Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫސިޓީ ބިންހިއްކުމުގެ މަޝްރޫއު

އައްޑޫ ބިންހިއްކުން: ހިތަދޫ ޒޯން 2ގެ ޑްރެޖިންގ މަސައްކަތުގެ ޓްރައިލް ލޯޑް އެޅުމުގެ މަސައްކަތް ނިންމާލައިފި

31 މެއި 2023 | ބުދަ 14:00

ބިންހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މަރަދޫ އަދި މަރަދޫ-ފޭދޫ ސަރަހައްދުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 31 މެއި 2023 | ބުދަ 14:00
އައްޑޫ ބިންހިއްކުމުގެ މަޝްރޫއު

އައްޑޫ ބިންހިއްކުމުގެ މަޝްރޫއު | ހައުސިންގ މިނިސްޓްރީ

އައްޑޫ ސިޓީގައި ކުރިއަށްދާ އެންމެ ބިޔަ ބޮޑު މަޝްރޫއު ކަމަށްވާ ބިން ހިއްކުމުގެ މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލަށް ބަލާއިރު، ހިތަދޫ ޒޯން 2ގެ ޑްރެޖިންގ މަސައްކަތުގެ ޓްރައިލް ލޯޑް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.  

ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓުމުގެގޮތުން ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންގެ HAM318 ޑްރެޖަރު އައްޑޫ ސިޓީގައި މޮބިލައިޒްކޮށްފައިވަނީ 28 މެއިގައެވެ.

Advertisement - newsAdvertisement

ބިންހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މަރަދޫ އަދި މަރަދޫ-ފޭދޫ ސަރަހައްދުންނެވެ. މިހާތަނަށް މަރަދޫ، މަރަދޫ-ފޭދޫގެ ބަންޑް އެޅުމުގެ މަސައްކަތް ނިމިފައިވާއިރު ހިތަދޫ ޒޯން 1 އަދި 2ގެ ބަންޑު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

މީގެ އިތުރުން ޓޫރިޒަމަށް ތަރައްގީކުރުމަށް ވަކިން ހިއްކާ ރަށްރަށުގެ ތެރެއިން 2 ރަށެއްގެ ބަންޑު މަސައްކަތް ނިމި، ތިންވަނަ ރަށުގެ ބަންޑު އެޅުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. 

4 ލޭން ލިންކް ރޯޑްގެ އެމްބޭންކްމަންޓުގެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައެވެ. މި މަސައްކަތްތައް ކުރަނީ އީއައިއޭގައި ވާގޮތުގެ މަތިން، މޮނިޓަރިންގ އަދި މިޓިގޭޝަންގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހުއެވެ. އަދި، ބިން އިތުރުކުރެވޭ ސަރަހައްދުގައި ހުރި 70،000 މުރަކަ ކޮލޮނީ ރައްކާތެރި ސަރަހައްދަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިންމާލެވިފައެވެ. 

އައްޑޫން ބިން ހިއްކަނީ ރިސޯޓު ތަރައްގީކުރުމަށާއި ގެދޮރުގެ މަޝްރޫތައް ހިންގުމުގެ އިތުރުން، ވިޔަފާރި ބޭނުންތަކަށް ހާއްސަކޮށްގެން ކަމަށާއި، ބިން ހިއްކަނީ ހިތަދޫއާއި ހުޅުދޫ/މީދޫގެ އިތުރުން މަރަދޫއާއި މަރަދޫފޭދޫން ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ރިސޯޓު ހިންގަން މުޅިން އަލަށް ފަސް ރަށެއް އުފެއްދުމަށް ނިންމާފައިވާއިރު، މި މަޝްރޫއުގެ ދަށުން ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

އައްޑޫ ސިޓީން ބިން ހިއްކުމަށް ރޭވިފައިވާ ގޮތް:

* ހިތަދޫން 90 ހެކްޓަރުގެ ބިން

* މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން

* ހުޅުދޫމީދޫން 3 ހެކްޓަރުގެ ބިން

* ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން

* ޓޫރިޒަމަށް ހާއްސަކޮށްގެން 3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއަކަށްވާއިރު، މި މަޝްރޫއުއަށް 70-75 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ލަފާކުރެވެއެވެ. އަދި އައްޑޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އޯގަސްޓް އަދި ސެޕްޓެމްބަރު ހިސާބުގައި އެއްކޮށް ނިންމާލެވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. 

އައްޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން އާއެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާއިރު، މިމަޝްރޫއުގެ މަސައްކަތާއެކު އައްޑޫގެ ތަރައްގީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ގިނަ ކަންކަން ފުރިހަމަވެގެންދާނެއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް