގެ ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ، އަދި މީގެ ކުރިން ރެއާލް އަށް އިރުޝާދު ދީފައިވާ ކާލޯ އަންޗެލޮޓީ

ސްޕެއިންގެ ރެއާލް މެޑްރިޑަށް މީގެ ކުރިން އިރުޝާދު ދިންް އިޓަލީގެ ކާލޯ އަންޗެލޮޓީ، ޓެކްސް އަށް މަކަރު ހެދި މައްސަލައިގައި ސްޕެއިންގެ ކޯޓަކުން އޭނާ އަށް ޖަލު ހުކުމެއް އިއްވައިފި އެވެ.

ސްޕެއިންގެ ކޯޓުން އަންޗެލޮޓީ އަށް ޙުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުން ފެށިގެން، 2015 ވަނަ އަހަރަށް ރެއާލްގެ ކޯޗުކަމުގައި ހުރިއިރު ޓެކްސް އަށް މަކަރު ހަދާފައިވާތީ އެވެ. އެގޮތުން 2014 ވަނަ އަހަރުގެ ތެރޭގައި އޭނާ ޓެކްސް އަށް މަކަރު ހަދާފައިވާތީ، ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.

މެޑްރިޑުގެ ކޯޓުން އަންޗެލޮޓީ އަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، 386،000 ޔޫރޯ، ނުވަތަ 452،187 އެމެރިކާ ޑޮލަރުން އޭނާ ޖޫރިމަނާ ވެސް ވަނީ ކޮށްފަ އެވެ. ސްޕެއިންގެ ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އެ މުއްދަތުގެ ތެރޭގައި އަންޗެލޮޓީ ވަނީ އެއް މިލިއަން ޔޫރޯ، ނުވަތަ އެއް މިލިއަން އެމެރިކާ ޑޮލަރުގެ ޓެކްސް އަށް މަކަރު ހަދާފައި ކަމަށެވެ.

ޝަރީއަތުގައި ދައުލަތުގެ ޕްރޮސެކިއުޓަރުން އެދިފައި ވަނީ އަންޗެލޮޓީގެ މައްޗަށް ހަތަރު އަހަރާއި، ނުވަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ. އެހެން ނަމަވެސް، އަންޗެލޮޓީ އަކީ މިވަގުތު ސްޕެއިންގައި އުޅެމުން އަންނަ މީހަކަށް ނުވުމުގެ އިތުރުން، އޭނާގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމުން ފަނޑިޔާރުން ވަނީ އެއް އަހަރު ދުވަހުގެ ޙުކުމެއް އިއްވައިފަ އެވެ.

މީގެ އިތުރުން ސްޕެއިންގެ ޤާނޫނުގައި އޮންނަ ގޮތުން އަންޗެލޮޓީ އަށް ޖަލު ހުކުމް ތަންފީޒު ކުރާކަށް ނުޖެހޭނެ އެވެ. އެގޮތުން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ވުރެ ކުރު މުއްދަތެއްގެ ހުކުމަކަށް ވާތީ، އަންޗެލޮޓީ އަށް ޖެހޭނީ ޖޫރިމަނާ ދައްކާށެވެ.

މިވަގުތު އަންޗެލޮޓީ ހުރީ ބްރެޒިލްގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުގަ އެވެ. އެކަމާ ގުޅޭ ގޮތުންް ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަން އިން ބުނެފައި ވަނީ، އެ ފެޑެރޭޝަން އިން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މީގެ ކުރިން ބަޔާން މިއުނިކް، ޗެލްސީ އަަދި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް އިރުޝާދު ދީފައިވާ އަންޗެލޮޓީ އަކީ ދުނިޔޭގައި ތިބި ކޯޗުންގެ ތެރެއިން އެންމެ މޮޅު އަދި މަޝްހޫރު އެކަކެވެ.

ރެއާލް މެޑްރިޑްބްރެޒިލްކާލޯ އަންޗެލޮޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު