Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދަރަނި

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

30 މެއި 2023 | އަންގާރަ 11:53

ދިވެހީން، ލޯނު ނަގައިގެން ޗުއްޓީ ހޭދަކުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 މެއި 2023 | އަންގާރަ 11:53
ާދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ތުރުކީ

ާދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ތުރުކީ

ދިވެހިންގެ ތެރެއިން 18 އަހަރުން މަތީގެ ގިނަ މީހުންނަކީ ކޮންމެ ވެސް ގޮތަކުން ދަރަނިވެރިވެފައިވާ މީހެކޭ ބުނުން ދޮގަކަށް ނުވާނެއެވެ. އާއްމުކޮށް ދަރަނިވެރިވެގެން މީހުން ގަންނަނީ ފޯނާއި ސައިކަލާއި ގެއަށް ބޭނުންވާ ސާމާނުފަދަ ތަކެއްޗެވެ. ނުވަތަ ކޮންމެވެސް ބޮޑު ކަމެއް ކުރުމަށް އަމިއްލަ އަތުގައި އެ ފައިސާ ނެތް ހާލަތެއްގައި ބޭންކުތައް މެދުވެރިކޮށް ލޯނު ނަގައެވެ. ނަމަވެސް މިއާދަތައް ދިވެހިންގެ މެދުގައި އިތުރުވެގެންގޮސް މިހާރު ކޮންމެ ކަމެއްވެސް ދަރަނިވެރިވެގެން ކުރުން މިވަނީ އާއްމުވެފައެވެ.

ޗުއްޓީ ހޭދަކުރަން އެކި ޤައުމުތަކަށް ގޮސް އުޅުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ ކަންކަން ކުރެވޭނީ އަމިއްލަ މާލީ ހާލަތު ތަންދޭ މިންވަރަކުންނެވެ. ނަމަވެސް ރާއްޖޭގައި މިހާރު ޗުއްޓީއަށް އެކި ޤައުމުތަކަށް ދިއުން "ޓްރެންޑް" ވެ އެ ވެސް ލޯނު ވިޔަފާރީގެ ތެރެއަށް ވަނީއެވެ. ބައެއް ކުންފުނިތަކުން ދިގު މުއްދަތަކަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ޗުއްޓީ ދަތުރުތަކަށް ފައިސާ ހަމަޖައްސައިދެއެވެ. އެހެންގޮތަކަށް ބުނާނަމަ ޗުއްޓީއަށް ބޭރު ޤައުމަކަށް ގޮސްލަން ލޯނެއް ދެއެވެ.

ގިނަ ފަހަރަށް މިގޮތަށް ލޯނު ނަގަނީ ތިމާއަކީ ފުދިގެން އުޅޭ މީހެއްކަން އެހެން މީހުންނަށް ދެއްކުމަށް ނުވަތަ ސޯޝަލް މީޑިއާގައި ތިމާގެ މަގުބޫލުކަން އިތުރުކުރުމުގެ ބޭނުމުގައެވެ. މި ބޭނުމުގައި އަހަރަކު ދެތިން ފަހަރު ޗުއްޓީ ހަދާލަން ލޯނު ނަގާ މީހުން ވެސް އެބަތިއްބެވެ.

ޗުއްޓީއަށް ބޭރު ޤައުމަކަށް ދިއުމަށް ވަރަށް ފައިސާ ޚަރަދުވާނެއެވެ. އެހެންކަމުން ލޯނެއް ނެގުން އެވަގުތަށް ފަސޭހަ މަގަކަށް ވެދާނެއެވެ. ނަމަވެސް އެއީ ދިގުރާސްތާގައި ތިމާއަށް ބޮޑު ބުރައަކަށް ވެގެންދާނެ އެއްޗެއްކަން ދަންނަން އެބަޖެހެއެވެ.

ޗުއްްޓީ ލޯނު ޕެކޭޖެއްގެ ގޮތުގައި 20,000 ރުފިޔާ ކަނޑައަޅާފައިވާނަމަ އެ ދައްކަން ހޭދަވާ މުއްދަތާއި އިތުރު އިންޓްރެސްޓާއެކު އޭގެ ދެގުނަ ނުވަތަ ތިން ގުނަވެސް ދައްކަން ޖެހިދާނެއެވެ. ކޮންމެ މަހަކު މުސާރައިން 1000 ރުފިޔާ އެކަމަށް ހޭދަ ކުރަން ޖެހެއެވެ. އެންމެ 5 ދުވަހުގެ ޗުއްޓީއަށް ކުރިއަށް އޮތް 2 ނުވަތަ 3 އަހަރު ދުވަހަށް ދަރަނިވެރިވީއެވެ. ނަމަވެސް އެ ފައިސާ އަމިއްލައަށް ރައްކާކުރާނަމަ ލޯނުގެ ފައިސާ ދައްކާ ޚަލާސް ކުރެވޭ މުއްދަތަށްވުރެ އެތައް ދުވަހެއް ކުރިން ދަރަނިވެރިނުވެ, ހަމަޖެހުމާއެކު ޗުއްޓީއެއް ހޭދަކޮށްލާނެ ފައިސާ އެކައުންޓުގައި ހުންނާނެއެވެ.

ކެތްތެރިކަމެއް ނެތި ކޮންމެ އެއްޗެއް ވަގުތުން ވަގުތަށް ހޯދަން އުޅެ, މިއަދު ގިނަ ޒުވާނުންނަށް ދަރަނިވެރިވުން މިވަނީ "ފެޝަނަކަށް" ވެފައެވެ. ޒުވާނުންގެ މެދުގައި މި ވިސްނުން ބަދަލުވާން ޖެއެވެ. ދަރަންޏަށް ތަކެތި ނެގުމަށްވުރެ އެ ފައިިސާ ފަހަށް ރައްކާ ކުރުމަށް އިސްކަން ދޭން ޖެހެއެވެ. އެއީ މުސްތަގުބަލުގައިވެސް ތިމާއަށް ފައިދާ އޮތީ އެ ރައްކާ ކުރެވޭ އެއްޗެއްގެ ސަބަބުން ކަމަށްވާތީއެވެ. ކުއްލިއަކަށް ބޮޑު ޚަރަދެއް ކުރަން ޖެހިއްޖެ ހާލަތެއްގައިވެސް ދަރަންޏެއްގައި ނުޖެހި އަމިއްލައަށް އެކަމެއް ކުރެވޭނީ ކުރިން ރައްކާކޮށްފައި ހުރުމުން ކަމަށްވާތީއެވެ.

ދަރަނި ނެގުމަކީ ދީނީ ގޮތުން ބެލި ނަމަވެސް ކުރަން ރަނގަޅު ކަމެއް ނޫނެވެ. ދަރަނި ނުދައްކާ މަރުވުމުން، ދަރަނި ދެއްކެންދެން އެމީހެއްގެ ފުރާނަ ދާންވީ މަގާމަށް ނުދާނެ ކަމަށްވެއެވެ. އެހެންކަމުން ދަރަންޏަށް ތަކެތި ނުވަތަ ފައިސާ ނުނަގައި، ދިރިއުޅުން ކުރިއަށް ގެންދެވޭނެނަމަ، އެންމެ ރަނގަޅު ގޮތަކީ ދަރަނި ނުނެގުމެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފަރަންސޭސިވިލާތް ދެކެ ރުޅި އައިސްގެން އެމެރިކާގެ ވަފުދު ސަލާމަތީ މަޖިލީހުން ނުކުމެގެން ހިނގައްޖެ

5

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

އިތުރަށް ކިޔާލަން

23 އޯގަސްޓު 2024

މެމްބަރުން، ޗުއްޓީއަށް ތިޔަވަޑައިގަންނަވަނީ މަސައްކަތާއި މެދު ހިތްހަމެޖެހިގެންތޯ؟

23 އޯގަސްޓު 2024
މެމްބަރުން، ޗުއްޓީއަށް ތިޔަވަޑައިގަންނަވަނީ މަސައްކަތާއި މެދު ހިތްހަމެޖެހިގެންތޯ؟
22 ޖޫން 2023

މަޖިލީސް ޗުއްޓީއަށް، ނުނިމޭ މަސައްކަތްތައް ފުނިޖެހިފައި!

22 ޖޫން 2023
މަޖިލީސް ޗުއްޓީއަށް، ނުނިމޭ މަސައްކަތްތައް ފުނިޖެހިފައި!
22 ޑިސެމްބަރު 2022

ޗުއްޓީއަށް ފުރުމުގެ ކުރިން ސަމާލުވޭ!

22 ޑިސެމްބަރު 2022
ޗުއްޓީއަށް ފުރުމުގެ ކުރިން ސަމާލުވޭ!
27 ޖުލައި 2021

ބޮޑު ޗުއްޓީއަކާއެކު ހޮސްޕިޓަލްތައް ވެސް ޗުއްޓީއަށް ދިޔައީތަ؟

27 ޖުލައި 2021
ބޮޑު ޗުއްޓީއަކާއެކު ހޮސްޕިޓަލްތައް ވެސް ޗުއްޓީއަށް ދިޔައީތަ؟
29 އެޕްރީލު 2021

37 ޖަލްސާ އާއި 324 ކޮމިޓީ ބައްދަލުވުމަށްފަހު ފުރަތަމަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް

29 އެޕްރީލު 2021
37 ޖަލްސާ އާއި 324 ކޮމިޓީ ބައްދަލުވުމަށްފަހު ފުރަތަމަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް
09 އޯގަސްޓު 2019

އީދު ޗުއްޓީއަށް ރަށަށް ނުދެވޭ ކުދިން ކޮބާ؟

09 އޯގަސްޓު 2019
އީދު ޗުއްޓީއަށް ރަށަށް ނުދެވޭ ކުދިން ކޮބާ؟
15 ޑިސެމްބަރު 2018

މުހިއްމު ބިލްތަށް ފާސްނުކޮށް މެމްބަރުން ޗުއްޓީއަށް!

15 ޑިސެމްބަރު 2018
މުހިއްމު ބިލްތަށް ފާސްނުކޮށް މެމްބަރުން ޗުއްޓީއަށް!
09 ޖޫން 2018

ދަރަނި ބޮޑުވެ، މިއަދު އުފަންވި ކުއްޖާ ވެސް ދޮޅު ލައްކަ ރުފިޔާއިން ދަރައިފި!؟

09 ޖޫން 2018
ދަރަނި ބޮޑުވެ، މިއަދު އުފަންވި ކުއްޖާ ވެސް ދޮޅު ލައްކަ ރުފިޔާއިން ދަރައިފި!؟
29 އެޕްރީލު 2018

ގަވާއިދުން ޗުއްޓީއަށް ދެވޭ، އެކަމަކު ގަވާއިދުން މަޖިލިސް ނުބޭއްވޭ!

29 އެޕްރީލު 2018
ގަވާއިދުން ޗުއްޓީއަށް ދެވޭ، އެކަމަކު ގަވާއިދުން މަޖިލިސް ނުބޭއްވޭ!
26 ނޮވެމްބަރު 2017

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް