Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިވީއެފް އުސޫލު

އައިވީއެފް އުސޫލަކީ އިންސާނިއްޔަތުކަމަށް ފުރަގަސްދީގެން، ސިޔާސީ ވަކި މަންފާއެއް ޙާސިލުކުރުމަށް ހަދާފައިވާ އުސޫލެއް: އެމްޑީޕީ

އީސަ ވަނީ އެ އުސޫލު ބަދަލުކުރަންޖެހޭނެކަމަށް ވިދާޅުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 މާރިޗު 2024 | ހޯމަ 08:26
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ

'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލަކީ ސިޔާސީ ގޮތުން ވަކި މަންފާއެއް ޙާސިލު ކުރުމަށް އެކުލަވާލާފައިވާ އުސޫލެއްކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ، އައިވީއެފްގެ ޚިދުމަތަށް ދައުލަތުން ޚަރަދު ކުރާ ގޮތަށް ހަމަޖެއްސުމަކީ އެމްޑީޕީން އިސްނަގައިގެން މަޖިލިސް ތެރެއިން ކުރަން ފަށާފައިވާ މަސައްކަތެއް ކަމަށެވެ. އެގޮތުން މި މަސައްކަތާ ގުޅޭގޮތުން މަޖިލީހަށް ޤަރާރު ހުށަހަޅައި، ސަރުކާރުގެ ސަމާލުކަމަށް ގެނެސް މަޖިލީހާއެކު މި މަސައްކަތް އޭރު ފެށިފައި އޮތްކަން އީސަ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، މި ސަރުކާރުން އާންމުކޮށްފައިވާ އައި.ޔޫ.އައި އަދި އައި.ވީ.އެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލަކީ ބަލައިގަނެވޭ އުސޫލެއް ނޫންކަމަށް އީސަ ވިދާޅުވިއެވެ. އެއީ އެއްވެސް ގޮތަކަށް ދެކޮޅުޖެހޭ އުސޫލެއް ނޫންކަމަށްވެސް އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ، މިފަދަ އުސޫލެއް އެކުލަވާލާއިރު އިންސާނިއްޔަތުކަމަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ. އެފަދަ ކަމެއް ކުރާއިރު، ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ނުވާނެކަމަށްވެސް އީސަ ވިދާޅުވިއެވެ.

މިހާރު އުސޫލު އޮތްގޮތުން، މިއީ ސިޔާސީ ގޮތުން ވަކި މަންފާއެއް ޙާސިލު ކުރުމަށް އެކުލަވާލާފައިވާ އުސޫލެއްކަމަށް ޤަބޫލު ކުރެވޭކަމަށް އީސަ ވިދާޅުވިއެވެ.

އީސަ ވަނީ އެ އުސޫލު ބަދަލުކުރަންޖެހޭކަން ފާހަގަ ކުރައްވާފައެވެ. އެއީ އިންސާނިއްޔަތުކަމަށް ފުރަގަސްދީގެން ހަދާފައިވާ އުސޫލެއްކަމަށް އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ، މަޖިލީހުގެ ތެރެއިން ޤާނޫނަށް ބަދަލު ގެނެސްގެންވެސް އެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށެވެ.  

ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ ދަށުން އެކުލަވާލައި އާންމުކުރެވިފައިވާ "'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ގެ ދަށުން އެ ޚިދުމަތްތަކަށް ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީ އަށް އެދި ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ކުރި އިއުލާނެއްގައި ބުނީ އާސަންދަ ސްކީމް މެދުވެރިކޮށް "އައި.ޔޫ.އައި"ގެ ފަރުވާ ފޯރުކޮށްދެވޭނީ، ސްކީމް މެދުވެރިކޮށް މި ޚިދުމަތް ދިނުމަށް އެމްޕެނަލްކުރެވޭ ރާއްޖޭގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތައް މެދުވެރިކޮށް، މިކަމަށް ސްކީމުން ކަނޑައަޅާފައިވާ މިންވަރަށް، ޖުމްލަ 3 (ތިނެއް) ފަހަރަށް ކަަމަށެވެ.

އަދި ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން 2024 ވަނަ އަހަރު "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށްވެސް ބުނެފައިވެއެވެ.

އައިވީއެފްއެމްޑީޕީޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު