Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޭޝަނަލް ފަރޓިލިޓީ ކެއަރ ޕްރޮގްރާމް

ނޭޝަނަލް ފަރޓިލިޓީ ކެއަރ ޕްރޮގްރާމެއް ތައާރަފްކުރުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން: ރައީސް ސާލިހު

29 މެއި 2023 | ހޯމަ 07:10

ނަފްސާނީ ގޮތުން އާއިލާތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2023 | ހޯމަ 07:10
ހޯމަ ދުވަހު ޓްރީ ޓޮޕްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

ހޯމަ ދުވަހު ޓްރީ ޓޮޕްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅު ދައްކަވަނީ

ނޭޝަނަލް ފަރޓިލިޓީ ކެއަރ ޕްރޮގްރާމެއް ތަޢާރަފްކުރުމަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ޓްރީ ޓޮޕް ހޮސްޕިޓަލުގެ، ފަރޓިލިޓީ ސެންޓަރު ހުޅުއްވައިދެއްވާ ރައީސް ސާލިހު ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވި ދަރިމައިވުމުގެ ފަރުވާއާ ބެހޭ ޚާއްސަ ކްލިނިކް މިއީ ރާއްޖޭގައި މުޅިން އަލަށް ފަށާ ފަރުވާއަކަށް ވިޔަސް، މިއީ ރާއްޖެއަށް ވަރަށް ބޭނުންތެރި ފަރުވާއެއް ކަމަށެވެ. ރައީސް ވިދާޅުވީ މި ޚިދުމަތް ފެށުމުން ހާސިލުލުވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި އާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުސަތު ލިބުން ކަމަށެވެ. ރައީސް ވިދާޅުވީ މި ޚިދުމަތް ފުޅާކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ކުރަމުން އަންނަ މަސައްކަތަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދަޅުވީ މިހާތަނަށް މި ޚިދުމަތް ހޯދަން ޖެހިފައި އޮތް ގޮތުން، އެ ފަރުވާ ހޯދާ ދެމަފިރިންނަށް ނަފްސާނީ ގޮތުން ވެސް ވަރަށް ގިނަ ތަކުލީފުތައް އުފުލަންޖެހޭ ކަމަށާއި، މި މަރުކަޒާ އެކު، އެ ހިތްދަތިކަން ވެސް ފިލައިގެން ގޮސް، ފަރުވާ ހޯދާ ދެމަފިރިންނަށް، ބޭނުންވާ ނަތީޖާ ހާސިލުކުރެވި، އާއިލާއަށް ހިނިތުންވުން ލިބުމަކީ، އެންމެންގެ ވެސް އުންމީދު ކަމަށެވެ. އަދި ވިދާޅުވީ މި ހޮސްޕިޓަލުން ފަރުވާ ދެމުންދާއިރު، ނަފްސާނީ ގޮތުން އާއިލާތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު ވެސް ގާއިމުކުރެވިފައި ހުންނާނެ ކަމަށެވެ.

ޓްރީ ޓޮޕުން ތައާރަފްކުރަމުންދާ ޚިދުމަތްތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި ނެތް ސިއްހީ ބައެއް ޚިދުމަތްތައް އަލަށް ފަށާފައިވާ ކަމަށާއި، މި ހޮސްޕިޓަލުން ގާއިމްކުރި ފެމިލީ މެޑިސިން ކްލިނިކަކީ، ރާއްޖޭގައި ހުރި މިބާވަތުގެ ހަމައެކަނި ކްލިނިކް ކަމަށެވެ. އެންމެ ތުއްތުކުދިން ފެށިގެން، އުމުރުން ދުވަސްވީ މީހުންނަށް ވެސް އެ ކްލިނިކުން އަންނަނީ، އާއިލީ ދުޅަހެޔޮކަމުގެ ދާއިރާއިން މުހިންމު ޚިދުމަތްތަކެއް ދެމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމުގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތަށް، ޕްރައިވެޓް ސެކްޓަރއިން އެއްބާރުލުން ދިނުމުގައި، ޓްރީ ޓޮޕުން ދައްކަނީ ވަރަށް ރީތި ނަމޫނާއެއް ކަމަށާއި، މިއީ ރައްޔިތުންނަށް އެންމެ ބޭނުންވާ ދާއިރާތަކުން ޚިދުމަތް ދިނުމުގެ ވަރަށް ދުރު ވިސްނުމެއް ޓްރީ ޓޮޕުން ގެންގުޅޭ ކަމުގެ ހެއްކެއް ކަމަށެވެ.

ސަރުކާރުން ތައާރަފު ކުރުމަށް ތައްޔާރަވަމުން އަންނަ ނޭޝަނަލް ފަރޓިލިޓީ ކެއަރ ޕްރޮގްރާމާއި ބެހޭގޮތުން ރައީސް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ތައާރަފްކުރުމަށް، ރާއްޖެއިން ބޭރުގައި އަމަލުކުރާ އުސޫލުތަކަށް ރިއާޔަތްކޮށް، އެކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ބޭނުންތެރި ނިޒާމެއް ގާއިމުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެގޮތުން މިފަަދަ ޕްރޮގްރާމަކަށް ޝަރުތު ފުރިހަމަވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ސިއްހަތާ ގުޅޭ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގައި މިފަދަ ޚިދުމަތްތައް ދޭން ފެށުމުން، ރާއްޖޭން ބޭރުން މިފަދަ ފަރުވާތަކަށް ކުރާ އެތައް ޚަރަދެއް ވެސް ސަލާމަތް ކުރެވި އޭގެ ފައިދާ ރާއްޖޭގެ އިގްތިސާދަށް ވެސް ކުރާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ މިފަދަ ސިއްހީ މައްސަލަތަކުގެ ހަގީގަތް ހޯދުމަކީ ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. އެއީ ކާބޯތަކެއްޗާ ގުޅުން ހުރި މައްސަލައެއްތޯ، ނޫނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މައްސަލައެއްތޯ ވެސް ދެނެގެންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މައްސަލައިގެ މޫ އޮތީ ކޮން ހިސާބެއްގައިކަން ދެނެގަނެވުމުން، މައްސަލަ ހައްލުކުރުމަށް މިހާރަށްވުރެ ފަސޭހަވާނެ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރޓިލިޓީ ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ.

ޓްރީޓޮޕް ހޮސްޕިޓަލު މި ފަރޓިލިޓީ ސެންޓަރު ހުޅުވުމުގެ ބޭނުމަކީ ރާއްޖޭގައިތިބި ދަރިމައިނުވުމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާތައްލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ނައިބު ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 މެއި 2017

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ

20 މެއި 2017
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ
12 އެޕްރީލު 2017

ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި

12 އެޕްރީލު 2017
ނޭޝަނަލް ޕޭ ކޮމިޝަން ނާއިބު ރައީސާއި ކޮމިޝަންގެ މެމްބަރުންގެ މުސާރަ ކަނޑައަޅައިފި
07 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ

07 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗަންޑައިސް ޓްރޭޑް ވާރކްޝޮޕް ނިމިއްޖެ
03 އެޕްރީލު 2017

އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި

03 އެޕްރީލު 2017
އިންޓަރނޭޝަނަލް މާޗެންޑައިސް ޓްރޭޑް ވާރކްޝޮޕެއް ފަށައިފި
27 މާރިޗު 2017

ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

27 މާރިޗު 2017
ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ  ޕްރޮގްރާމެއް ފަށައިފި
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
20 ފެބުރުއަރީ 2017

ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި

20 ފެބުރުއަރީ 2017
ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް